ޖައްވު ހޫނުވާ މިންވަރު އަދިވެސް ދަނީ އިތުރު ވަމުން

Loading

Facebook
Twitter
WhatsApp

އ.ދ ގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން ޖައްވު ހޫނުވާ މިންވަރު ދަށަކަށް ނުދެއެވެ. އަދި ދުނިޔޭގެ ގައުމުތައް CO2 އުފައްދާ މިންވަރު މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ވެސް އަދި ނުފެނެއެވެ.

ބުރާސްފަތި ދުވަހު އދ ގެ އެކި އޭޖެންސީތަކާއި ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޖައްވު ހޫނުވާ މިންވަރު އަދިވެސް ދަނީ އިތުރު ވަމުންނެވެ.

ކޮރޯނާ ވައިރަސް ފެތުރުމާ ގުޅިގެން ފުރަތަމަ ކޮޅު ޖައްވަށް ދޫކުރެވޭ CO2 ގެ މިންވަރު މަދުވި ކަމުގައިވިޔަސް ޖައްވަށް ދޫވާ އެހެން ގްރީން ހައުސް ގޭސްތަކުގެ ނިސްބަތް މަދުވެގެނެއްވެސް ނުދެއެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ ސައިންޓިފިކް ހޯދުންތަކާއި ދިރާސާތައް ރިޕޯޓް ކުރާ ޔުނައިޓެޑް އިން ސައިންސް 2021 މިކަންކަން ރިޕޯޓް ކޮށްފައިވަނީ ދުނިޔޭގެ ކްލައިމެޓް ސަމިޓް ބޭއްވުމުން ކައިރިވެފައި ވަނިކޮށެވެ.

އ.ދ އިން ބުނެފައިވާ ގޮތުގައި ކަނޑައެޅިފައިވާ ލަޑުދަނޑިތަކާ ހަމައަށް ވާސިލު ނުވުމުގެ އިތުރުން ޕެރިސް ސަމިޓްގައި ވެފައިވާ އެއްބަސްވުމުގެ ލަނޑުދަނޑި ވެސް ހާސިލު ނުވާނެއެވެ.

އ.ދގެ ސެކެރެޓްރީ ޖެނެރަލް މި ރިޕޯޓުގެ ހޯދުންތަކާ ގުޅިގެން ވިދާޅުވެފައި ވަނީ ކްލައިމެޓް ރައްކާތެރި ކުރަން މަސައްކަތް ކުރަން މި އަހަރަކީ އެންމެ މުހިންމު އެއް އަހަރު ކަމަށެވެ. އަދި މި ދިރާސާއިން ދުނިޔޭގެ މިސްރާބު އޮތް ގޮތް ސާފުކޮށް ފެންނަ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މި އަހަރު އަހަރުމެނަށް ފެނިގެން ދިޔައީ ފޮސިލް ފިއުލް ބޭނުންކުރާލެއް އިތުރުވި މަންޒަރާއި ގްރީން ހައުސް ގޭސްތައް ބޭނުންކުރުން އިތުރުވި މަންޒަރެވެ.

އދ ގެ ކްލައިމެޓް ޗޭނޖް ކޮންފަރެންސް ބާއްވާނީ އޮކްޓޯބަރު 31ން ނޮވެމްބަރު 12ވަނަ ދުވަހާ ހަމައަށް ގްލަސްގޯގައެވެ.

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް