އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ބޭނުންކުރުން ހުއްޓުވަން ހައި ކޯޓުން އަމުރެއް ނުދިން

Loading

Facebook
Twitter
WhatsApp

އެމްއީއެސް ކުރިން ހިންގި އިމާރާތް ބޭނުންކުރުން ހުއްޓުވަން މަންދު ކޮލެޖު ހިންގަމުންދާ ކުންފުނި، މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖު ހިންގަމުންދަނިކޮށް އެކޮލެޖާއެކު ހަދާފައިވާ އެއްބަސްވުން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ބާތިލްކޮށްފައެވެ.

އެ މައްސަލައިގައި މަންދު ކޮލެޖުން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި އެ އިމާރާތް އަލުން ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ އިމާރާތުން މަންދު ކޮލެޖު ނެރުނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެ ކޮލެޖަށް ބަދަލު ދިނުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމީ އެ އިމާރާތް މަންދު ކޮލެޖާ އަލުން ހަވާލު ކުރެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް މަންދު ކޮލެޖުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ މައްސަލަ ވަކި ގޮތަަކަށް ނިމެންދެން އެ އިމާރާތް އެއްވެސް ކަމަކަށް ބޭނުން ނުކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލަ ބެއްލެވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި ހުކުމުގައި ބުނެފައިވަނީ އިމާރާތް ބޭނުންކުރުން ހުއްޓުވަން އަމުރު ނެރެފިނަމަ އެތަނުގައި މިހާރު ހިންގަމުންދާ އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވީ ކޯޓުގެ އިސް ފަނޑިޔާރު އަދި ިމިމައްސަލައިގައި ރިޔާސަތު ބެލެހެއްޓެވި ހާތިފް ހިލްމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތުގައި 2019 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ އިއްޒުއްދީން ސްކޫލެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް