އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓެއް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް މިއަދު އިފްތިތާހް ކޮށް އާންމުކޮށްފި ކޮށްފިއެވެ.

މިވެބްސައިޓް އިފްތިތާކުރެއްވީ އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

މިވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ހިދުމަތްތަކުގެ އެންމެފަހުގެ މައުލޫމާތާއި ފޮޓޯއާއި، ޝާއިޢުކޮށްފައިވާ ފޮތްތައް ހިމަނާފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ސްމާރޓް ފޯނުތަކާއި ޓެބްލެތްތަކުންނާއި އަދި ލެޕްޓޮޕާއި ކޮމްޕިޔުޓަރުންވެސް އުނދަގުލެއްނެތި ބެލޭ ގޮތަށެވެ.

މީގެއިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ދެމުން ގެންދާ ޚިދުމަތްތަކާގުޅޭ ޚިޔާލާއި މަޝްވަރާ އަދި އެކިއެކި ދީނީ މައްސަލަތައް ސީދާ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ވެސް މި ވެބްސައިޓުން ފަހިކޮށްދީފައި ވެއެވެ.

މިވެބްސައިޓުގެ އެޑްރެހަކީ www.fatwamajlis.gov.mv އެވެ.

Loading

2 Responses

  1. ތި މަޖިލީހަށް ސުވާލެއް: ދޮގުހުވާ ކުރުމުގެ ނުބައިކަން ލިޔެދީ އެކަމަށް ބިރުވެތިވާން އިސްލާމުންނަށް ޚުތުބާގައި އަމުރުކޮށްފާ އެ ޚުތުބާ ލިޔެދޭމީހުންގެ އިމާމު ނޫނީ އެޑްވައިޒަރު ކަނޑައެޅިގެން ޔާމީނު ޖަލަށްލުމަށް ބަޔަކަށް ޔާމީނާ ދެކޮޅަށް ދޮގުހެދި ދިނުމަށް ގައިޑްކޮށް ޑީލް ހެދީމާ އެކަން ވާނީ ދީނީގޮތުން ކިހާވަރެއްގެ ބޮޑު ޖަރީމާއަކަށް އަދި ފާފަ އަކަށްތޯއެވެ. އެފަދަ ޝޭޚުންނަށް އޮތް ޚުކުމަކީ ކޮބާއިތޯ ވިދާޅުވެ ދެއްވަފާނަންތޯއެވެ؟ ޝުކުރިއްޔާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް