މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރުގެ ޚިޔާނާތުގެ މައްސަލަ: ކުރިޔަށް ގެންދިޔުމަށް ކޯޓުން ނިންމައިފި

Loading

Facebook
Twitter
WhatsApp

މެލޭޝިއާގެ ކުރީގެ ނައިބް ރައީސް ނަޖީބް ރައްޒާގަށާއި އޭނާގެ އަނބިކަބަލުން ރޮސްމާ މަންސޫރުގެ އިތުރުން ދެ ކުންފުންޏަކަށް ދޫކޮށްފައިވާ 676 މިލިއަން ރިންގިޓް ދޫކޮށްފައިވަނީ މެލޭޝިއާއަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ޖައިކިޝާންއެވެ. މިފައިސާ ދީފައި ވަނީ ޖައިކިޝަންއާއި އެ ފަރާތްތަކާ އެކު ހެދިފައިވާ ޕްރޮޕަޓީ ޑީލެއްގެ ސަބަބުން ޖައިކިޝަންގެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާތީއެވެ.

މި ނިންމުން ނިންމާފައި ވަނީ ހަނިޕަ ފަރިކުﷲގެ ބެލުމުގެ ދަށުން ތިން ފަނޑިޔާރުންގެ ބެންޗަކުން ކަންހިނގާފައިވާ ގޮތް ފުންކޮށް ދިރާސާކޮށް ހާލަތާއި ގެއްލުންތައް ބެލުމަށްފަހުގައެވެ.

ނަޖިބާއި ރޮސްމާ ކިތަންމެ މަސައްކަތެއް ކުރެއްވިކަމުގައިވިޔަސް ދީޕަކް ކޮށްފައިވާ ދައުވާ ތަކާ ދެކޮޅު ނެހެދޭނެކަމަށް ހަނިޕަ ބުނެފައިވެއެވެ.

އޮކްޓޯބަރު 12، 2018 ގައި ދީޕަކް ހުށަހަޅާފައިވާ މި މައްސަލައިގައި އޭނާ ވަނީ ނަޖީބާއި ރޮސްމާ އެމީހުންގެ ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ކޮންސްޕިރަސީ އަދި ފްރޯޑްގެ ސަބަބުން އޭނާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ތުހުމަތު ކޮށްފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި ތިން ބިމެއް ގަތުމަށް އޭނާ ވަނީ އެވަން މެގާގެ ޑައިރެކްޓަރު ރާޖާ ޢަބްދުއްﷲއާ އެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. އަދި ޑިޕޮސިޓްގެ ގޮތުގައި 13 މިލިއަން ރިންގިޓް އޭނާ ފޮނުވުމުގެ އިތުރުން ކުވައިތު ފައިނޭންސް ހައިސް މެދުވެރިކޮށް 72.5 މިލިއަން ލޭންޑް ބޮންޑްގެ ގޮތުގައި އޭނާ ވަނީ މެލޭޝީއާ ސަރުކާރަށް ދައްކާފައެވެ. ނަމަވެސް އެވަން މެގައިން ވަނީ ބިންތައް ދިނުމަށް ދެކޮޅުހަދާފައެވެ.

ދީޕަކް ބުނެފައިވާ ގޮތުގައި މިހެން ދިމާވީ ނާޖިބާއި ރޮސްމާ ނުފޫޒު ފޯރުމުގެ ސަބަބުންނެވެ. މިހެން ދިމާވުމުގެ ސަބަބުން ޑީޕަކް ވަނީ އޭނާގެ ޝެއަރސްގެ 80% ބައިސްޓެޑް ހޯލްޑިންގްސްއަށް ވިއްކުމަށް މަޖުބޫރުވެފައެވެ.

 

Loading

One Response

  1. ހަމަ ހުސް ވަގުން ދޯ؟ ހާދަ ދެރައޭ ގިނަ އިސްލާމީ ގައުމުތަކަށްވެސް މި ނުލަފާ ވަބާ ޖެހިފައިވާތީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް