ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށް

Loading

Facebook
Twitter
WhatsApp

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އެ ދެ މީހުން 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުވާކުރީ އެ ކުއްޖާގެ ކާފަ އިބްރާހީމް ދީދީ އާއި މުނި ކާފަ ހަސަން މޫސާދީދީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރީ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، އެ މައްސަލަ ޝަރީއަތުން ބެލި ބެލުމުން 17 ޖަނަވަރީ 2020 ވަނަ ދުވަހުގެ ކުރިން ތަފާތު އެކި ދުވަސް މަތިން އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ހަސަން މޫސާ ދީދީގެ މުނިކާފަދަރީގެ ކުރިމަތިފަރާތުގައި އަތްލާފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ،
އާއިލާގެ މެންބަރަކު، އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން އެ ދެމީހުން ކުށްވެރިވެ، އަދަބެއްގެ ގޮތުން އެ ދެ މީހުން 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

މިއީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ދެވޭނެ އެންމެ ބޮޑު އަދަބެވެ.

އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން މިހާރު ތަންފީޒުކުރަން ޖެހޭނީ 22 އަހަރާއި ހަ މަހާއި 10 ދުވަހެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ ކަރާމަތާ ގުޅުންހުރި މައްސަލައަކަށްވާތީ އެ މައްސަލައިގެ ހުކުމް އާާއްމުކޮށްފައިނުވެއެވެ. އެ މައްސަލައިގެ އަޑުއެހުންތައްވެސް ކުރިއަށްގެންދިޔައީ ސިއްރުންނެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މައިންބަފައިންގެ އިހުމާލު އޮތް ކަމަށް ބުނެ ދައުލަތުން އެ ދެ މީހުންގެ މައްޗަށް ވެސް ދައުވާކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް