​މޫދަށް އެރި އުޅެނިކޮށް ގެނބުނު ޑޮކްޓަރަކު ސަލާމަތްކޮށްފި!

Loading

Facebook
Twitter
WhatsApp

​ވިލިމާލޭގައި މޫދަށް އެރި އުޅްނިކޮށް ގެނބުނު ޑޮކްޓަރަކު ސަލާމަތްކޮށްފިއެވެ.

މި ހާދިސާގައި ​ގެނބުނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރެކެވެ. އޭނާ ސަލާމަތްކޮށްފައި ވަނީ އެ ސަރަހައްދު ގޮނޑުދޮށުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހެކެވެ.

ފުލުހުން ބުނީ ވިލިމާލޭ ބީޗް ސަރަޙައްދުގައި މޫދަށް އެރި އުޅުނު ނޭޕާލް ފިރިހެނެއް ގެނބިގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބުނީ 17:41ހާއިރު ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުސް މީހާގެ މަސައްކަތުން ޑޮކްޓަރު ސަލާމަތްކޮށްފައި ވަނީ ބޯޓު ޔާޑު ސަރަހައްދުން ކަމަށެވެ. ފުލުސް މީހާގެ މަސައްކަތުން ގެނބުނު މީހާ ސަލާމަތްކޮށް ލޯންޗެއް ގެނެސް ހޮސްޕިޓަަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގެނބުނު ޑޮކްޓަރުގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް