މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޖީ 20 ގެ ގައުމުތަކަށް

ޖީ 20 ގެ ގައުމުތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އިގުތިސާދީ ގޮތުން އެންމެ ބާރުގަދަ 20 ގައުމަށް ދެވިފައިވާ ނަމެކެވެ. މިއަހަރު ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޯޕް 26 ) ގައި ގިނަ ގައުމުތަކުން ފާހަގަކޮށްފައިވާ ގޮތުގައި މޫސުން ބަދަލުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުން އެކަމުގެ އަސަރު ކުރާނީ ދިވެހި ރާއްޖެއާއި ޓުވަލޫ ފަދަ ކުދި ގައުމުތަކަށް އެކަންޏެއް ނޫނެވެ. ޓޯކިޔޯ، ބްރަސެލްސް އަދި ނިއުޔޯކް ފަދަ ދުނިޔޭގެ އިގުތިސާދުގެ ބޮޑު […]

ތައިލެންޑަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އުފާވެރި ޚަބަރެއް

ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓީނު ވުމަކާއި ނުލައި ތައިލޭންޑަށް އެތެރެ ވުމުގެ ހުއްދަ މިހާރު ވަނީ ތައިލޭންޑުގެ ސަރުކާރުން ދީފައެވެ. މިކަން އިއުލާނު ކުރައްވާފައިވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އެ ގައުމުގެ އޮޕެރޭޝަންސް ސެންޓާގެ ސެކްރެޓެރީ، ތާނީ ތޮގްފަޑިކީއެވެ. މިކަމާ ގުޅިގެން ނެރެފައިވާ އިއުލާނުގައި ކޮރޯނާ ވައިރަހުގެ ހާލަތާއި ގައުމު ގެ އިގްތިސާދީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ގައުމުގެ ބޯޑަރުތައް އަލުން ހުޅުވާލަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. މިގޮތުން 63 ގައުމެއް ހިމެނޭ ލިސްޓެއް […]

ތައިވާންގެ ސަރަހައްދަށް އެމެރިކާ އަދި ކެނެޑާގެ މަނަވަރުތައް ވަނުމުން ޗައިނާއިން ނުރުހުން ފާޅުކޮށްފި

ތައިވާނާއި ޗައިނާގެ މެދުގައި އޮންނަ ތައިވާން ސްޓްރެއިޓްގެ ތެރެއިން އެމެރިކާ އަދި ކެނެޑާގެ ހަނނގުރާމަ މަތީ އުޅަނދުތަކެއް ފާއިތުވި ހަފުތާގައި ދަތުރުކުރުމާ ގުޅިގެން ޗައިނާގެ ޢަސްކަރިއްޔާއިން އެކަން ކުށްވެރި ކޮށްފިއެވެ. ޗައިނާއިން ބުނި ގޮތުގައި އެމެރިކާއިން ދަނީ ސަރަހައްދުގެ އަމާންކަން ނަގާލުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ޕީޕްލްސް ލިބަރޭޝަން އާމީގެ އީސްޓަން ތިއަޓާގެ ކޮމާންޑުން ބުނި ގޮތުގައި، ޗައިނާގެ ޢަސްކަރިއްޔާއިން ވަނީ އެ ދެ އުޅަނދު ތައިވާން ސަރަހައްދުން ކުރި ދަތުރު ނިމެންދެން މޮނިޓާ ކޮށްފައެވެ. ”އެމެރިކާ […]

މެލޭޝިޔާއިން ކަރަންޓީން މުއްދަތަށް ބަދަލުތަކެއް ގެންނަނީ

ކްލޯސް ކޮންޓެކްޓުންނާއި ފަތުރުވެރިން ކަރަންޓީން ވާންޖެހޭ މުއްދަތު އަންނަ ހޯމަ ދުވަހުން ފެށިގެން ކުޑަކުރުމަށް ނިންމާފައިވާ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. ކްލޯސް ކޮންޓެކްޓުން ދެން ކަރަންޓީން ވާންޖެހޭނީ އެންމެ ހަތް ދުވަހަށެވެ. ވެކްސިންގެ އެއްޑޯޒް ޖަހާފައިވާ ފަރާތްތަކާއި ވެކްސިން ޖަހާފައިނުވާ ފަރާތްތައް ކަރަންޓީން ވާންޖެހޭނީ 10 ދުވަހަށެވެ. އަދި ބޭރުން އަންނަ ފަތުރުވެރިން ކަރަންޓީން ވާންޖެހޭނީ އަންނަ ދުވަހުން ފެށިގެން 7 ދުވަހަށެވެ. މީގެ އިތުރުން ވެކްސިން ނުޖަހާ ނުވަތަ ވެކްސިންގެ އެއްޑޯޒް ޖަހާފައިވާ ފަތުރުވެރިން […]

އެއާރ އޭޝިޔާގެ ދަތުރުތައް އަންނަ ހަފުތާގައި އަލުން ރާއްޖެއަށް ފަށަނީ

ގައުމުގެ އެތެރޭގެ ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ހުރަސްތައް މެލޭޝިޔާއިން ލުއިކުރުމާއި ގުޅިގެން އެއާއޭޝިއާގެ އުންމީދުތައް ވަނީ އައުވެފައެވެ. މިލުއިތަކާއެކު ބައިނަލްއަގުވާމީ ދަތުރުތައްވެސް ވީހާވެސް އަވަހަށް އަލުން ފެއްޓުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އެއާއޭޝިއާގެ ޕްރެޒިޑެންޓް ފޯ އެއަރލައިން އޮޕަރޭޝަން، ބޮ ލިންގަމް ވިދާޅުވެފައިވާ ގޮތުގައި މެލޭޝިޔާގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްދަ ކުރުމާއި ގުޅިގެން އެ ކުންފުންޏަށް ވަނީ އިތުރު ހިތްހަމަ ޖެހުން ލިބިފައެވެ. ސަރުކާރުން މިހެން ނިންމުމާއި ގުޅިގެން އެ ކުންފުނީގައި މަސައްކަތް ކުރާ ފަރާތްތަކުގެ […]

މެލޭޝިޔާގެ ބޯޑަރުތައް ހުޅުވާލައިފި

މެލޭޝިޔާގެ ބޮޑުވަޒީރު، އިސްމާއީލް ސަބްރީ ޔައުގޫބު ވިދާޅުވި ގޮތުގައި އެ ގައުމުގެ ޖުމްލަ އާބާދީގެ 90 އިންސައްތަ މީހުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އެހެންކަމުން ގައުމުގެ ބޯޑަރުތައް ހުޅުވާލައި އެހެން ގައުމުތަކަށް ދަތުރުފަތުރުގެ ފުރުސަތު މިހާރުވަނީ ފަހިކޮށްފައެވެ. މި އަހަރުގެ ޖެނުއަރީ މަހު އެ ގައުމުގެ ބޯޑަރުތައް ބަންދުކުރުމަށްފަހު ދަތުރުފަތުރުކުރުމުގެ ހުއްދަ ސަރުކާރުން ދިނީ އަދިކިރިޔާއެވެ. މީގެ ކުރިން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކުގައި އެކަންޏެވެ. އަދި އެއީވެސް ފުލުހުންގެ ހާއްސަ ހުއްދައަކާ އެކުގައެވެ. […]

ޓާޓާއިން 68 އަހަރު ފަހުން އެއާ އިންޑިއާ ގަނެފި

އެއާ އިންޑިއާ 68 އަހަރު ފަހުން ޓަޓާ އިން ގަނެ ވައިގެ ދަތުރުފަތުރުގެ ތެރެއަށް ފުޅާ ދާއިރާއެއްގައި ވަނުމަށް ތައްޔާރުވާން ފަށައިފިއެވެ. ޓާޓާއިން 18000₹ ކްރޯ ދެއްކުމަށްފަހު އެއާ އިންޑިއާ ބިޑް ކާމިޔާބު ކޮށްފައި ވަނީ ޓަޓާ ސަންސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓަލަސްއެވެ. މި ބިޑް ކާމިޔާބު ކުރުމާ އެކު އެއާއިންޑިއާގެ 100% ސްޓޭކްސް ޓަޓާއަށް ލިބުމުގެ އިތުރުން އެއާ އިންޑިއާގެ ބައެއް ކަމަށްވާ އެއާ އިންޑިއާ އެކްސްޕްރެސްގެ 100% ސްޓޭކްސް ވެސް ޓަޓާސްއަށް ލިބޭނެއެވެ. […]

މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރުގެ ޚިޔާނާތުގެ މައްސަލަ: ކުރިޔަށް ގެންދިޔުމަށް ކޯޓުން ނިންމައިފި

މެލޭޝިއާގެ ކުރީގެ ނައިބް ރައީސް ނަޖީބް ރައްޒާގަށާއި އޭނާގެ އަނބިކަބަލުން ރޮސްމާ މަންސޫރުގެ އިތުރުން ދެ ކުންފުންޏަކަށް ދޫކޮށްފައިވާ 676 މިލިއަން ރިންގިޓް ދޫކޮށްފައިވަނީ މެލޭޝިއާއަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ޖައިކިޝާންއެވެ. މިފައިސާ ދީފައި ވަނީ ޖައިކިޝަންއާއި އެ ފަރާތްތަކާ އެކު ހެދިފައިވާ ޕްރޮޕަޓީ ޑީލެއްގެ ސަބަބުން ޖައިކިޝަންގެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާތީއެވެ. މި ނިންމުން ނިންމާފައި ވަނީ ހަނިޕަ ފަރިކުﷲގެ ބެލުމުގެ ދަށުން ތިން ފަނޑިޔާރުންގެ ބެންޗަކުން ކަންހިނގާފައިވާ ގޮތް ފުންކޮށް […]

ގުރަހައެއް ވަރުގެ ކޮމެޓެއް ސޯލާ ސިސްޓަމާ ދިމާއަށް އަންނަކަން ފާހަގަ ކުރެވިއްޖެ

ކުރިން ގުރަހައެއް ކަމަށް ލަފާ ކުރި ކޮމެޓެއް ކުރިއަށް އޮތް 10 އަހަރު ތެރޭގައި އަޅުގަނޑުމެންގެ ސޯލާ ސިސްޓަމާއި ހަމައަށް ފޯރާނެ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. ފަސްދޮޅަސް މޭލާއި 120 މޭލު ބޮޑު މި ކޮމެޓަށް ދެވިފައިވާ ނަމަކީ ބާރނާރޑިނެއްލީ-ބާރންސްޓައިން ކޮމެޓްއެވެ. މި ކޮމެޓަކީ އާދައިގެ ކޮމެޓްތަކަށްވުރެ 1000ގުނަ ބޮޑު ކޮމެޓެކެވެ. ޖޫން މަހު އޭތި ފެނުމާ ގުޅީގެން ގިނަ އެސްޓްރޮނަމަރުން ބުނާ ގޮތުގައި އެ ކޮމެޓަކީ މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ކޮމެޓެވެ. މި ކޮމެޓްގެ […]

ގިނަ އަދަދެއްގެ މީހުން މެރިކަމަށް އެއްބަސްވި ފުލުސް މީހާ އަމިއްލައަށް މަރުވެއްޖެ

ފްރާންސްގެ ޕޮލިސް އޮފިސަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި މީހަކު އަމިއްލައަށް މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓުއްގައި ގިނަ އަދަދެއްގެ މީހުން މެރިކަމަށް އިއުތިރާފު ވެއްޖެއެވެ. އޭނާގެ މިއިއުތިރާފާ ގުޅިގެން މިހާރު ލަފާކުރެވިފައިވަނީ އެކިމަރުތަކާ ގުޅިގެން ވޭތުވެ ދިޔަ 35 އަހަރު ވަންދެން ހޯދަމުން އައި ގާތިލު ހޯދުނީ ކަމަށެވެ. ބުދަ ދުވަހު ފްރާންސްގެ ލެ ގްރައު-ޑެ-ރޮއިގެ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު މި މީހާއަކީ ފްރާންސިސް ވެރޮވް ކަމަށް ފްރާންސްގެ މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ. މި […]