މެލޭޝިޔާގެ ބޯޑަރުތައް ހުޅުވާލައިފި

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
މެލޭޝިޔާގެ ބޯޑަރުތައް ހުޅުވާލައިފި

މެލޭޝިޔާގެ ބޮޑުވަޒީރު، އިސްމާއީލް ސަބްރީ ޔައުގޫބު ވިދާޅުވި ގޮތުގައި އެ ގައުމުގެ ޖުމްލަ އާބާދީގެ 90 އިންސައްތަ މީހުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އެހެންކަމުން ގައުމުގެ ބޯޑަރުތައް ހުޅުވާލައި އެހެން ގައުމުތަކަށް ދަތުރުފަތުރުގެ ފުރުސަތު މިހާރުވަނީ ފަހިކޮށްފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެ ގައުމުގެ ބޯޑަރުތައް ބަންދުކުރުމަށްފަހު ދަތުރުފަތުރުކުރުމުގެ ހުއްދަ ސަރުކާރުން ދިނީ އަދިކިރިޔާއެވެ. މީގެ ކުރިން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކުގައި އެކަންޏެވެ. އަދި އެއީވެސް ފުލުހުންގެ ހާއްސަ ހުއްދައަކާ އެކުގައެވެ. ބޯޑަރުތައް ހުޅުވާލިކަމުގެ އުފާވެރި ޚަބަރު ދެއްވަމުން ބޮޑުވަޒީރު ވަނީ ރައްޔިތުން ޗުއްޓީހަދައި އާއިލާތަކަށް ޒިޔާރަތްކުރުމަށް ބާރުއަޅުއްވާފައެވެ. ނަމަވެސް އަދިވެސް ސަލާމަތީ ފިޔަވަޅުތަކަށް ހުރުމަތްތެރިކޮށް ހިތައި ގަވައިދުތަކަށް ތަބާވުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ބޯޑަރުތައް ހުޅުވާލުމާއެކު ދަތުރުފަތުރު ކުރެވޭނީ ހަމައެކަނި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުންނަށެވެ. އަދި އެ ގައުމަށް ބޭރު ގައުމުތަކުން މީހުން އެތެރެވުމުގެ ހުއްދަ މުޅިއަކުން އަދި ދެއްވާފައެއް ނުވެއެވެ. ހުއްދަ ދެއްވާފައި ވަނީ ހަމައެކަނި މެލޭޝިޔާގައި ތިބި ވެކްސިން ފުރިހަމަކޮށްފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހެން ގައުމުތަކަށް ދަތުރުކުރުމަށެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި މުސްތަގުބަލްގައި ފައްސިވާ މީހުންގެ އަދަދު އިތުރުވިޔަސް މުޅި ގައުމު އެއްކޮށް ލޮކްޑައުން ކުރާކަށް ގަސްތެއް ނުކުރައްވައެވެ. މިސާލަކަސް ލަންކަވީގައި ހުރި ހޮޓަލައަކުން ކްލަސްޓާއެއް ފެނުނަސް މުޅި އެ ސަރަހައްދު ލޮކްޑައުންއަކަށް ދާކަށް ނުޖެހޭނެކަމަށް އިސްމާއީލް ސަބްރީ ވަނީ ވިދާޅުވެފައެވެ. ހޮޓެލްގެ މީހުން އައިސޮލޭޓްކޮށް ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމުން ނިމުނީއެވެ. އެހެންކަމުން ނިއު ނޯމަލް އަކަށް ރުޖޫއަވެ ދިރިއުޅުމުގެ ހުރިހައި ކަމެއްވެސް އާދައިގެ މަތިން ކުރިއަށް ގެންދިޔުމަށް ބޮޑުވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

 

 

 

 

One Response

ފަހުގެ އަޕްޑޭޓް