ޔާމީންގެ މެސެޖެއް, ބޯހަރުކަން އިސްކޮށްފި ނަމަ ރަނގަޅެއް ނުވާނެ!

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ ބާރު ރަނގަޅަށް ދެނެގަތުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ދައުލަތުގެ ތަންފީޒީ އިދާރާތަށް ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދިވެހީންގެ އަވަށްޓެރި ސްރީލަންކާއިން މިއަދު ފެންނަމުންދާ ސިޔާސީ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެ ޓުވީޓުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ހާލަތަކީ އުފެދި ބޮޑުވަމުން އަންނަ ހާލަތެއް ކަމަށް ވިދާޅުވެ، ބޯހަރުކޮށް އިސްކޮށްފިނަމަ ހާލަތު ރަނގަޅު ނުވާނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ހާލަތަކީ އުފެދި ބޮޑުވުމުގައި އޮތް ހާލަތެއް. ބޯހަރު ކަމުން އަޅުގަނޑުމެންގެ ހާލަތު ރަނގަޅެއް ނުވާނެ، އެކަމުން ލިބޭނީ ނިކަމެތިކަން“ އިނގިރޭސި ބަހުން ރައީސް ޔާމީން ކުރެއްވި ޓުވީޓުގައިވެއެވެ.

އެ ޓުވީޓުގައި ރައީސް ޔާމީން ވަނީ އެމްޑީޕީން ދެކޭ ހުވަފެންތަކުގައި ކުލަ ޖެހުމުގެ ކުރިން އެ ހުވަފެންތައް ފެނަށް ވެގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ލަންކާގެ ހާލަތު ބޮއްސުންލައި، އެގައުމުގައި މުޒާހަރާތައް ކުރަމުންދާއިރު ރައްޔިތުން ނިކުމެ ރައީސް ގޮތަބަޔާ އަދި ބޮޑުވަޒީރު ރަނިލް ގެ ގެކޮޅަށް ވަނީ ވަދެގެންފައެވެ. ރައީސްގެ އޮފީހަށްވެސް ވަދެގަތެވެ. އެ ތަންތަނުގައި ރައްޔިތުން އުޅެމުންދާތާ ދެ ދުވަސް ވަނީ ވެފައެވެ. އަދި ބަޔަކު ވަނީ ރަނިލްގެ އަމިއްލަފުޅު ގެކޮޅުގައި ހުޅުޖަހާ އަންދާލާފައެވެ.

ރައްޔިތުންގެ ރުޅިވެރިކަން ކޮޅުން ލުމުން ރައީސާއި ބޮޑުވަޒީރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް