އައްޑޫސިޓީގެ މަގުހެދުމަށް ބޭނުންވާ ސާމާނު ގެންގޮސްސި

Loading

Facebook
Twitter
WhatsApp

 

 

އައްޑޫސިޓީގެ މަގުތަށް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އިއްޔެ އެ ސިޓީއަށް ގެންގޮސްފިއެވެ.

މި މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫގެ ދަށުން އައްޑޫ ސިޓީގައި 228 ހެކްޓަރުގެ ބިން ހިއްކުމާއި އެ ސިޓީގެ މަގުތައް ހެދުމަށް ވަނީ ނިންމާފައެވެ.

އެގޮތުންހިތަދޫގެ ޒޯން 1 އިން 50 ހެކްޓަރ، ޒޯން 2 އިން 40 ހެކްޓަރ، ހުޅުދޫ މީދޫން 38 ހެކްޓަރ، މަރަދޫ / މަރަދޫފޭދޫން 75 ހެކްޓަރ އަދި ރިސޯޓުތައް ތަރައްގީ ކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ  ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އެ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި  60 ކިލޯމީޓަރުގެ މަގުގައި ސިއެސްބީ ލެޔާ އެޅުމުގެ އިތރުން މަގު ބައްތި ޖެހުމާއި ހުރިހާ މަގުތަކެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައިހިމެނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް