ގުދުރަތީ ގޭހަށް ބަރޯސާވުމުގެ ސަބަބުން ޕާކިސްތާން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅެނީ

    ވޭތުވެ ދިޔަ މަދު އަހަރުތަކުގެ ތެރޭގައި ހަކަތައިގެ ދާއިރާއިން ޤުދުރަތީ ގޭހަށް ބަރޯސާވާ މިންވަރު ޕާކިސްތާނުގައި ވަނީ ނުރައްކައުތެރި މިންވަރަކަށް އިތުރުވެފައެވެ. ޕާކިސްތާނަށް ގުދުރަތީ ގޭސް އެތެރެ ކުރަން ފަށާފައި ވަނީ މީގެ ހަ އަހަރު ކުރީންނެވެ. މިހާރު ޔޫރަޕްގައި ގުދުރަތީ ގޭސްހުރި މިންވަރު މަދުވުމުގެ ސަބަބުން ގޭހުގެ އަގުވަނީ އެތައް ގުނައަކަށް އުފުލިފައެވެ. އެހެންކަމުން ހަކަތައިގެ ދާއިރާއިން ޕާކިސްތާނަށް ވަނީ ބޮޑު ޚަރަދެއް ކުރަން ޖެހިފައެވެ. ޕާކިސްތާނަށް އެތެރެކުރާ ތަކެއްޗާ ގުޅޭ މަސްއޫލުވެރިއެއް […]

ޠާލިބާނުން ހިރާތުގައި އެންމެނަށް ފެންނާނޭހެން ހަތަރު މީހުންގެ ހަށިގަނޑު އެލުވައިފި

ކުށް ކުރާ މީހުން ކުށުން ދުރުކުރުމަށް ކަމަށް ބުނެ މީހުން ރަހީނު ކުރުމަށް މަސައްކަތް ކުރި ހަތަރު މީހުން މެރުމަށްފަހު ޠާލިބާނުން އެންމެނަށް ފެންނަ ގޮތަށް އަފްޣާނިސްތާނުގެ ހިރާތުގައި އެލުވައިފިއެވެ. އެ ހަތަރު މީހުން ކުރެ އެކަކުގެ ހަށިގަނޑު ވަނީ ކުރޭނެއްގައި އެލުވާފައެވެ. އަފުޣާނިސްތާން ރައްޔިތެއް ކަމަށްވާ މުޙައްމަދު ނަޒީރު ބުނި ގޮތުގައި އޭނާ ވިޔަފާރިކުރަން ގޮސް އުޅެނިކޮށް ލައުޑް ސްޕީކަރަކުން އެންމެންގެ ސަމާލު ކަމަށް ގޮވަން ފެއްޓިއެވެ. އެވަގުތު އޭނާއަށް ފެނުނި ޕިކަޕެއްގައި މީހެއްގެ ހަށިގަނޑު […]

އިޒުރޭލުގެ އަނިޔާވެރިކަން ހުއްޓުވުމަށް އެމެރިކާގެ ޑިމޮކްރެޓުން ބިލެއް ހުށައަޅައިފި

އިޒުރޭލާއި ފަލަސްތީނު މައްސަލާގައި އެ ދެ ގައުމުން ސުލުހައަށް މަސައްކަތް ކުރުމަށް ބާރުއަޅާ ބިލެއް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން ސެނޭޓަށް ހުށައަޅައިފިއެވެ. މިބިލްގެ މައިގަނޑު އެއް މަގުސަދަކީ އެމެރިކާއިން އިޒުރޭލަށް އެހީގެ ގޮތުގައި ދޭ ފައިސާ އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަދަ ކަންކަމުގައި ބޭނުން ނުކުރާކަން ޔަގީން ކުރުމެވެ. އިޒުރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތައް ވަކިކޮށް ދެނެގަތުމަށް މަޖުބޫރު ކުރާ މި ބިލް ހުށައަޅާފައި ވަނީ އެންޑީ ލެވިންއެވެ. ފަލަސްތީނާއި އިޒުރޭލުގެ ބިމުގެ ސަރަހައްދު ވަކި ކުރުމުގެ […]

އދ. އިން ކުރަންޖެހިފައިވާ މަސަތްކަތާއި ލިބޭ އާއްމުދަނީއާ ނުބައްދަލު

އދ. އަށް ލިބެމުން އަންނަ އަހަރީ ބަޖެޓް އިތުރު ނުވި ކަމުގައިވިޔަސް، ކުރަންޖެހިފައިވާ މަސައްކަތްތައް އަންނަނީ އިތުރުވަމުންނެވެ. އަންގާރަ ދުވަހު އދ. ގެ އެންމެ މަތީފެންވަރުގެ ވެރީންގެ ބައްދަލުވުމެއް ނިއު ޔޯކްގައި ފެށުމާއެކު ދުނިޔެއަށް ދިމާވެފައިވާ ޕެންޑެމިކްގެ ހާލަތާއި އިގުސާދީ ދަތިތަކާ ކުރިމަތިލުމަށް އދ. ގެ 193 މެމްބަރު ގައިމުތައް އެއްބައިވަންތަ ކުރަން މަސައްކަތް ކުރާނެއެވެ. ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި އދ. އަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ސީރިޔާގައި ސެކުއިރިޓީ ކައުންސިލްގެ މަސައްކަތް […]

”ޓްރެވަލް ޓްރެފިކް ލައިޓް“ ނިޒާމަށް އަމަލުކުރުން އިނގިރޭސިވިލާތުން ހުއްޓާލަން ނިންމައިފި

ދަތުރުފަތުރު ކުރުމަށް ހަދާފައިހުރި ގިނަ ގަވައިދު ތަކަކަށް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ލުއިލިބިގެން ދާނެއެވެ. ޓްރާންސްޕޯރޓް ސެކްރެޓެރީ ގްރާންޓް ޝަޕްސް ވިދާޅުވި ގޮތުގައި ކުރޯނާއާ ގުޅިގެން އެޤައުމުން އަމަލު ކުރަމުން ދިޔަ ”ޓްރެފިކް ލައިޓް ސިސްޓަމް“ ފަސޭހަ ކުރެވި ވެކްސިން ޖަހާފައިވާ ފަރާތްތައް ޓެސްޓް ކުރުމަށް އިތުރު ލުއިތަކެއް ދެވިގެން ދާނެއެވެ. ކުރިން އަމަލު ކުރަމުން ދިޔަ ފެހި، އޮރެންޖް، ރަތް ލިސްޓް މިހާރު ބަދަލު ކުރެވިފައި ވަނީ ހަމަ އެކަނި ފެހި ލިސްޓަކާއި […]

އަފުޣާނިސްތާނުގައި ޓެރަރިސްޓް ޖަމާޢަތްތައް އުފައްދައި ހިންގުމުގައި އިންޑިޔާގެ ދައުރު ވަރަށް ބޮޑު

އަފުޣާނިސްތާނުގައި އައިއެސްއެސް ފަދަ ޓެރަރިސްޓް ޖަމާޢަތްތައް އުފައްދައި ހިންގުމުގައި އިންޑިޔާގެ ދައުރު ވަރަށް ބޮޑުކަން ހާމަވަމުން އެބަދެއެވެ. އިންޑިއަން އިންޓެލިޖަންސް އޭޖެންސީ، ރިސާރޗް އެންޑް ވިންގް (ރޯ) އަކީ އަފްޣާނިސްތާނުގެ އިންޓެލިޖަންސް އޭޖެންސީއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ތަނެކެވެ. އަފްޣާނިސްތާނުގެ އިންޓެލިޖެންސް އެސޯސިއޭޝަން އިން ވަނީ ޕާކިސްތާނާ ބެހޭ މުހިންމު މައުލޫމާތު ރޯއަށް ހިއްސާ ކޮށްފައެވެ. މިދެ އޭޖެންސީ އާއި ސޮވިއެޓް ކޭޖީބީ ގެ މެދުގައި 1980ގެ އަހަރުތަކުގެ ތެރޭގައި ވެވުނު އެއްބަސްވުމެއްގެ ސަބަބުން މި […]

ޖައްވު ހޫނުވާ މިންވަރު އަދިވެސް ދަނީ އިތުރު ވަމުން

އ.ދ ގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން ޖައްވު ހޫނުވާ މިންވަރު ދަށަކަށް ނުދެއެވެ. އަދި ދުނިޔޭގެ ގައުމުތައް CO2 އުފައްދާ މިންވަރު މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ވެސް އަދި ނުފެނެއެވެ. ބުރާސްފަތި ދުވަހު އދ ގެ އެކި އޭޖެންސީތަކާއި ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޖައްވު ހޫނުވާ މިންވަރު އަދިވެސް ދަނީ އިތުރު ވަމުންނެވެ. ކޮރޯނާ ވައިރަސް ފެތުރުމާ ގުޅިގެން ފުރަތަމަ ކޮޅު ޖައްވަށް ދޫކުރެވޭ CO2 ގެ […]

ދެ ކޮރެއާ ދެމެދު އަނެއްކާ ނުތަނަވަސްކަން އިތުރުވަނީ

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ ދެމެދު ނުތަނަވަސްކަން އިތުރުވެ، ދެ ގައުމުންވެސް ވިދިވިދިގެން ކަހަލަގޮތަކަށް މިސައިލް ޓެސްޓްތަކެއް ކޮށްފިއެވެ. މިޓެސްޓްތަކަކީ ދެ ގައުމުގެ ވާދަވެރިކަން ބޮޑުވެ، ޢަސްކަރީ ޤާބިލުކަން އެއްގައުމުން އަނެއް ގައުމަށް ދައްކާލުމަށް ހިންގި ކަމެކެވެ. ދެކުނު ކޮރެއާއިން މިޓެސްޓްތައް ކުރީ އުތުރު ކޮރެއާގެ ޢަސްކަރީ ޕްރޮގުރާމް ހުއްޓުމަށް ކުރަމުން އައި މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. ދެކުނު ކޮރެއާގެ ރައީސް އޮފީހުން ހާމަކުރާ ގޮތުގައި އެ ގައުމުން އުފެއްދި އަންޑަވޯޓަރ ބެލެސްޓިކް މިސައިލް ޓެސްޓްކޮށްފައިވަނީ […]

ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އިޒުރޭލުގެ ބޮޑު ވަޒީރަކު މިސްރަށް ވަޑައިގެންފި

ދިހަ އަހަރަށް ފަހުން ފުރަތަމަ ފަހަރަށް އިޒުރޭލުގެ ބޮޑު ވަޒީރަކު މިސްރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިސްރާއީލްގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް މިސްރަށް ވަޑައިގެންފިއެވެ. މިދަތުރު ފުޅުގައި މިސްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއާ އެކު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ނަފްތާލީ ބެނެޓް ވިދާޅުވީ އެއީ ވަރަށް މުހިންމު އަދި ވަރަށް ކާމިޔާބު ވާހަކަ ތަކެއް ކަމުގައެވެ. މިސުރުން ހާމަކުރިގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސަރަހައްދުގައި ކުރިމަތިވާ ތަފާތު ކަންތައްތަކާއި އިސްރާއީލް-ފަލަސްތީން […]

އަންހެނުންނަށް ތައުލީމު ހާސިލު ކުރެވޭނީ އަންހެނުންނަށް ޚާއްޞަ ޔުނިވާސިޓީތަކުން: ޠާލިބާން

އަފްޣާނިސްތާނުގެ އަންހެނުންނަށް ޔުނިވާސިޓީތަކުން ޕޯސްޓް ގްރެޖުއޭޓް އާއި ހަމައަށް ތައުލީމު ހާސިލު ކުރުން ކުރިއަށް ގެންދެވޭނީ ދެ ޖިންސުގެ ދަރިވަރުންނަށް ވަކިން ކިޔަވައިދޭ ސްކޫލް ތަކުން އެކަނިކަމަށް ޠާލިބާނުން ބުނެފިއެވެ. އަދި ބުރުގާ އެޅުމަކީ މަޖުބޫރު ކަމެއްކަމަށް ޠާލިބާނުން ދަނީ ބުނަމުންނެވެ. މަތީ ތައުލީމާ ބެހޭ މިނިސްޓަރު ޢަބްދުލް ބާޤީ ޙައްޤާނީ މި ގަވާއިދުތައް ތައާރަފު ކޮށްފައި ވަނީ އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައެވެ. އެއީ ރައީސްގެ ގަނޑުވަރުކޮޅުގާ ޠާލިބާނުގެ ދިދަ އުފުލައި ހުސް ފިރިހެނުންގެ […]