ރާއްޖެއައިސް އަނބުރާ އިޓަލީއަށް ދަތުރުކުރާ މީހުން ދެން ކަރަންޓީން ވާކަށް ނުޖެހޭނެ

Loading

Facebook
Twitter
WhatsApp

 

ރާއްޖެއިން އަނބުރާ އިޓަލީއަށް ދަތުރުކުރާ މީހުން ދެން ކަރަންޓީން ވާކަށް ނުޖެހޭގޮތަށް އެގައުމުން ހަދައިފިއެވެ.

ރާއްޖެއިން ދަތުރުކުރާ މީހުން އިޓަލީގައި ކަރަންޓީން ވާން ނުޖެހެނީ އެ ގައުމަށް ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ”ރެޑް ލިސްޓު“ން ރާއްޖެ އުނިކޮށް އެގަމުގެ ”ގްރީން ލިސްޓަށް“ ރާއްޖެ ލުމުންނެވެ.

އެގައުމުގެ ރެޑް ލިސްޓުން ނެގުމަށްފަހު ގްރީން ލިސްޓަށް ރާއްޖެ ލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރުމުން ރާއްޖެއައިސް އަނބުރާ އެ ގައުމަށްދާ މީހުން ކަރަންޓީންވާން ނުޖެހޭނެއެވެ.

ރާއްޖޭގެ އިތުރުން އެހެން 7 ގައުމެއްވެސް ވަނީ އިޓަލީގެ ގްރީން ލިސްޓަށް ލާފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭސް، މިސްރު، ކެންޔާ، އޮމާން، ޕާކިސްތާން، ސްރީލަންކާ، އަދި ތުރުކީއެވެ.
އިޓަލީގެ ރެޑް ލިސްޓުގައި މިހާރު އޮތީ 54 ގައުމެކެވެ. މި ބަދަލާއެކު ފާއިތުވި ދެ އަހަރާ ބަލާއިރު އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ގިނަވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
2019 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 136343 ފަތުރުވެރިން އައިސްފައި ވާއިރު މިދިޔަ އަހަރު އެގައުމުން ރާއްޖެއަށް 45169 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި  މިއަހަރުގެ މިހާތަނަށް އެގައުމުން 7205 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް