ރައީސް ގެންދެވި ކަމަށް ބުނާ ފައިސާ ދަބަހުގެ ވާހަކަ: ރައީސް ވިދާޅުވީ ޖަވާބު ދެއްވާނޭކަމަށް

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަގު ބަދުނާމު އެޅިފައިވާ އަޙުމަދު އަދީބު އަތްޕުޅުން އެތައް މިލިއަން ރުފިޔާއެއް ގެންދެވިކަމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅަކު ވިދާޅުވެފައި ވަނިކޮށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވެސް ވަނީ ދާދި ފަހުން އެވާހަކަ ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެ ރޭ ދަރުމަންވަންތަ ހޮސްޕިޓަލަށް ރައީސް ޞާލިޙު ވަޑައިގެން އުޅުއްވަނިކޮށް ބަޔަކު ދެންނެވި ސުއާލެއްގެ ޖަވާބުގައި ވިދާޅުވީ 35 މިލިއަން ރުފިޔާގެ ތުހުމަތަށް ޖަވާބު ދެއްވާނޭކަމަށެވެ.

ރައީސް ޞާލިޙާ މެދު ތުހުމަތުކުރެވި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަޔަކު ސުވާލު ދަންނަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި އާންމުންގެ ބަޔަކު ރައީސަށް ސުއާލު ދަންނަވަން ބޭނުންވާ ކަމަށާއި ގިނަ ތުހުމަތުތަކެއް އެމަނިކުފާނާ ބެހޭ ގޮތުން ކުރެވެމުންދާ ކަމަށް ދަންނަވާފައިވެއެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ އެއަށް ޖަވާބު ދެއްވާނޭ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރު ސުވާލުތަކެއް ދަންނަވަން އުޅުމުން ރައީސް ވަނީ ”މި ގަޑިއަކު ނޫން ދޯ“ ކަމަށް ވިދާޅުވެ ބައެއް މީހުންނާ ސަލާމް ކުރެއްވުމަށް ފަހު ކާރުކޮޅަށް އަރާވަޑައިގެންފައެވެ.

ރައީސް ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތު އެ ސަރަހައްދުގައި ތިބި ބައެއް މީހުން ވަނީ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލެއްވުމަށް ވެސް ގޮވާލާފައެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވަނީ ރައީސް ޞާލިޙު ކަޅު ދަބަހެއްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ރެހެންދި ފްލެޓުން ގެންދެވިކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ޢަލީ ވަޙީދު ވިދާޅުވި ގޮތުގައި އެއީ އަޙުމަދު އަދީބު އަތްޕުޅުން ގެންދެވި ފައިސާތަކެކެވެ.

ވަރަށް ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ރައީސް ޞާލިޙަށް ތުހުމަތުކޮށް ދެކެވެމުންދާ ކޮރަޕްޝަންގެ ވާހަކަތަކަށް ސަރުކާރުން ޖަވާބެއް ނުދީ ހިމޭނުން ތިބޭތާ މިހާރު މާގިނަ ދުވަސް ވެއްޖެއެވެ.

 

Loading

One Response

  1. އެމްޑީޕީގެ ޕާލިމެންޓް ގުރޫޕް ލީޑަރ އާޒިމްވެސް ބުނީ އަދި ފަހުން އެ އުފުލި ދިޔާ އަދި ހިކިއެއްޗިދި ކަޅުދަބަހުގެ ވާހަކަ ބުނެދޭނަމޯ؟ މިވެރިންގެ ޙާލުދޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް