އަފްޣާނިސްތާނުގެ އަންހެނުންނަށް ޔުނިވާސިޓީތަކުން ޕޯސްޓް ގްރެޖުއޭޓް އާއި ހަމައަށް ތައުލީމު ހާސިލު ކުރުން ކުރިއަށް ގެންދެވޭނީ ދެ ޖިންސުގެ ދަރިވަރުންނަށް ވަކިން ކިޔަވައިދޭ ސްކޫލް ތަކުން އެކަނިކަމަށް ޠާލިބާނުން ބުނެފިއެވެ. އަދި ބުރުގާ އެޅުމަކީ މަޖުބޫރު ކަމެއްކަމަށް ޠާލިބާނުން ދަނީ ބުނަމުންނެވެ.
މަތީ ތައުލީމާ ބެހޭ މިނިސްޓަރު ޢަބްދުލް ބާޤީ ޙައްޤާނީ މި ގަވާއިދުތައް ތައާރަފު ކޮށްފައި ވަނީ އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައެވެ. އެއީ ރައީސްގެ ގަނޑުވަރުކޮޅުގާ ޠާލިބާނުގެ ދިދަ އުފުލައި ހުސް ފިރިހެނުންގެ ސަރުކާރެއް އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ.
ޠާލިބާނުންގެ ބާރުގެ ދަށަށް މުޅި އަފުޣާނިސްތާން ދިއުމާއެކު މީގެ 20 އަހަރު ކުރިން އޮތް ހަރުކަށި ސަރުކާރު އަނބުރާ އަތުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އޭރު ހަދާފައިވާ ބައެއް ހަރުކަށި ގަވާއިދުތަކުގެ ތެރޭގައި އަންހެނުންނަށާއި އަންހެން ކުދީންނަށް ތައުލީމު ދިނުން މަނާ ކުރުމާއި އަންހެނުންނަށް އާދައިގެ ދިރިއުޅުމެއް އުޅުން މަނާކުރުން ހިމެނެއެވެ.
”އަހަރުމެން މިހާރު އަޅާފައި އޮތް ބިންގާގެ މައްޗަށް ބިނާކުރަމުން ދާނީ.“ ޙައްޤާނީ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ ފާއިތުވި 20 އަހަރު ތެރޭގައި ޠާލިބާނުން އަންހެނުންނާމެދު ދެކެމުން އައިގޮތް ބަދަލުވެފައި ވާކަން ހާމަ ކުރެއްވުމުގެ ގޮތުންނެވެ.
މި ވާހަކަތައް އައިސްފައި ވަނީ ބައިނަލްއަގުވާމީ ދުނިޔޭގެ ރުހުން ހޯދަން އެ ޖަމާއަތުން މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއް ގައެވެ.
އެމެރިކާ ސިފައިން އޯގަސޓް 31ގައި އަފްޣާނިސްތާނުން ފައިބާ ވާހަކަ އިއުލާނު ކުރުމާ އެކު ޠާލިބާނުން ވަނީ ހަލުވި ބާރުމިނެއްގައި މުޅި ގައުމުގެ އެކި ހިސާބުތައް ހިފާފައެވެ. އަދި 15 އޯގަސްޓްގައި ޠާލިބާނުން ވަނީ ވެރިރަށް ކާބުލް ހިފާފައެވެ.
އާދިއްތަ ދުވަހު ޙައްޤާނީ ވިދާޅުވި ގޮތުގައި ޔުނިވާސިޓީން އަންހެން ދަރިވަރުންނަށް ހެދުންލުމުގެ ހާއްސަ ގަވާއިދުތަކެއް ހަދާނެއެވެ.
އަންހެނުން އަޅަން މަޖުބޫރު ވަނީ މޫނު ބުރުގާ ތޯ ނުވަތަ މުޅި މޫނު ނިވާނުވާ ބުރުގާތޯ ސާފު ކޮށްދީފައެއްނުވެއެވެ.
ކުރިއަށް އޮތްތަނުގައި އަފުޣާނިސްތާނުގައި ދެ ޖިންސު ވަކިން ކިޔަވައިދިނުން މަޖުބޫރު ވާނެއެވެ. ޙައްޤާނީ ވިދާޅުވިގޮތުގައި ”އެއް ކްލާހެއްގައި އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން ކިޔެވުމަކަށް ހުއްދެ އެއް ނުދެވޭނެއެވެ. ކޯ-އެޑިއުކޭޝަން ހުއްދައެއް ނުވާނެއެވެ.“
އޭނާ ވިދާޅުވި ގޮތުގައި އަންހެން ދަރިވަރުންނަށް އިތުރު ގޮތެއް ނެތިގެން މެނުވީ ކިޔަވާ ދޭނީ އަންހެން ޓީޗަރުންނެވެ. ”އަހަރުމެންގެ އަންހެނުންގެ ތެރޭގައި ޓީޗަރުން ގިނަ ކަމަކީ ނަސީބެއް. އަންހެން ޓީޗަރުން ހޯދުމުގައި އެއްވެސް ދަތިކަމަކާ ކުރިމަތިވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ.“ އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޙައްޤާނީ ވިދާޅުވި ގޮތުގައި ކިޔަވައިދޭ މާއްދާތައްވެސް ރިވިއު ކުރެވޭނެއެވެ. އަދި އަފްޣާނިސްތާން ދަރިވަރުން ބައިނަލްއަގުވާމީ ފެންވަރުގައި ތައުލީމީ ދާއިރާއިން ވާދަކުރާތަން ފެނުމަކީ ގައުމުގެ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޠާލިބާނުންނަކީ އިސްލާމް ދީނުގެ ހަރުކަށި ފިކުރަށް ތަބާވާ ބައެކެވެ. އަދި މީގެ ކުރިން ޠާލިބާނުންގެ ވެރިކަން އޮތް ދުވަސްވަރު ޠާލިބާނުން ވަނީ އާޓްސް އަދި މިއުޒިކް ކިޔަވައިދިނުން މަނާ ކޮށްފައެވެ.
އަފްޣާނިސްތާނުގެ ނިއުސް ޗެނަލް އަކަށްދިން ބަޔާނެއްގައި ޠާލިބާނުންގެ ތަރުޖަމާން ސައިދު ހަޝްމީ ވިދާޅުވި ގޮތުގައި އަންހެނުންގެ މަޤްސަދަކީ ގޭގައިތިބެ ދަރިން ބަލާ ބޮޑެތި ކުރުމެވެ. އަންހެނުން ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް ޠާލިބާނުން ބުނާ އިރު ސައިދް ބުނެފައިވާ ގޮތުގައި އަންހެނުން ކެބިނެޓްގައި ތިބުމަކީ މުހިންމު ކަމެއް ނޫނެވެ.
ޠާލިބާނުން އައުމުގެ ކުރިން ޔުނިވާސިޓީތަކުގައި ކިޔަވާދެމުން އައީ ދެ ޖިންސު އެއްކޮށެވެ، ނަމަވެސް ގިނަ އަންހެން ދަރިވަރުން ވަނީ ބުރުގާ އެޅުން އޭރުވެސް އިޚުތިޔާރު ކޮށްފައެވެ. ކުޑަ ކުދިންގެ ސްކޫލްތަކުގާ ކުރިންވެސް ކިޔަވާ ދެމުން އައީ ދެ ޖިންސު ވަކި ކޮށްގެނެވެ.
ހޮނިހިރު ދުވަހު ހެދުން އެޅުމާ ބެހޭ ގަވާއިދުތަކަށް ސަޕޯރޓް ކުރަން އަންހެނުންތަކެއް ވަނީ އެއްވެފައެވެ.
އަންހެން ޓީޗަރުން ލިބެން ނެތް ހާލަތެއްގައި ފިރިހެން ޓީޗަރުންވެސް ކިޔަވާ ދޭނެކަމަށް ޙައްޤާނީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފިރެހެން ޓީޗަރެއްނަމަ ކިޔަވާދޭނީ ޝާރީޢަތާ އެއްގޮތަށް ފަރުދާއެއްގެ ފަހަތުންނެވެ.
ދުނިޔެ
އާމިނަތު ސިއުފާ
ހިންދީ މީޑިއަމްގެ ރޯލުން މަޝްހޫރުވި ޕާކިސްތާނުގެ ބަތަލާ ސަބާ ޤަމަރު ހައްޔަރުކުރަން ކޯޓުން ޢަމުރު ނެރެފިއެވެ.
މިދިޔަ ބުދަ ދުވަހު ޕާކިސްތާނު ކޯޓުގައި އޮތް އަޑުއެހުމެއްގައި އޭނާ ހައްޔަރުކުރަން ނިންމާފައިވަނީ ލާހޯރުގެ ޤަދީމީ މިސްކިތެއްގައި ނަށާތަން ފެންނަ ވީޑިޔޯއެއް ކުޅެފައިވުމުންނެވެ.
ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ކޯޓު އަޑުއެހުންތަކަށް ހާޒިރު ނުވުމުން ލާހޯރުގެ މެޖިސްޓީރިއަލް ކޯޓުން ވަނީ ޤަމަރު އާއި ލަވަކިޔުންތެރިޔާ ބިލާލު ސަޢީދަށް ރުފިޔާ ދައްކާފައި ސަލާމަތް ވެވޭ ގޮތަށް ވަރަންޓް ނެރެފައެވެ.
ދެން އެންމެ އަވަހަށް ކޯޓު އަޑުއެހުމެއް އޮންނާނީ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހުއެވެ.
ލާހޯރުގެ ކުރީގެ ސިޓީ ގައި ހުރި މަސްޖިދް ވާޒިރް ޚާންގެ ޙުރުމަތް ކެނޑިކަމުގެ ތުހުމަތުގައި ވެސް ސަބާ ޤަމަރު އާއި ބިލާލު ސަޢީދުގެ މައްސަލައެއް މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި މިމައްސަލަ އާއި ގުޅިގެން މީސްމީޑިޔާގައި ސަބާ ޤަމަރަށް މަރުގެ އިންޒާރުތައް ވެސް ލިބިފައިވެއެވެ.ސަބާ އާއި ބިލާލު ވަނީ ޢާންމުންގެ ފަރާތުން މަޢާފަށް ވެސް އެދިފައެވެ.