އަފުޣާނިސްތާނުގައި ޓެރަރިސްޓް ޖަމާޢަތްތައް އުފައްދައި ހިންގުމުގައި އިންޑިޔާގެ ދައުރު ވަރަށް ބޮޑު

Loading

Facebook
Twitter
WhatsApp

އަފުޣާނިސްތާނުގައި އައިއެސްއެސް ފަދަ ޓެރަރިސްޓް ޖަމާޢަތްތައް އުފައްދައި ހިންގުމުގައި އިންޑިޔާގެ ދައުރު ވަރަށް ބޮޑުކަން ހާމަވަމުން އެބަދެއެވެ.

އިންޑިއަން އިންޓެލިޖަންސް އޭޖެންސީ، ރިސާރޗް އެންޑް ވިންގް (ރޯ) އަކީ އަފްޣާނިސްތާނުގެ އިންޓެލިޖަންސް އޭޖެންސީއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ތަނެކެވެ. އަފްޣާނިސްތާނުގެ އިންޓެލިޖެންސް އެސޯސިއޭޝަން އިން ވަނީ ޕާކިސްތާނާ ބެހޭ މުހިންމު މައުލޫމާތު ރޯއަށް ހިއްސާ ކޮށްފައެވެ. މިދެ އޭޖެންސީ އާއި ސޮވިއެޓް ކޭޖީބީ ގެ މެދުގައި 1980ގެ އަހަރުތަކުގެ ތެރޭގައި ވެވުނު އެއްބަސްވުމެއްގެ ސަބަބުން މި ދެ އެޖެންސީގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ.

އޯގަސްޓް 3، 2020 ގައި ރޯ އިން ނެރުނު އިންޑިއާ ކަވާޓް އޮޕަރޭޝަންސް ނަމަކަށް ކިޔާ ފޮތުގައި ހާމަކޮށްފައިވާ ގޮތުގައި ރޯ އިން ވަނީ ޠާލިބާނުންނާ ދެކޮޅަށް އެމެރިކާއާއެކީ މަސައްކަތް ކުރާނެ ތިން ފަރާތެއް ހޯދާފައެވެ.

ޠާލިބާނުންގެ ސަރުކާރު 2001 ވަނަ އަހަރު ވައްޓާލުމާއެކު ކާބުލްގައި އައު ސަރުކާރެއް ބިނާކޮށް ނޯތު އެލައަންސްގެ ބައިވެރިންނަށް މަތީ މަގާމުތައް ސަރުކާރުގައި ދެވުނެވެ. މީގެ ސަބަބުން އިންޑިއާގެ ނުފޫޒު އަފްޣާނިސްތާނުގައި އިތުރަށް ވަރުގަދަވިއެވެ. އިންޑިއާއިން އަންނަނީ 2002 ވަނަ އަހަރު ފެށުނީއްސުރެ އަފްޣާނިސްތާނުގެ އަމާންކަން ގެއްލޭފަދަ ބޮޑު ރޯލެއް ކުޅެމުންނެވެ.

އިންޑިއާގެ ދިފާއީ ބާރުތަކުންވަނީ އަފްޣާނިސްތާނުގައި ގިނަ އަދަދެއްގެ ސިފައިންނާއި ޕޮލިހުން ތަމްރީނު ކޮށްފައެވެ. އަދި މީގެ އިތުރުން އިންޑިއާއިން ވަނީ ތިން ބިލިއަން ޑޮލަރު އިޖްތިމާއީ ކުރިއެރުމުގެ ނަމުގައި ހަދިޔާ ކޮށްފައެވެ. ނަމަވެސް މި އަދަދުގެ ބޮޑުބައި ޚަރަދުކޮށްފައިވަނީ އަފްޣާނިސްތާނުގައި ކުރިއަށްދާ ހަނގުރާމައަށެވެ. މިގޮތުން 285 މިލިޓަރީ އުޅަނދު، 491 ހަތިޔާރު، 20 ޓޭންކު އަދި އަށް ހެލިކޮޕްޓަރު އަފްޣާނިސްތާނަށް ފޯރުކޮށްދީފައި ވެއެވެ.

އަދި މީގެއިތުރުން އިންޑިއާއިންވަނީ ކަބުލްއާއި އެހެނިހެން ސަރަހައްދު ތަކުގައި އެމްބަސީތަކާއި ސިޔާސީ އޮފީސަތައް ހުޅުވާފައެވެ. އަދި މި އެމްބަސީތަކުން ތާލިބާނުންނާބެހޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވެއެވެ. މިއެމްބަސީތަކުން ވަނީ ތަހްރީކް ޠާލިބާން ޕާކިސްތާން އަދި ދާއިޝް ފަދަ ޓެރަރިސްޓް އޯގަނައިޒޭޝަންތައް ވެސް އުފައްދާފައެވެ.

ސިރިއާއަށް އިންޑިޔާއިން ކަޑައަޅަފައިވާ އެމްބެސެޑަރ ވިދާޅުވި ގޮތުގައި އައިއެސްއެސް އާ ބެހޭ މައުލޫމާތު އިންޑިއާއަށް ހިއްސާކުރުމާއެކު 2014 ވަނަ އަހަރުގެ ފަހުކޮޅު އިންޑިއާގެ ދިފާއި ނިޒާމުގެ އެޑްވައިޒަރ ވަނީ ސިރިއާއަށް ދަތުރު ކޮށްފައެވެ. އަދި މި ދަތުރުގައި އައިއެސްއެސްގެ ލީޑަރުންނާއި ބައްދަލު ކޮށްފައިވާކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އެއަށްފަހު 2015 ވަނަ އަހަރު އައިއެސްއެސް ވަނީ އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުތަކަށް ވެރިވެގެންފައެވެ.

އިންޑިއާއިން މިފަދަ ޓެރަރިސްޓް ޖަމާއަތްތައް އުފެއްދުމުގެ މައިގަނޑު މަގުސަދެއް ކަމުގައި ބެލެވެނީ ޕާކިސްތާނާ މެދު ރުޅިވެރިކަން އުފެއްދުމެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތްތައް އަފްޣާނިސްތާނުގައި ބާރުވެރި ކުރުވިކަމުގެ ހެކިތައް ހުރުމުގެ ސަބަބުން އިންޑިއާގެ ނެޝަނަލް ޑިފެންސް އެޑްވައިޒަރ އިންސާނިއްޔަތާ ޚިލާފު ކުށްތައް ބަލާ ބައިނަލްއަގުވާމީ ކޯޓަށް ހާޒިރު ކުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

 

 

 

 

 

Loading

One Response

  1. ކަލޭމެން ކުދިންކޮޅުދެކެ އިންޑިއާގެ ރޯ ރުޅިގަދަވާކަހަލަ އެއްޗެއް ތިލިޔުނީ. ތެދެއްނަމަވެސް ތިކަމާ މިހާރުގެ މިދައުލަތުގެ ބޮޑުންވެސް ކަންބޮޑުވާނެ. ޓެރަރިސްޓަކަށްވާނީ ހަމަކަނި އެމެރިކާއިން އިއުލާނުކުރީމާކަމުގައި މިވެރިންވެސް ހީކުރެއެވެ. އެމެރިކާ ވެރިންނަށް ފަލަސްތީނަކީވެސް ޓެރެރިސްޓުންގެ ޖަގަހައެއެ އެހެނަސް ހެއްވަނީ ފަލަސްތީނުގެ ބިން ފޭރިގަނެ އަބަދުމެ ފަލަސްތީނުގެ ރައްޔަތުން މަރަމުންދާ ޔަހޫދީން ނަކީ ޓެރެރިސްޓުންނެއް ނޫން! ވީމާ ތިބާގެ ޓެރެރިސްޓަކީ އެއުރެންގެ ޓެރެރިސްޓަކަށް ނުވެނުދާންވީ ސަބަބުކޮބައިތޯއެވެ. އަޑުގަދަމީހާ ރުށްގިނަވާ އުސޫލުން ބާރުގަދަމީހާ ކޮންމެފަދަ ޙަމަލައެއްދީ އެހެން ގައުމުތަކަށް އައިސް އެގަމެއްގެ މީހުން މިލިޔަނުން މެރިޔަސް ހެޔޮދޯއެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް