ރައީސް ގެންދެވި ކަމަށް ބުނާ ފައިސާ ދަބަހުގެ ވާހަކަ: ރައީސް ވިދާޅުވީ ޖަވާބު ދެއްވާނޭކަމަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަގު ބަދުނާމު އެޅިފައިވާ އަޙުމަދު އަދީބު އަތްޕުޅުން އެތައް މިލިއަން ރުފިޔާއެއް ގެންދެވިކަމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅަކު ވިދާޅުވެފައި ވަނިކޮށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވެސް ވަނީ ދާދި ފަހުން އެވާހަކަ ވިދާޅުވެފައެވެ. އަންގާރަ ދުވަހުގެ ރޭ ދަރުމަންވަންތަ ހޮސްޕިޓަލަށް ރައީސް ޞާލިޙު ވަޑައިގެން އުޅުއްވަނިކޮށް ބަޔަކު ދެންނެވި ސުއާލެއްގެ ޖަވާބުގައި ވިދާޅުވީ 35 މިލިއަން ރުފިޔާގެ ތުހުމަތަށް ޖަވާބު ދެއްވާނޭކަމަށެވެ. ރައީސް ޞާލިޙާ މެދު ތުހުމަތުކުރެވި […]

ބަރަހަނާ މަންޒަރު އާންމުކުރުމުގެ ތުހުމަތުވާ މީހާގެ ބަންދަށް 15 ދުވަސް

    ޓެލެގްރާމްގައި އާއި ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމު ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ، މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސައީދުގެ، 36، މައްޗަށެވެ. އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދިނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ޓެލެގްރާމްގައި މީހުންގެ ޒާތީ މައުލޫމާތާއި ބަރަހަނާ ފޮޓޯއާއި […]

އެމެރިކާގައި ގަސް މަދުވުމުގެ ނުރައްކާ!

    އެމެރިކާގެ ފޮރެސްޓް ސާވިސްއިން މިދިޔަ އަހަރު ނެރުނު ދިރާސާއެއްގައި ވާގޮތުން އެ ޤައުމުގެ އެކި ސަރަހައްދުތަކުން ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް 36 މިލިޔަން ގަސް މަދުވެފައި ވެއެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް އެކެއް އިންސައްތަ ދަށް ޢަދަދެކެވެ. ޔޫއެސް ފޮރެސްޓް ސާރވިސްގެ އިސް ސައިންޓިސްޓު އަދި މި ދިރާސާގެ ކޯ އޯތަރ ޑޭވިޑް ނޮވަކް ވިދާޅުވި ގޮތުގައި މިހާރެކޭ އެއްގޮތަށް ކަންކަން […]

ރާއްޖެއަށް ކަރަންޓް ސާމާނު އެތެރެކޮށް ވިއްކާ ފަރާތްތަަކަށް ތަމްރީން ޕްރޮގްރާމެއް ހިންގަނީ

  ރާއްޖެއަށް ކަރަންޓް ސާމާނު އެތެރެކޮށް ވިއްކާ ފަރާތްތަަކަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ނިންމައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން ހަކަތަ ސަމަކާރަ ތަކެތި ފާހަގަކުރުމަށް އެ  މިނިސްޓްރީން އެކުލަވާލެވިފައިވާ ހަކަތަރި ޕްރޮގްރާމަށް އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. އަންނަ މަހު ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމު އަމާޒު ކުރެވިފައިވަނީ ރާއްޖެއަށް ކަރަންޓު އާލާތްތައް އެތެރެކޮށް […]

އައްޑޫސިޓީގެ މަގުހެދުމަށް ބޭނުންވާ ސާމާނު ގެންގޮސްސި

    އައްޑޫސިޓީގެ މަގުތަށް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އިއްޔެ އެ ސިޓީއަށް ގެންގޮސްފިއެވެ. މި މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫގެ ދަށުން އައްޑޫ ސިޓީގައި 228 ހެކްޓަރުގެ ބިން ހިއްކުމާއި އެ ސިޓީގެ މަގުތައް ހެދުމަށް ވަނީ ނިންމާފައެވެ. އެގޮތުންހިތަދޫގެ ޒޯން 1 އިން 50 ހެކްޓަރ، ޒޯން 2 އިން 40 ހެކްޓަރ، ހުޅުދޫ މީދޫން 38 ހެކްޓަރ، މަރަދޫ […]

ރާއްޖެއައިސް އަނބުރާ އިޓަލީއަށް ދަތުރުކުރާ މީހުން ދެން ކަރަންޓީން ވާކަށް ނުޖެހޭނެ

  ރާއްޖެއިން އަނބުރާ އިޓަލީއަށް ދަތުރުކުރާ މީހުން ދެން ކަރަންޓީން ވާކަށް ނުޖެހޭގޮތަށް އެގައުމުން ހަދައިފިއެވެ. ރާއްޖެއިން ދަތުރުކުރާ މީހުން އިޓަލީގައި ކަރަންޓީން ވާން ނުޖެހެނީ އެ ގައުމަށް ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ”ރެޑް ލިސްޓު“ން ރާއްޖެ އުނިކޮށް އެގަމުގެ ”ގްރީން ލިސްޓަށް“ ރާއްޖެ ލުމުންނެވެ. އެގައުމުގެ ރެޑް ލިސްޓުން ނެގުމަށްފަހު ގްރީން ލިސްޓަށް ރާއްޖެ ލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރުމުން ރާއްޖެއައިސް އަނބުރާ އެ ގައުމަށްދާ […]

74 ރަށުކައުންސިލް އިދާރާ އެއްގެ އިތުރުން އަތޮޅު ކައުންސިލް އިދާރާ އަކަށް އެސްޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

  74 ރަށެއްގެ ރަށުކައުންސިލް އިދާރާ އެއްގެ އިތުރުން ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުން ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ސެކްރެޓަރީ ޖެނެރަލްއެވެ. ސެކެޓްރީ ޖެނެރަލުންގެ މަގާމަށް މުވައްޒަފުން އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިއީ މި މަގާމަށް ހުޅުވައިލި ދެ ވަނަ ފަހަރެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ ކައުންސިލް އިދާރާތަކަށް ސެކްރެޓަރީ […]

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ޖާބިރު ގޮވާލައްވައިފި

  ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވައިލައްވައިފިއެވެ. މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި  ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށްވެސް އަޅުކަންކޮށް އުޅެވޭނެ މާހައުލެއް އުފެއްދުމަށް ގޮވާލައްވާފައެވެ.   ޖާބިރު ވިދާޅުވީ  މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން […]

ކޮވިޑް19: އިތުރު 95 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 95 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 61 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 32 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 84,579 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,566 އެކްޓިވް ކޭސް ހިމެނޭއިރު 19 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]

މުއްދަތު ހަމަވެފައިވާ  ކާކުކަން އަންގައިދޭ ލިޔުންތައް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭނެ

  އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔުންތައް ބޭނުން ކުރެވޭނެ ގޮތް ހަދައިފިއެވެ. ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އޭވިއޭޝަން ސެކިއުރިޓީން ބުނީ މުއްދަތު ހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔުންތައް ބޭނުންކުރެވޭގޮތް ހެދީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެފަދަ ލލިޔެކިޔުން ހޯދުމުގައި އާންމުންނަށް ދަތިތަކެއް މެދުވެރިވާތީ ކަމަށެވެ. އެތެރޭގެ އުދުހުންތަކުގައި މުއްދަތުހަމަވެފައިވާ ކާކުކަން އަންގައިދޭ ލިޔުންތަކުގެ ގޮތުގައި ބޭނުންކުރެވޭނެ ލިޔުންތައް: ޕާސްޕޯޓް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ވާކް ވިސާ ކާޑް ލައިސަންސް ކާޑް […]