ގިނަ އަދަދެއްގެ މީހުން މެރިކަމަށް އެއްބަސްވި ފުލުސް މީހާ އަމިއްލައަށް މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ފްރާންސްގެ ޕޮލިސް އޮފިސަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި މީހަކު އަމިއްލައަށް މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓުއްގައި ގިނަ އަދަދެއްގެ މީހުން މެރިކަމަށް އިއުތިރާފު ވެއްޖެއެވެ. އޭނާގެ މިއިއުތިރާފާ ގުޅިގެން މިހާރު ލަފާކުރެވިފައިވަނީ އެކިމަރުތަކާ ގުޅިގެން ވޭތުވެ ދިޔަ 35 އަހަރު ވަންދެން ހޯދަމުން އައި ގާތިލު ހޯދުނީ ކަމަށެވެ.

ބުދަ ދުވަހު ފްރާންސްގެ ލެ ގްރައު-ޑެ-ރޮއިގެ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު މި މީހާއަކީ ފްރާންސިސް ވެރޮވް ކަމަށް ފްރާންސްގެ މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ. މި 59 އަހަރުގެ މީހާއަކީ ”ލެ ގްރެލެ“ގެ ނަމުން ނަންދީފައިވާ މީހުން މަރާ ނުރައްކާތެރި މީހާކަން އޭނާގެ ހަށިގަނޑު ކައިރިން ފެނިފައިވާ ނޯޓުން ވަނީ ހާމަވެގެން ގޮސްފައެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ވެރޮވް ގެ ޑީ.އެން.އޭ ވަނީ ގިނަ ކްރައިމް ސީންތަކުން ފެނުނު ޑީ.އެން.އޭ ސާމްޕަލްތަކާ އެއްގޮތް ވެފައެވެ. މިކަމާ ގުޅޭ އިތުރު ތަހުގީގުތައް މިހާރުވެސް ކުރިއަށް އެބަދެއެވެ.

ލެގްރެލެއަށް ވަނީ 4 މީހަކު މަރުމުގެ އިތުރުން ގިނަ އަދަދެއްގެ ރޭޕްތަކެއް ކުރިކަމުގެ ތުހުމަތު ކުރެވިފައެވެ. މި މައްސަލަތަކަކީ 1986ވަނަ އަހަރުން ފެށިގެން ތަހުގީގު ކުރަމުންދާ މައްސަލަ ތެކެކެކެވެ.

އޭނާ މެރިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި 11 އަހަރުގެ ކުއްޖެއްކަމަށްވާ ސެސިލް ބްލޮޗް، ޖާރމަނީ އަށް ނިސްބަތްވާ 20 އަހަރުގެ އަންހެނެއް ކަމަށްވާ އިރަމްގާޑް މުލާރ، 19 އަހަރުގެ ކެރިން ލެރޮއި، އަދި 38 އަހަރުގެ ފިރހެނެއް ކަމަށްވާ ގިލެސް ޕޯރޓި ހިމެނެއެވެ.

މީޑިއާ ތަކުން ރިޕޯރޓް ކުރާ ގޮތުގައި އޭނާ މަރުވުމުގެ ކުރިން ލިޔުނު މި ނޯޓްގައި މީހުން މެރިކަމަށް އެއްބަސްވި ނަމަވެސް މެރި މީހުންނާއި އަދަދު ފަދަ މައުލޫމާތު ތަކެއް ލިޔެފައެއް ނެތެވެ. މިނޯޓްގައި ވާގޮތުން އޭނާ މީހުން މެރީ މީހުން މަރާ ހިތްވާތީއެވެ. ނަމަވެސް އޭނާ ފަހުން އެކަންތައް ވަނީ ހުއްޓާފައެވެ. އޭނާ އަމިއްލައަށް މަރުވެފައިވަނީ ލެ ގްރެލެ އާއި ބެހޭގޮތުން ދިރާސާ ކުރި މީހުންނާއެކު މަސައްކަތް ކުރުމަށް އިންކާރު ކުރުމަށް ފަހުއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް