ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Loading

Facebook
Twitter
WhatsApp

 

ގއ. ކޫއްޑޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވ.

ފުލުހުން ބުނީ މި ބަނގުރާ ތަކަކީ ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތައްކަމަށާ އެ ތަކެއްޗަކީ ކޫއްޑޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތައްކަމަށެވެ.

ފުލުހުން ބުނީ މި ތަކެތެއްޗަކީ އޭޕްރީލް ފަސް ވަނަ ދުވަހުން ފެށިގެން މި މަހު 21 ވަނަ ދުވަހުގެ ނިޔަ އަތުލައިގަތް ބަނގުރާ ކަމަށެވެ.

ނައްތާލާފައިވާނީ 585 ބަނގުރާ ފުޅި އާއި 201 ބިއަރު ދަޅުކަމަށް ފުލުހުން ބުނެއެވެ.

މިތަކެތި ނައްތާލާފައި ވަނީ އަންގާރަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް