ގަލޮޅު ސްކޫލްގެ ޖިންސީގޯނާ: އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެެރިން މަޖިލީހަށް ހާޒިރުކުރަނީ

ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ  މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ. މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން ނިންމީ މިއަދު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މި މައްސަލައާ ގުޅުން ހުރި ފަރާތްތައް އެ ކޮމިޓީއަށް ހާޒިރުކުރުމަށް ޓަކައި އެކަން ކޮމިޓީގެ މެމްބަރުންނަށް […]

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓެއް އާންމުކޮށްފި

  އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް މިއަދު އިފްތިތާހް ކޮށް އާންމުކޮށްފި ކޮށްފިއެވެ. މިވެބްސައިޓް އިފްތިތާކުރެއްވީ އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ. މިވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ހިދުމަތްތަކުގެ އެންމެފަހުގެ މައުލޫމާތާއި ފޮޓޯއާއި، ޝާއިޢުކޮށްފައިވާ ފޮތްތައް ހިމަނާފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ސްމާރޓް ފޯނުތަކާއި ޓެބްލެތްތަކުންނާއި […]

ޝާހިދު ގަހެއް އިންދަވައިފި

  އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ގަހެއް އިންދަވައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ގަހެއް އިންދެވީ އދ.ގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގައިކަމަށެވެ. އަދި  މިއީ ޔޫއެން ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތެއްކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދު ގަސް އިންދެވީ މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން”ކޮޕް 26″ގައި ބައިވެރިވެވަޑައިގަތުމަށް ފުރުރުއްވުމުގެ […]

ހުވަދޫ ކަނޑުގައި ބޯޓެއް ދިޔަވަނީ

    ރާއްޖޭގެ އެންމެ ބޮޑު ކަނޑު، ހުވަދޫ ކަނޑުގައި ބޯޓެއް ދިޔަވަމުންދާ ކަމަށް އެމްއެންޑިއެފް އިން ބުނެފި އެވެ. އެމްއެންޑީއެފްއިން ބުނީ ހުވަދޫ ކަނޑުގައި ދިޔަވަމުންދަނީ ”އަލްމާ“ ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އޭގައި ތިބީ ކިތައް މީހުންކަން މިހާތަނަށް އަދި ސާފެއް ނުވެއެވެ.  ބޯޓުގައި ތިބި މީހުންގެ ހާލުވެސް އަދި ސާފެއް ނުވެއެވެ. އެމްއެންޑީއެފްން ބުނީ އެ ބޯޓް ދިޔަވާތީ އެހީވުމަށް  ކޯސްޓްގާޑުގެ ދެކުނު ސްކޮޑްރަނުގެ އުޅަދެއް މިހާރު ފޮނުވާފައިވާކަމަށެވެ. ނަމަވެސް އެ އުޅަނދަށް […]

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ނިންމައިފި

  ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ. ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ނިންމާފައިވަނީ މިދިޔަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތަށެވެ. އެ ޕްލޭންގައި ވާގޮތުން މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ވަނީ ޓެކްސް ނަގަން ނިންމާފައެވެ. އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މި ޓެކްސް ނަގަން ރާވާފައިވާއިރު، މި ޓެކްސް […]

ދަރިވަރަށް ޖިންސީގޯނާ ކުރި މައްސަލައިގައި ގަލޮޅު ސްކޫލުން ޒިންމާއިން ރެކެން މަސައްކަތްކޮށްފައިވޭ: ޝިޔާމް

  ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ސްކޫލުން ޒިންމާއިން ރެކެން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެ މަސައްލަ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.   މިހާދިސާއާއި ގުޅިގެން އެންމެ ފުރަތަމަވެސް ސްކޫލުން އަމަލުކޮށްފައިވަނީ ވަރަށް ޒިއްމާދާރުކަން ކުޑަކޮށްކަމަށް ވިދާޅުވެ،  ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިއްމާ ސްކޫލްތަކުން ފުރިހަމައަށް […]

މިނިވަންކަން ގެއްލެމުންދާ މިއަދު ކޮބާ؟ ނައިބުތުއްތު

ދިވެހި ޚާއިނުން ދިވެހި ޤައުމު އެބައެއްގެ މަންފާއާއި ސަލާމަތަށް ވިއްކާލާއިރު ރައްޔިތުން ކުޅިބަލަން ތިބެއްޖެނަމަ މި ދިވެހި ބިމުގައި ލޭ އޮހޮރި އިސްލާމީ ވަހުދަތު ފިލާދާނެކަން އެއީ ކަށަވަރުވެ އެނގޭކަމެކެވެ. މިއަދު އިންޑިއާގެ ކިހިލިފަތް ދަށުވެ އިންޑީއާގެ މިލިޓަރީގެ އަޅުވެތިކަމުގައި ޖެހިި އަދި ބޮޑު ދަރަނީގެ ދަންތުރައަކަށް ފެތިގެން މިދިޔައީ، ދިވެހިން އެމީހަކަށް އިތުބާރުކޮށް އެމީހެއްގެ ފަހަތުން ދުވުނު އެމްޑީޕީގެ ރައީސް ނަޝީދު އާއި ރައީސް މައުމޫނު އާއި ޔާމީނުގެ ސަރުކާރު ވަށްޓަލުމަށް ބައިޢަތުހިފާ ކަނޑައެޅިގެން މޭޑޭގެ […]

ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން މަސައްކަތުމީހުން ސަސްޕެންޑްކޮށްފި

    ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެ ސްކޫލުގައި މަސައްކަތްކުރާ އަންހެން މަސައްކަތު މީހުން ސަސްޕެންޑްކޮށްފިއެވެ. ގަލޮޅު މަދަރުސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައި ކަމަށެވެ. އަދި ދަރިވަރުން ކިޔަވާ ގަޑީގައި ފާހާނާ އަށް ދާނަމަ އެ ދަރިވަރު ފާހާނާ އަށް ގެންދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ […]

ސްކްއިޑްގޭމްގައި ވީއައިޕީ އެއްގެ ރޯލް ކުޅުނު ޖެއޮފްރޭ ހޫނުފެނަށް

  ސްކްއިޑްގޭމްގައި ވީއައިޕީ4ގެ ރޯލް ކުޅުނު އެމެރިކާގެ އެކްޓަރު ޖެއޮފްރޭ ގިއުލިއާނޯގެ ކުރީގެ ވީޑިއޯއެއް އާންމުވެ އޭނާ ހޫނުފެނަށް ވެއްޓިއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ވީޑިއޯއަކީ 2017 ވަނަ އަހަރު ތައިލެންޑްގައި އިނގާފައިވާ ހާދިސާއެކެވެ. ވީޑިއޯ ކުރި މީހާއާއި ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ ސްޕަމާކެޓެއްގައި އެއްޗެހި ގަނެގެންގޮސް ފައިސާދައްކަން ކައުންޓަރުގެ ކިއު ގައި ތިއްބާ ކިޔު ފަޅާލާފައި ޖެއޮފްރޭ ކައުންޓަރުމަތީގައި އޭނާ ގަންނަން ބޭނުންވާ ތަކެތި ބެހެއްޓިއެވެ. “ އަހަރެންގެ ކުރިކުރި ފަޅާލައި ކައުންޓަރަށް އޭނާ […]

​މޫދަށް އެރި އުޅެނިކޮށް ގެނބުނު ޑޮކްޓަރަކު ސަލާމަތްކޮށްފި!

​ވިލިމާލޭގައި މޫދަށް އެރި އުޅްނިކޮށް ގެނބުނު ޑޮކްޓަރަކު ސަލާމަތްކޮށްފިއެވެ. މި ހާދިސާގައި ​ގެނބުނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރެކެވެ. އޭނާ ސަލާމަތްކޮށްފައި ވަނީ އެ ސަރަހައްދު ގޮނޑުދޮށުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހެކެވެ. ފުލުހުން ބުނީ ވިލިމާލޭ ބީޗް ސަރަޙައްދުގައި މޫދަށް އެރި އުޅުނު ނޭޕާލް ފިރިހެނެއް ގެނބިގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބުނީ 17:41ހާއިރު ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، […]