ސަރަހައްދީ ރައްކާތެރިކަމަށް އިންޑިއާއާއުކު އެއްބަސް ވުމެއްގައި ސޮއިކޮށްފި

93

 

 

ސަރަހައްދީ ރައްކާތެރިކަމާ ސަލާމަތަށް  އިންޑިޔާއާއި އެކު ރާއްޖެއިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސް ވުމަކީ ރާއްޖެ އާއި ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމާތާއި ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތްކުރުން ފުޅާކުރުމުގެ ގޮތުން ސޮއިކުރި އެއްބަސް ވުމެއްކަމަށެވެ.

މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.
އިންޑިއާއިން ސޮއިކުރެއްވީ އެގައުމުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަ ސަފީރު ސަންޖޭ ސުދީރު އެވެ.

އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިންޑިއާގެ އެމްއާރްއައިޓީ ހިދުމަތްތައް ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެމްއާރްއައިޓީ ކޮންފޯމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެ އެވެ.

އަދި ބައިނަލް އގްވާމީ އޯގަނައިޒޭޝަނެއް ކަމަށްވާ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާއި ނުލާ ރާއްޖެއަށް އަދާކުރެވޭނެ އެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އައިއެމްއޯ އިން އެމްއާރްއައިޓީ ސިސްޓަމެއް ރައްޖޭގައި ގާއިމުކުރުންވެސް ހިމެނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގްވާމީ އައިޑެންޓިފިކޭޝަން އަދި އުޅަނދުތަކުގެ ސަލާމަތްތެރިކަން އިތުރުކޮށް މެރިޓައިމް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށެވެ.

ސޭފްޓީ ފޯ ލައިފް އެޓް ސީޒް (ސޯލާސް)ގެ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން މި ސިސްޓަމުން އައިއެމްއޯ މެމްބަރު އުޅަނދުތައް އޮތްތަނުގެ މައުލޫމާތު އެއްކޮށް، މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި އިންޑިއަން ނެޝަނަލް ޑާޓާ ސެންޓާ ފޯ އެމްއާރްއައިޓީ އިންޑިއާ ނެޝަނަލް ޑާޓާ ސެންޓަރުން ވެސް މައުލޫމާތުތައް ރާއްޖެއަށް ލިބޭނެ ކަމަށް އެއްބަސް ވުމުގައި ވެއެވެ.

އަދި  އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ޝިޕިން ކުންފުނި ތަކުގެ ވެރިން އަދި މެނޭޖަރުންނަށްވެސް ވަކިކަހަލަ މައުލޫމާތުތައް ލިބޭ ގޮތަށް ވެބްސައިޓެއް މެދުވެރިކޮށް އެ ކުންފުންޏެއްގެ އުޅަނދުތައް ވަގުތުން ރާއްޖެއަށް ބަލައިލެވޭނެ ހެން ހެދުން ވެސް މި އެއްބަސް ވުމުގެ ދަށުން ވެއެވެ.

 

ޓްރާންސް ޕޯޓް މިނިސްޓްރީން ދެކޭ ގޮތުގައި މީގެ ސަބަބުން ކުންފުނިތަކަށް އުޅަނދުތައް ވަގުތުން ވަގުތަށް ބެލެހެއްޓި ހައިޖެކްޓް ކޮށް، ނުވަތަ އެކްސިޑެންޓެއް ނުވަތަ ކާރިސާއެއް ދިމާވިޔަސް ވަގުތުން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭނެ އެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ