ޝައިހް ނިޝާންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި

Loading

Facebook
Twitter
WhatsApp

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް، ބަންދަށް އިތުރު 16 ދުވަސް ޖަހައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަހުގެ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވައި ބައެއް ތަކެއްޗަށް ގެއްލުންދީ ބައެއް ފަރާތްތަކަށް ހަމަލާ ދީފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލައާ ގުޅިގެން ފުރަތަމަ ނިޝާން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރުނީ ހަތް ދުވަހަށެވެ. އޭގެ ފަހުން ދިނީ ތިން ދުވަހުގެ މުއްދަތެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން ދެން ޖެހީ 13 ދުވަހެވެ.

އެ މުއްދަތު އިއްޔެއަށް ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 16 ދުވަސް ޖަހައިފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިން ކަމަށްވާ ފަޒްލޫން މުހައްމަދާއި ނިޝާންގެ ދީނީ އިރުޝާދު ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފައެވެ.

Loading

2 Responses

  1. ދެރައީ ޝެއިޚު އިމްރާނާ ގެ އަތުގައި ޕޮލިސް އާއި ހޯމް މިނިސްޓްރީ އޮވެ މި ދެ ޝޭޚުންނަށް މިގޮތަށް އަނިޔާދެމުން ދާތީއެވެ. އަސްލު އެމްޑީޕީ މިނިސްޓަރަކު ހުރިނަމަވެސް ރައީސް ސޯލިޙު މިގޮރައް ހިންގަވާ ރާޒްވާކުޅި މިގޮތައް ހިންގަން އުނދަގުވީހެވެ. އެހެނަށް އިމްރާނަށް މިހާރު ބޭނުންވާނީ މިނިސްޓަރު ކަމާއި ޕޮލިސްގެ ވެރިކަން (ނަމެއްގައިނަމަވެސް) ދެމި ހުރުމެވެ. އަދާލަތުގެ ޝޭޚުންގެ ޙާލަތު ވަރަށް ވިޔާފާރިވެރި ވެއްޖެއެވެ. ސޮރީ!!

  2. ސަދޫމް ކުޅީގެ ޙަޔާތްކުޑަ އެންމެން ގޭގައި އަރާމް ކޮށްލަން. އެމީހުންގެ ދިފާޢުގައި މަޖިލިސްގެ ރައީސް ނަޝީދު. ދީނީގޮތުން އެކަމާ ނުރެހި ޔޯގާ އަޅުކަން ހުށްޓުވި މީހުނާއި އެކަމާއި ދެކޮޅު ޝޭހުން ޓެރަރިޒަމްއަށް ފްރޭމް ކުރެވެނީ. ހަމަ ރަނގަޅައްވެސް ނަޝިދު އެބުނާ ދިވެހިންގެ ގައުމިއްޔަތު (އިމްރާނާއ އަދާލަތުގެ ޝޭޚުން ބައިވެރިކޮށްގެން) ބަދަލުކޮށް ލެވިއްޖެއެވެ. މިގައުމުގެ މީހަކީ ނަޝިދެވެ. އޭނާ ބޭނުންވީމަ ޙަމީދު ބަނޑާއި ފޫލުން ތިރި އެނގިފާ އޭނާގެ ކޮށްގެ ހަމަ އެތަނަތަން ފެނުމުން ނޭނގުނީމަވެސް މިސަރުކާރުގެ އަދާލަތަށް ހަމަ އޯކޭ އެވެ. ދެން ގައުމުގެ ޙާލަތާއިމެދު ވިސްނާލަބަލާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް