ޔާމިންގެ ދައުރުގައި ދެ ފަހަރަށް ތަޅާލައި ހަދާފައިވާ ގަނޑިބުރު އަނެއްކާވެސް ހެދުމަށް ސިޓީކައުންސިލުން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

ރައީސް އަބްދުއްލާ ޔާމީންގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ތަޅާލައި ހެދި މާފަންނު ގަޑިބުރު އަނެއްކާވެސް  ހެދުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ ތެރޭގައި ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ. އެހެންނަމަވެސް އެތަނުގައި މިހާރު އެގަޑިއެއް ނެތެވެ.

ގަނޑިބުރުގެ ނަން މިހާރުވެސް އެތަނަށް ކިޔާ މާފަންނު ގަނޑިބުރު 2016ވަނަ އަހަރުގެ ފަހުކޮޅު ތަޅާލައި މަރާމާތު ކުރިއެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރުގެ ޖުލައިގައި އެތަން ތަޅާލާ އަލުން މަރާމާތުކޮށް ތަނަށް ބަދަލުތައް ގެނެސްފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މި ގަނޑިބުރު އަލުން ހެދުމަށް ނިންމާ، އަމިއްލަ ހަރަދުގައި މި ގަޑިބުރު ހަދައި ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ. ނަމަވެސް މާފަންނު ގަޑިބުރަށް ގެންނަނީ ކޮން ބަދަލެއްކަމެއް ސިޓީ ކައުންސިލަކުން ހާމައެއް ނުކުރެއެވެ.

ސިޓީ ކައުންސިލުން ބުނީ ކަނޑި ބުރު ހެދުމަށް އެދި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ހުށަހެޅޭނެ ކަމަށާ މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު މައުލޫމާތު ސެޝަނެއް ބާއްވާނެ އެވެ. އެ ސެޝަން އޮންނާނީ ކައުންސިލްގެ އިދާރާގައި އެ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް