ކާމިޔާބަކީ މޮޅެތި ކުޅުންތެރިން ތިބުމުން ޔަގީންވާނެ ކަމެއް ނޫން!: ރޮނާލްޑޯ

ރިއަލް މެޑްރިޑްގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ރޮނާލްޑޯ ބުނިގޮތުގައި ޕެރިސް ސެއިންޓް-ޖާރމެންގައި މެސީ ހުރިކަމަށްވިޔަސް ޗެމްޕިއަންސް ލީގް އެ ކުލަބަށް ކާމިޔާބު ކުރެވޭނެކަން ޔަގީން ކަމާ އެކު ނުބުނެވޭނޭ ކަމަށެވެ. މިހާރުގެ ރިއަލް ވެލަޑޮދްގެ ޕްރެސިޑެންޓް ރޮނާލްޑޯ އޭނާ ލޮސް ބްލަންކޮސްގައި ހޭދަ ކުރި ދުވަސްތަކުން މިސާލު ޖަހައި ބުނެފައި ވަނީ ކަރުދާހުގައި މޮޅު ޓީމެއް ލިޔެފައި އޮތުމަކީ ކާމިޔާބީ ޔަގީން ކޮށްދޭ ކަމެއް ނޫން ކަމަށެވެ. ރޮނާލްޑޯ ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ ޗެމްޕިއަންސް […]

”އަހަރެންގެ ދެވަނަގެ“ ޕްރޮގުރާމް ދެމި އޮންނާނެ ކަމުގެ ޔަޤީން ކަމެއް ނެތް

އަހަރެންގެ ދެވަނަ ގެ (MM2HA)“ ޕްރޮގްރާމް އަކީ އެހެން ގައުމުތަކުގެ ރައްޔިތުން މެލޭޝިޔާގައި ވަޒަންވެރިވުން ފަސޭހަ ކޮށްދިނުމަށްޓަކައި ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަހަރަކަށްވުރެ ގިނަދުވަސް ވަންދެން ހުއްޓާލާފައި އޮތުމަށް ފަހު އަލުން މި ވަނީ ފަށާފައެވެ. މެލޭޝިޔާ ސަރުކާރުން މިފަދަ އެހެން ސްކީމްތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން އެމްއެމް2 އެޗްއޭ ސްކީމްގައި ބައިވެރި ވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ މެލޭޝިޔާގައި ކުރިޔަށް އޮތް ތާނގައި އުޅެވޭނެ ކަމާމެދު ގިނަ ޝައްކު ތަކެއް އުފެދިފައެވެ. މި […]

ސާސްކޮވް 2 ޖެހި ރަނގަޅުވުން ފައިޒާ ވެކުސިން ޖެހުމަށްވުރެ 30 ގުނަ ރަނގަޅު

ސާސްކޮވް 2 ޖެހިފައި، ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ކޮވިޑް-19 ޑެލްޓާ ވޭރިއަންޓާ ކުރިމަތިލާ ނިޒާމް ފައިޒާ ވެކްސިން ޖަހާ މީހުނަށް ވުރެ 30 ގުނަ ރަނގަޅުކަން ފާހަގަ ކުރެވިއްޖެއެވެ. މި ދިރާސާ ކޮށްފައިވަނީ އިޒްރޭލުގެ ވެރިރަށް ޓެލްއަވީވްގައި 700،000 މީހުން ތިން ބަޔަކަށް ބަހައިގެންނެވެ. އެއީ ވެކްސިން ޖެހުމެއް ނެތި ބަލިޖެހި ރަނގަޅު ވެފައިވާ ފަރާތްތަކާއި، ވެކްސިންގެ އެއް ޑޯޒް ޖަހައި އަދި ބަލިޖެހި ރަނގަޅުވެފައިވާ ފަރާތްތަކާއި، ހަމަ އެކަނި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކެވެ. […]

ކޮވިޑް-19އާ އެކު އުޅެން ދަސްކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް: މެލޭޝިޔާގެ ހެލްތު މިނިސްޓަރ

މެލޭޝިއާގެ ސަރުކާރު ބަދަލުވިތާ މާގިނަ ދުވަސްތަކެއް ނުވެ ކޮވިޑް-19 އާ މެދު އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން ވަނީ ޔަގީން ކުރެވިފައެވެ. މެލޭޝިއާގެ ބޮޑުވަޒީރާއި ހެލްތު މިނިސްޓަރ ބަދަލުވުމާ ގުޅިގެން ރައްޔިތުން ކޮވިޑް-19 އާއެކު އުޅެން ”އެންޑެމިކް“ އަކަށް ރައްޔިތުން ތައްޔާރުކުރަން ވަނީ ނިންމާފައެވެ. ވެކުސިން ޖަހާ ރޭޓް މަތިވިނަމަވެސް ކޮވިޑު ވޭރިއަންޓުތަކުގެ ސަބަބުން، ކޮވިޑް-19 ފިލައި ނުދާނެކަމަށް އޭނާ ޤަބޫލު ކުރައްވާކަން ވަރަށް ބޮޑަށް ހާމަ ކުރައްވާފައެވެ. ފާއިތުވެދިޔަ ބުދަ ދުވަހު އަލަށް މަގާމަށް […]

ވެކްސިން ޖެހުން މަޖުބޫރު ކުރުމާއެކު އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ކެއަރ ވޯރކަރުން ވަޒީފާއިން ވަކި ވެއްޖެ

އިނގިރޭސިވިލާތުގެ ކެއަރ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ވެކުސިން ނުޖަހާނަމަ ވަޒީފާއިން ވަކިކުރާނެކަން އިއުލާން ކުރުމާއެކު ގިނަ އަދަދެއްގެ މުއައްޒަފުން އެކީ އެކައްޗަކަށް ވަޒީފާ ދޫކޮށް މުސާރަ ބޮޑު، އެމަޒޯން ފަދަ ކުންފުނިތަކުގެ ވަޒީފާތަކަށް ބަދަލު ވެއްޖެ އެވެ. މިކަމާ ގުޅިގެން އެ އިންޑަސްޓްރީގައި މަސަތްކަތް ކުރާ މީހުން ލިބުމުގެ ދަތިކަން ވަނީ ކުރިމަތި ވެފައެވެ. އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ”ދަ ގާޑިއަން“ އިން ބުނެފައިވާ ގޮތުގައި ކެއަރ ހޯމް އޮޕަރޭޓަރުންގެ ހަތަރު ބައިކުޅަ ތިން ބައި އޮޕަރޭޓަރުންނަށް […]

އަންހެނުންނަށް އިސް ވަޒީފާތައް ދިނުމަށް އެދި އަފުޣާނިސްތާނުގައި މުޒާހަރާކޮށްފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މިދިޔަ ހޮނިހިރު ދުވަހު އެތައް ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މުޒާހަރާގެ ބައިވެރިވެރިން ވަނީ ރިޔާސީ ގަޑުވަރު ކުރިމަތީގައި އެއްވެ ތިބެ ސަރުކާރު ހިންގުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށްވެސް ވަޒީފާ އަދާ ކުރެވެން ޖެހޭނެ ކަމަށްބުނެ އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިއެއް ކަމުގައިވާ އުމުރުން 26 އަހަރުގެ ރާޒިޔާ ބަރަކާޒީ، ބުނިގޮތުގައި މުޒާހަރާގެ ބައިވެރިން އެއްވެ އަޑުއުފުލުމުގެ ތެރޭގައި އެއްވެސް ވަރަކަށް ބާރުގެ ބެނުންކޮށްފައެއް ނުވެއެވެ. ނަމަވެސް […]

ނިއުޒިލޭންޑްގައި މަރާލެވުނު ”ހަރުކަށި ފިކުރުގެ“ މީހާއަކީ ސްރީލަންކާގެ ރައްޔިތެއް

ނިއުޒިލޭންޑް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ހަރުކަށި ފިކުރުގެ މީހަކު ބަޑި ޖަހައި މަރާލާފައި ވަނީ، ފިހާރައެއްގެ ތެރޭގައި ހަ މީހެއްގެ ގަޔަށް ވަޅިޖަހައި ޒަހަމްކޮށްލުމާ ގުޅިގެންނެވެ. ”މި ޓެރަރިސްޓް ހަމަލާގައި ކުށެއް ނެތް ނިއުޒީލޭންޑް ރައްޔިތުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައި.“ ނިއުޒިލޭންޑްގެ ބޮޑުވަޒީރު އާރޑެން ވިދާޅުވިއެވެ. ހަމަލާ ދިން މީހާއަކީ އޭނާގެ ކަންކަން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ބަލަމުންދާތާ ފަސް އަހަރު ވެފައިވާ ސްރީލަންކާގެ ރައްޔިތެކެވެ. ބޮޑުވަޒީރު އާރޑެން ވިދާޅުވި ގޮތުގައި އޭނާ މަރާލެވިފައިވަނީ ހަމަލާ […]

ޠާލިބާނުން އަފުޣާނިސްތާން ހިފުމުން އިންޑިޔާގައި މުސްލިމުންނަށްކުރާ ފުރައްސަރަ އިތުރުވެއްޖެ

އިންޑިޔާގެ ހިނދޫން އެ ގައުމުގެ މުސްލިމުންނަށް އެތަކެއް އަނިޔާތަކެއް ދެމުންދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ސަރުކާރުގެ އިސްފަރާތްތަކާ ގުޅިގެން، ހައްދުފަހަނަޅާފައިވާ ހިންދޫން ދަނީ މުސްލިމުންނަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުމުގެ އިތުރުން އެކި ވަރުވަރުގެ އަނިޔާތައް ދެމުންނެވެ. ޠާލިބާނުން، އަފްޣާނިސްތާން ހިފުމާއެކު އިންޑިޔާގެ މީސްމީޑިޔާ ޕްލެޓްފޯމްތަކުގައި އައު ހޭޝްޓެގެއް އާންމުވިއެވެ. އަފްޣާނިސްތާނަށް ދިޔުމަށް ގޮވާލައި މީސްމީޑިޔާގައި މި ހޭޝްޓެގް ބޭނުންކޮށްފައި ވަނީ އިންޑިޔާގެ މުސްލިމުންނަށް މަލާމާތްކުރުމުގެ ގޮތުންނެވެ. ދާދި އިހަކަށް ދުވަހު ޕާކިސްތާނަށް ދިޔުމަށް ގޮވާލައި ހޭޝްޓެގެއް […]

އަފްޣާނިސްތާނާ އެކު ވިޔަފާރީގެ ގުޅުން ދަމަހައްޓާނެކަމަށް ތުރުކީވިލާތުން ހާމަކޮށްފި

އާދިއްތަ ދުވަހު ތުރުކީގެ ރައީސް، ރަޖަބު ޠައްޔިބް އުރްދުޣާން ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގެ ކާބުލްގައި ހުރި ތުރުކީވިލާތުގެ އެމްބަސީގެ މަސައްކަތްތައް ކުރިން އޮތް ގޮތަށް މިހާރު ވަނީ ރުޖޫޢަކޮށްފައެވެ. ތުރުކީގެ ރައީސް އަފުޣާނިސްތާނާއެކު ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނޭކަމަށް ވިދާޅުވީ އެން.އޭ.ޓީ.އޯގެ ގައުމުތަކުން އަފްޣާނިސްތާނާ ގުޅުން ކަނޑާލަމުންދާ ދަނޑިވަޅެއްގައެވެ. ތުރުކީވިލާތުން ވަނީ ކުޑަ ޓެކްނިކަލް ގްރޫޕެއް ފިޔަވައި އަފްޣާނިސްތާނުގައި ތިބި ތުރުކީއަށް ނިސްބަތްވާ ހުރިހާ ރައްޔިތުންނާއި ސިފައިން އެ ގައުމުން ނެރެފައެވެ. އުރްދުޣާން ވިދާޅުވި ގޮތުގައި ޠާލިބާނުންގެ […]

ތަގުދީރުގެ ނިޔާ: މިހާރު ”ޑެލިވެރީ ބޯއި“އެއް، ކުރީން މިނިސްޓަރެއް

ސަޢީދު އަޙްމަދު ޝާހު ސަޢާދާތަކީ ކުރީގައި އަފްޣާނިސްތާނުގެ ކޮމިއުނިކޭޝަންސް މިނިސްޓަރގެ މަގާމު އަދާކުރެއްވެވި ބޭފުޅެކެވެ. ނަމަވެސް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ޖަރުމަނުވިލާތަށް ހިޖުރަ ކުރައްވައި އެ ގައުމުގައި ދިރިއުޅުއްވަން ފަށްޓަވާފައެވެ. ސަޢީދު މިނިސްޓަރކަން ކުރެއްވީ ރައީސް އަޝްރަފް ޣަނީގެ ދައުރުގައެވެ. ސަޢީދު ވަނީ މުޅި ދުނިޔެއަށް މަޝްހޫރު އޮކްސްފޯޑު ޔުނިވަސިޓީން ދެ މާސްޓާސް ޑިގްރީ ހޯއްދަވާފައެވެ. އެއީ ކޮމިއުނިކޭޝަންސްގެ ދާއިރާއިންނާއި އެލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އަފްޣާނިސްތާނުގައި މިހާރު […]