ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި، ހާލު ރަނގަޅު

Loading

Facebook
Twitter
WhatsApp

ދިވެހި ހުރިހާ ހައްޖުވެރިންވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، މިއަދު ހެނދުނު މައްކާ ގަޑިން 9 ޖެހި އިރު އަދި ރާއްޖެ ގަޑިން 11 ޖެހިއިރު ހައްޖުވެރިން އަރަފާތު ބިމަށް އައިސްފައިވާ ކަމަށެވެ. އަދި ހުރިހާ ޖައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޢަރަފާތު ދުވަހަކީ ހައްޖުވެރިން ޙައްޖުގެ އެންމެމަތީ ރުކުން އަދާކުރާ ދުވަހެވެ. ހައްޖު ދުވަހުގައި އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ހައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ރުކުނެވެ.

އަރަފާތުގެ ބިމުގައި ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއުކޮށް (ޖަމްއު ތަގްދީމް) ކޮށެވެ. މިއަދުގެ ބޮޑުބައި އަރަފާތުގެ ބިމުގައި ހޭދަކުރުމަށްފަހު އިރު އޮއްސޭންފެށުމުން ހައްޖުވެރިން ދާނީ އަރަފާތު ބިމާއި މިނާއާ ދެމެދު އޮންނަ މުޒްދަލިފާއަށެވެ.

ރާއްޖެއިން މިއަހަރު ޖުމުލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރާނެއެވެ. އެ އެންމެންވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް