އީދާ ދިމާކޮށް ވައިގެ މަގުން 3،300 މީހުން ދަތުރުކޮށް ރެކޯޑެއް!

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އިއްޔެ ރިކޯޑް އަދަދަކަށް މީހުން ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމަންޓް އިއްޔެ 125 އަށް އެރި ކަމަށެވެ. މި ދަތުރުތަކުގައި 3،300 އަށް ވުރެ ގިނަ ފަސިންޖަރުން ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކޮށްފައިވެއެވެ.

ރިކޯޑް އަދަދަކަށް މިއަދު މީހުން ދަތުރުކޮށްފައި މި ވަނީ އީދު ބަންދާއި ސްކޫލް ބޮޑު ޗުއްޓީ ފެށުމާ ދިމާކޮށެވެ.

މި ދުވަސްވަރު ދަތުރުކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ، ރާއްޖޭގައި އެތެރޭގެ އުދުހުންތައް ކުރާ އެއާލައިންތަށް ކަމަށްވާ މޯލްޑިވިއަން އާއި ފްލައިމީ އަދި މަންޓާ އެއާއިން ވަނީ ފްލައިޓްތައްވެސް އިތުރުކޮށްފަ އެވެ.

އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުވެފައިވާއިރު، ކަނޑުމަގުގެ ދަތުރުތަކުގެ ޑިމާންޑްވެސް މި ދުވަސްވަރު ވަނީ އިތުރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް