ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން މަސައްކަތުމީހުން ސަސްޕެންޑްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެ ސްކޫލުގައި މަސައްކަތްކުރާ އަންހެން މަސައްކަތު މީހުން ސަސްޕެންޑްކޮށްފިއެވެ.

ގަލޮޅު މަދަރުސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައި ކަމަށެވެ.

އަދި ދަރިވަރުން ކިޔަވާ ގަޑީގައި ފާހާނާ އަށް ދާނަމަ އެ ދަރިވަރު ފާހާނާ އަށް ގެންދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށާ، ފާހާނާ ކުރުމަށް ފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކު ނަމަ އެހީތެރިކަން ފޯރު ކޮށްދިނުމަށް ބެލެނިވެރިޔާއަށް އެންގޭނެ ކަމަށެވެ.

އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްކޫލްގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިމިފައިވާ ކަމަށްވެސް އެ ސުކޫލުން ބުނެއެވެ. އެގޮތުން އެ ސްކޫލުގެ 18 ސަރަހައްދެއްގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް ވެސް އެސްކޫލުން ބުނެއެވެ.

ގަލޮޅޫ ސްކޫލުގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހު ފެންމަތިވެ ފުލުހުންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ ފާހާނާ އަށް ދިޔަ ވަގުތު ކަމަށް ވެއެވެ.
ކުއްޖާގެ ބެލެނިވެރިޔާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން މެޑިކަލް ރިޕޯޓްތަކުން ހާމަވެއެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެކުއްޖާގެ ބެލެނިވެރިޔާ އާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

 

Loading

2 Responses

  1. Piss piss piss. Mie dho dhen alhe dhera vejje kamehnnu. Konirakuntha miulhey jaahilunnah visneynee? Alhe fahe kuda kuda kudhin viyya dho ae. Dheravey migaumuga mikahala kan kan vamundhaatheeve.

  2. 2015 ވަނަ އަހަރުވެސް ތިޔަ ކަހަލަ ކަމެއް ހިނގި 5 އަހަރު އަންގެން ދަރިވަރަކަށް ގަލޮޅު މަދަރުސާގައި. އެފަހަރު އެމައްސަލަ އަހަރުމެން ރިޕޯޓް ނުކުރީ ދަރިފުޅު ހަދަނީ ދޮގަކަށް ބަލާފައި. ނަމަވެސް އޭގެ 6 އަހަރު ފަހުން އެކަން ސާފުވެގެން އެދަނީ.

    ޒެނީޝާ ވެސް ޖެންޑަރ މިނިސްޓަރުވެސް މަގާމުގައި ތިބެ ރަނގަޅު ނަތީޖާ އެއް ނެރެފައި ނެތް. ހިއުމަން ރައިޓްސް ކޮމިޝަނުން ބޮޑުވެ ފުރާ ފުރިހަމަވެފައިވާ މީހުންގެ ހައްގުގައި އުޅޭ އިރު ނިޔާވި މިޝްކާގެ މައްސަލަ ވެސް އޮއްބާލަން ވަގުތުދީގެން ތިބީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް