ޓާޓާއިން 68 އަހަރު ފަހުން އެއާ އިންޑިއާ ގަނެފި

Loading

Facebook
Twitter
WhatsApp

އެއާ އިންޑިއާ 68 އަހަރު ފަހުން ޓަޓާ އިން ގަނެ ވައިގެ ދަތުރުފަތުރުގެ ތެރެއަށް ފުޅާ ދާއިރާއެއްގައި ވަނުމަށް ތައްޔާރުވާން ފަށައިފިއެވެ.

ޓާޓާއިން 18000₹ ކްރޯ ދެއްކުމަށްފަހު އެއާ އިންޑިއާ ބިޑް ކާމިޔާބު ކޮށްފައި ވަނީ ޓަޓާ ސަންސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓަލަސްއެވެ.

މި ބިޑް ކާމިޔާބު ކުރުމާ އެކު އެއާއިންޑިއާގެ 100% ސްޓޭކްސް ޓަޓާއަށް ލިބުމުގެ އިތުރުން އެއާ އިންޑިއާގެ ބައެއް ކަމަށްވާ އެއާ އިންޑިއާ އެކްސްޕްރެސްގެ 100% ސްޓޭކްސް ވެސް ޓަޓާސްއަށް ލިބޭނެއެވެ. އަދި އެއާ އިންޑިއާގެ އެއްގަމު ދަތުރު ފަތުރާ ގުޅޭ އެއާ އިންޑިއާ ސެޓްސްގެ 50% ސްޓޭކްސް ވެސް ޓަޓާސްއަށް ލިބިގެން ދާނެއެވެ. މީގެ އިތުރުން 141 މަތިންދާ ބޯޓުގެ އިތުރުން 173 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތުވެސް އެއާ އިންޑިއާއަށް ލިބިގެން ދާނެއެވެ. މި 173 މިންޒިލުގެ ތެރޭގައި 55 ބައިނަލްއަގްވާމީ މަންޒިލްވެސް ހިމެނެއެވެ. މީގެ އިތުރުން މަޝްހޫރު ކުންފުނިތައް ކަމަށްވާ އިންޑިއަން އެއާލައިންސް އަދި މަހާރާޖް ފަދަ ކުންފުނިތަކުގެ އޯނާޝިޕްވެސް ޓަޓާއަށް ލިބިގެންދާނެއެވެ.

ބިޑް ކާމިޔާބު ކުރި ފަރާތް ނިންމަވާފައި ވަނީ އޮކްޓޯބަރު 4ގައި ބޭއްވި މިނިސްޓަރުންގެ ބައްދަލުވުމަކުންނެވެ. މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ހޯމް މިނިސްޓަރު އަމިތު ޝާހްއެވެ.

އިންޑިއާ ސަރުކާރުގެ އަމާޒަކީ އެއާ އިންޑިއާއާ ބެހޭ ހުރިހާ ޓްރާންސެކްޝަން ތަކެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ނިންމުމަށްފަހު ޝެއާތަކާއި އެއާލައިން ޓަޓާއާ ހަވާލުކުރުމަށެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އެއާ އިންޑިއާ ގަތުމަށް ޓާޓާއިން ހޭދަ ކުރާ ފައިސާގެ އެއްބަޔަކީ އެއާ އިންޑިއާގެ ދަރަނި އަދާ ކުރުމަށް ދޭ އެއްޗެކެވެ. އަނެއްބައި ދޭނީ ސަރުކާރަށެވެ.

ޖޭއާރުޑީ ޓާޓާގެ ބެލުމުގެ ދަށުން އުފެއްދި އަމިއްލަ އެއާލައިނަކީ ފާހަގަކުރެވޭ އެއާލައިނެކެވެ. ފަހުން އެ އެއާލައިން އިންޑިއާ ސަރުކާރުން ގަނެ ހިންގަން ފެށީއެވެ. ނަމަވެސް ފައިދާ ހުރި ކުންފުންޏެއްގެ ގޮތުގައި ނުހިންގި ދަރަނިވެރިވުމުން އެއާ ލައިން ވިއްކާލީއެވެ.

ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކުރިޔަށް އޮތް ތާނގައި ފައިދާ ވާ އެއާ ލައިނެއްގެ ގޮތުގައި އެއާ އިންޑިއާ ހިންގިދާނެއެވެ.

”ޖޭއާރުޑީ މިއަދު އަހަރުމެންގެ ތެރޭގައި ހުރި ނަމަ އޭނާ ވަރަށް އުފާ ވާނެ.“ ރަޓަން ގްރޫޕްގެ ޗެއާމަން ކަމަށްވާ ރަޓަން ޓަޓާ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭނުންވާ ހިސާބަށް އެރުމަށްޓަކައި ”ބުރަ މަސައްކަތް“ ކުރަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން އެއާ އިންޑިއާ، ޓަޓާ ގްރޫޕް އަށް ލިބުމަކީ ޓަޓާ ގްރޫޕްއިން އޭވިއޭޝަން އިންޑަސްޓްރީއަށް ބާރު ފޯރުވަން ލިބޭ ފުރުސަތެއް ކަމަށް ކުން ފުނިން ބުނެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް