އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަކަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp
މާލޭގެ މަގެއްގެ މަތި--- ފޮޓޯ: ދަ އެޑިޝަން
މާލޭގެ މަގެއްގެ މަތި--- ފޮޓޯ: ދަ އެޑިޝަން

މި އަހަރުގެ ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހު މާލޭގައި ފައިމަގުގައި އުޅޭނެ ވަގުތުތަކެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވަނީ އެ ދެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ. ނަމަވެސް މި ވަގުތުތަކުގައިވެސް ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެއެވެ.

އީދު ދުވަހާއި ވަޅި އީދު ދުވަހުގެ ވަކި ވަގުތެއްގައި މާލޭގައި ހަމައެކަނި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސަން މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި ހުށަހަޅުއްވާފައިވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްވެފައެވެ.

މިދިޔަ ފިތުރު އީދު ދުވަހުވެސް މާލޭ ސިޓީ ކައުންސިލުން ވަނީ، މާލޭގައި ފައިމަގުގައި އުޅޭނެ ވަގުތުތައް ކަނޑައަޅައިފައެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް