ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެއްޖެ، ފަސް މީހަކަށް ފަރުވާދެނީ

Loading

Facebook
Twitter
WhatsApp
މިއަދު ހިނގި އެކްސިޑެންޓު: ފޮޓޯ: ސަފްރާޒް

އެކުވެނި ޓްރެކް ސަރަހައްދުގައި ކާރެއް، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ، އެ އެކްސިޑެންޓުގައި ހަތަރު ފިރިހެނުންނާއި ދެ އަންހެނުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެ އެންމެންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން އަންހެނަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ރަތް ކުލައިގެ ކާރު އޯވާޓެކް ކުރަން އުޅުމުގެ ތެރޭގައި އިތުރު ކާރެއްގައި ޖެހި، ކޮންޓްރޯލްނުވެ ގޮސް، އެމްޓީސީސީގެ ބަހުގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި ރަތްކުލައިގެ ކާރުގެ ފަހަތްކޮޅު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު، ބަހުގެ ކުރީކޮޅަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އެކްސިޑެންޓުގައި ދެން ހިމެނޭ ކާރަށް މާބޮޑު ގެއްލުންތަކެއް ވެފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ހާލު ސީރިއަސްއެެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް