ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މަށް ޗަށް ދައުވާ ކޮށްފި އެވެ.
މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފައިވަނީ މއ. ރެސްޓިންހައުސް، މުހައްމަދު އިނާދުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ. މި އިންޒާރާ ގުޅިގެން އިންޑިއާ ހައިކޮމިޝަން ހުންނަ ސަރައްދުގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ސޯޝަލް މީޑިއާގައި އަދި އެ ނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމަކީ ޖިނާއީ ކުށެކެވެ. ފުލުހުން ބުނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.
One Response
ތިފަދަ ގިނަ މީހުން ގިނަވާނީ ހަމަ މިހާރުގެ އެމްޑީޕީގައެވެ. އެހެންތާއޭ ވާނީވެސް އެމީހުންގެ ލީޑަރުންނަކީވެސް އެފަދަ ހަރުކަށި މިޒާޖުގެ އަަދި ހަރުކަށި މީހުންވިއްޔާއެވެ. އެމްޑީޕީ ރިޕޯމްވާން އެބެޖެހެއެވެ.