ޓެކްސްގެ އާމްދަނީ ދެ ބިލިއަން ރުފިޔާ އިތުރު

Loading

Facebook
Twitter
WhatsApp

ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ 2.3 ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް، ޓެކްސްގެ ގޮތުގައި 9.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 7.2 ބިލިއަން ރުފިޔާއަށް ވުރެ 2.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މިއަހަރުގެ ތެރޭގައި ޓެކުހުގެ ގޮތުގައި 15.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިހާތަނަށް 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 13 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހަރަދުގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

Loading

One Response

  1. އަވަހަށް ކޮންމެ ބޭފުޅަކަށް ގަނޑުވަރެއް އަޅަން އަވަސް ކުރައްވާ. ވެރީންގެ ޚަރަދާއި އުޅުމަށް އެއްވެސް ބަދަލެއް ގެންނާނެ ކަމެއް ނެތެވެ. ބޭނުންނެތް އިތުރުވަޒީފާތައް އުފައްދަވާ ގާތްތިމާގެ މީހުނާއި ޔާރުންނަށް އިތުރު ސިޔާސީ މަގާމުދެއްވައި ހުރިހާ ދައުލަތުގެ ކުންފުނިންވެސް ވައްކަން ކޮށްގެން ނަމަވެސް ދެވަނަ ދައުރެއް މުހިންމީ. އެމީހަކާއި އެމީހެއް. އަވަސް އަވަސް! 2023 މިއޮއް އައީ!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް