ހެދުމުގައި ދެ ކީލޯއަށް ވުރެ ގިނަ ރަން ފޮރޮވައިގެން ރާއްޖެއިން އިންޑިއާ އަށް ދިޔަ މީހަކު އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

 

ހެދުމުގެ ތެރޭގައި ދެ ކިލޯއަށް ވުރެ ގިނަ ރަން ފޮރުވައިގެން ރާއްޖެއިން އިންޑިއާގެ ބެންގަލޫރަށް އަށް ދަތުރުކުރި މީހަކު އެގައުމުން ހައްޔަރުކޮށްފިއެވެ.

އިންޑީއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ހެދުމުގެ ތެރޭގައި ރަން ފޮރުވައިގެން ރާއްޖެއިން އިންޑިއާ އަށް ދިޔައީ އެގައުމުގެ ކެރެލާއަށް ނިސްބަތްވާ  އުމުރުން 23 އަހަރުގެ ފިރިހެނެކެވެ. އޭނާ ދަތުރުކުރީ ގޯ ފަސްޓް ފްލައިޓްން އަންގާރަދުވަހުއެވެ.

އެމީހާ އިންޑިއާ އަށް ގަވާއިދާ ހިލާފަށް ރަން އެތެރެކުރަން އުޅުނީ ރަން  ޕޭސްޓް ފޯމަށް ބަދަލުކޮށް، އޭނާ ލައިގެން ހުރި އަންނައުނުގެތެރެއަށް ލައިގެން ކަމަށް ރިޕޯޓް ތައް ބުނެއެވެ.

އޭނާ އަތުލައިގަތީ އެ ބޯޓުން ތަދުރުކުރި އެހެން ދަތުރުވެރިޔަކަށް ޝައްކުވުމާއި ގުޅިގެން އެ މީހާގެ އެހީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލަކާއި ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެމީހާ އިންޑިއާ އަށް އެތެރެކުރަން އުޅުނު ރަނުގެ އަގު 9.9 މިލިއަން ރުޕީސް (ދެ މިލިއަން ރުފިޔާ)އަށް އަރާނެއެވެ.

އަދި މި މީހާ އަކީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މި މަހު 22 ގައި ފުރި މީހެއްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ކޮޗިން އިން އޭނާ އައީ ރާއްޖެ އަށް ކަމެއް ހާމަކޮށްފައި ނުވެއެވެ.

ޕޭސްޓް ފޯމަށް ރަން ބަދަލުކޮށް ލައިގެން އަންނައުނުގެ ބައެއްގެ ގޮތުގައި ހަދައިގެން ސިންގަޕޫރުން ރާއްޖެ އައިސް އިންޑިއާ އަށް ދިޔަ މީހަކު ވެސް މީގެ ކުރިން އެގައުމުން ހައްޔަރުކޮށްފައިވެއެވެ.  އެމީހާ އަތުލައިގަތީ ޕޭސްޓް ފޯމްގައި ހުރި ރަންތައް އޭނާ އިށީދެގެން އިން ގޮޑީގައި ތައްލުމުގެ ސަބަބުން އެ ނައްޓަން އޭނާ މަސައްކަތް ކުރިތަން އެ ފްލައިޓްން ދަތުރުކުރި އެހެން މީހަކަށް ފެނި ރިޕޯޓް ކުރުމުނެވެ.

އިންޑީއާ އަކީ މުޅި ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ރަން ގެންގުޅޭ ގައުމަށްވާއިރު އެގައުމަށް ގަވާއިދާ ހިލާފަށް ރަން އެތެރެކުރުމުގެ މައްސަލަތައް ވަރަށް ގިނައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް