ސަރަހައްދީ ރައްކާތެރިކަމަށް އިންޑިއާއާއުކު އެއްބަސް ވުމެއްގައި ސޮއިކޮށްފި
ސަރަހައްދީ ރައްކާތެރިކަމާ ސަލާމަތަށް އިންޑިޔާއާއި އެކު ރާއްޖެއިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސް ވުމަކީ ރާއްޖެ އާއި ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމާތާއި ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތްކުރުން ފުޅާކުރުމުގެ ގޮތުން ސޮއިކުރި އެއްބަސް ވުމެއްކަމަށެވެ. މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާއިޝަތު ނަހުލާ އެވެ. އިންޑިއާއިން ސޮއިކުރެއްވީ އެގައުމުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަ ސަފީރު ސަންޖޭ ސުދީރު އެވެ. އެއްބަސްވުމުގެ […]
އިންޑިއާ ހައުކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ތުހުމަތުވާ މީހާއަށް ދައުވާ ކޮށްފި
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މަށް ޗަށް ދައުވާ ކޮށްފި އެވެ. މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފައިވަނީ މއ. ރެސްޓިންހައުސް، މުހައްމަދު އިނާދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ. ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ […]
ހެދުމުގައި ދެ ކީލޯއަށް ވުރެ ގިނަ ރަން ފޮރޮވައިގެން ރާއްޖެއިން އިންޑިއާ އަށް ދިޔަ މީހަކު އަތުލައިގެންފި
ހެދުމުގެ ތެރޭގައި ދެ ކިލޯއަށް ވުރެ ގިނަ ރަން ފޮރުވައިގެން ރާއްޖެއިން އިންޑިއާގެ ބެންގަލޫރަށް އަށް ދަތުރުކުރި މީހަކު އެގައުމުން ހައްޔަރުކޮށްފިއެވެ. އިންޑީއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ހެދުމުގެ ތެރޭގައި ރަން ފޮރުވައިގެން ރާއްޖެއިން އިންޑިއާ އަށް ދިޔައީ އެގައުމުގެ ކެރެލާއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ. އޭނާ ދަތުރުކުރީ ގޯ ފަސްޓް ފްލައިޓްން އަންގާރަދުވަހުއެވެ. އެމީހާ އިންޑިއާ އަށް ގަވާއިދާ ހިލާފަށް ރަން އެތެރެކުރަން އުޅުނީ ރަން ޕޭސްޓް ފޯމަށް ބަދަލުކޮށް، އޭނާ ލައިގެން […]
ޔާމިންގެ ދައުރުގައި ދެ ފަހަރަށް ތަޅާލައި ހަދާފައިވާ ގަނޑިބުރު އަނެއްކާވެސް ހެދުމަށް ސިޓީކައުންސިލުން ނިންމައިފި
ރައީސް އަބްދުއްލާ ޔާމީންގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ތަޅާލައި ހެދި މާފަންނު ގަޑިބުރު އަނެއްކާވެސް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ ތެރޭގައި ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ. އެހެންނަމަވެސް އެތަނުގައި މިހާރު އެގަޑިއެއް ނެތެވެ. ގަނޑިބުރުގެ ނަން މިހާރުވެސް އެތަނަށް ކިޔާ މާފަންނު ގަނޑިބުރު 2016ވަނަ އަހަރުގެ ފަހުކޮޅު ތަޅާލައި މަރާމާތު ކުރިއެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރުގެ ޖުލައިގައި އެތަން ތަޅާލާ އަލުން […]
ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމެއް: ނަމާދު ކުރާ މީހުންގެ ޢަދަދު ނިސްބަތުން ވަރަށް މަދު
ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ނަމާދު ނުކުރާ މީހަކު ހުރެގެން ނުވާއެވެ. އެހެނަސް މިސްކިތްތަކަށް އަރަނީ މަދު ދިވެހިން ކޮޅެކެވެ. މިސްކިތްތަކަށް ގިނައިން އަރަނީ ބިދޭސީ މުސްލުމުންނެވެ. ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ފަރުޟު ފަސްނަމާދު ގާއިމު ކުރަނީ މަދު ބައެކެވެ. ޚާއްޞަ ކޮށް ފަތިސް ނަމާދު ކުރާ މީހުންގެ ޢަދަދަށް ބަލާއިރު ގިނަ މިސްކިތް ތަކުގެ ކުރީ ދެސަފު ވެސް ނުފުރޭ ކަން ފާހަގަ ކުރެވެއެވެ. ނަމާދު ނުކުރާ މީހުން ކުރާ ހެޔޮ ޢަމަލުތަށް ﷲ ގަބޫލުނުކުރައްވާ […]
ގުދުރަތީ ގޭހަށް ބަރޯސާވުމުގެ ސަބަބުން ޕާކިސްތާން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅެނީ
ވޭތުވެ ދިޔަ މަދު އަހަރުތަކުގެ ތެރޭގައި ހަކަތައިގެ ދާއިރާއިން ޤުދުރަތީ ގޭހަށް ބަރޯސާވާ މިންވަރު ޕާކިސްތާނުގައި ވަނީ ނުރައްކައުތެރި މިންވަރަކަށް އިތުރުވެފައެވެ. ޕާކިސްތާނަށް ގުދުރަތީ ގޭސް އެތެރެ ކުރަން ފަށާފައި ވަނީ މީގެ ހަ އަހަރު ކުރީންނެވެ. މިހާރު ޔޫރަޕްގައި ގުދުރަތީ ގޭސްހުރި މިންވަރު މަދުވުމުގެ ސަބަބުން ގޭހުގެ އަގުވަނީ އެތައް ގުނައަކަށް އުފުލިފައެވެ. އެހެންކަމުން ހަކަތައިގެ ދާއިރާއިން ޕާކިސްތާނަށް ވަނީ ބޮޑު ޚަރަދެއް ކުރަން ޖެހިފައެވެ. ޕާކިސްތާނަށް އެތެރެކުރާ ތަކެއްޗާ ގުޅޭ މަސްއޫލުވެރިއެއް […]
ލައިފް ފެން ހުސްކުރި ކުޑަ ފުޅި ތަކުގައި ބަނގުރާ ރައްކާކޮށްފައި ހުއްޓާ އަތުލައިގެންފި
އައްޑޫ ސިޓީ ހިތަދޫގައި ލައިފް ފެން ހުސްކުރި ފުޅިތަކެގައިގައި ބަނގުރާ ކަމަށް ބެލެވޭ ތަކެތި ރައްކާކޮށްފައި ހުއްޓާ ފުލުހުން އަތުލައިގެންފިއެވެ. ފުލުހުން ބުނީ ހިތަދޫގައި ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗއްހުރި 500 އެމްއެލްގެ 11 ފުޅި ފެނިފައިވާ ކަމަށެވެ. ބަނގުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވީ ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. […]
ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ގއ. ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވ. ފުލުހުން ބުނީ މި ބަނގުރާ ތަކަކީ ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތައްކަމަށާ އެ ތަކެއްޗަކީ ކޫއްޑޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތައްކަމަށެވެ. ފުލުހުން ބުނީ މި ތަކެތެއްޗަކީ އޭޕްރީލް ފަސް ވަނަ ދުވަހުން ފެށިގެން މި މަހު 21 ވަނަ ދުވަހުގެ ނިޔަ އަތުލައިގަތް ބަނގުރާ ކަމަށެވެ. ނައްތާލާފައިވާނީ 585 […]
3ވަނަ ފަހަރަށް ތަށި އުފުލާލަން ސަޕޯޓަރުން ތައްޔާރަށް!
އަންނަ ހުކުރު ދުވަހު ފަށާ ސަރަހައްދުގެ ފުޓްބޯޅަ އީދު، އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ތިން ވަނަ ފަހަރަށް ތަށި ހޯދައިދުނުމަށް ޓީމުގެ 12 ވަނަ ކުޅުންތެރިޔާ ކަމަށްވާ ސަޕޯޓަރުން ތިބީ ތައްޔާރަށެވެ. ދިވެހިންގެ ސަޕޯޓް ރާއްޖޭގެ ޓީމަށް އޮތްކަން މިއަދު ޓިކެޓް ގަންނަން ހަދާފައިވާ ދިގު ކިޔޫއިން ހާމަވެގެން ދިޔައެވެ. މިއަދު މެންދުރު ފަހު 2 ޖެހިއިރު ޓިކެޓް ވިއްކަން ފަށިއިރު އޭގެ ގަޑިއެއްހާއިރު ކުރިން ވެސް ކިޔުގައި ޖެހުނު މީހުން ތިއްބެވެ. އޮލިމްޕަސް […]
ކޮވިޑް19: އިތުރު 141 މީހަކު ފައްސިވެއްޖެ!
މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 141 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 108 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 4 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 29 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 84,720 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,601 އެކްޓިވް ކޭސް ހިމެނޭއިރު 19 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]