ކުރިއަށް އޮތް ދުވަސްވަރުވެސް ތަކެތީގެ އަގުތައް ދާނީ އުފުލެމުން: މިނިސްޓަރު

Loading

Facebook
Twitter
WhatsApp
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ކުރިއަށް އޮތް ތަނުގައިވެސް ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ހާލަތުން އަރައިގަނެވެމުން އަންނައިރު، ކުރިމަތިވަމުންދާ އާ ހާލަތްތަކުގެ ސަބބަުން ދުނިޔޭގެ އިގްތިސޯދީ ދުވެލި މަޑުޖެހޭ ކަމަށެވެ. އެގޮތުން 2024-2023 އަށް ދުނިޔޭގެ އިގުތިސޯދީ ދުވެލި ހުންނާނީ އެވްރެޖުކޮށް 3.0 ޕަސެންޓުގައި ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސޯދަށް އެތައް ގޮންޖެހުމެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ، ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއި ތެލާއި ތަކެތީގެ އަގު ބޮޑުވުމާއި ގައުމުތަކުގެ އިންޓަރެސްޓް ރޭޓް މަތިކުރުން ފަދަ ކަންކަމަކީ އިގްތިސޯދަށް ހުރި ގޮންޖެހުން ކަމަށެވެ.

މިނިސްޓަރު ވިދާުޅުވީ، ކޮވިޑާއެކު އައި ގްލޯބަލް ސަޕްލައި ޗެއިންގެ ތާށިކަން އަދިވެސް ދެމި އެބައޮތް ކަމަށާއި ބައެއް ގައުމުތަކުން ކޮވިޑުގެ ފިޔަވަޅުތައް އަދިވެސް އުވާނުލާ ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ، 2000 ވަނަ އަހަރުތައް ފެށުނު ފަހުން ދުނިޔޭގެ ތެލުގެ އަގު އެންމެ މައްޗަށް ދިޔައީ މިފަހަރު ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖޭގައި ތަކެތީގެ އަގުތައް މަތިވާ މިންވަރު އިތުރުވެފައިވާ ކަމަށާއި އަގުތައް އެންމެ ބޮޑަށް މަތިވެފައި ވަނީ ކާބޯތަކެތީގެ ބައިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަގުތައް އުފުލެމުންދާނެ ކަމަށް ވިދާޅުވިއެވެ.

Loading

One Response

  1. ތިހެން ރައީސް ސޯލިހަށް ނުދަންނަވާތީ. ދަންނަވައިފިއްޔާއި ސިޔާސީ މަގާމު އިތުރުކުރައްވާނެ. އެއީ މިއަންނަ 2023 ގައި ހޮވޭނީ ޢާއިލާ ބޮޑެތި ނުވޫޒް ގަދަ ވޯޓްވިއްކާ ގުރޫޕްތަކަށް ސިޔާސީ މަގާމެއް ދީގެން. އޭނަޔަށް ހެޔޮވާނެ ފައިސާ ޖަހައިގެންވެސް ނުވަތަ ރައްޔަތުންގެ އުޅޭ ނިކަމެތި ޙާލު ޕްރޮމޯޓްކޮށް ބޭރު ދުނިޔެއިން ސަލާމް ޖަހައިގެންވިޔަސް. އަދި ނުވިތާކަށް ލޯނު ނަގައިވެންވިޔަސް އޭނައަށް ބޮޑު ވަރިހަމަ ވާނެއެވެ. ވީމާ މަނިކުފާނު ތިވާހަކަ އެންމެނަށް ސިއްރުކުރައްވާށެވެ. #ޒީރޯޓޮލަރެންސް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް