ދަރިވަރަށް ޖިންސީގޯނާ ކުރި މައްސަލައިގައި ގަލޮޅު ސްކޫލުން ޒިންމާއިން ރެކެން މަސައްކަތްކޮށްފައިވޭ: ޝިޔާމް

Loading

Facebook
Twitter
WhatsApp

 

ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ސްކޫލުން ޒިންމާއިން ރެކެން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެ މަސައްލަ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

 

މިހާދިސާއާއި ގުޅިގެން އެންމެ ފުރަތަމަވެސް ސްކޫލުން އަމަލުކޮށްފައިވަނީ ވަރަށް ޒިއްމާދާރުކަން ކުޑަކޮށްކަމަށް ވިދާޅުވެ،  ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިއްމާ ސްކޫލްތަކުން ފުރިހަމައަށް ނަގަންޖެހޭ ވަގުތުތަކެއް ކަމަށްވީނަމަވެސް ގަލޮޅު މަދަރުސާގައި އެ ދަރިވަރު ހަވާލުވެގެންހުރި ޓީޗަރަށްވެސް ދަރިވަރު ހަވާލުކުރެވުނީ ކާކާ ކަންވެސް ނޭނގޭ ކަމަށެވެ.

އަދި ސްކޫލްގައި ކަން ހިނގާދިޔަގޮތް ބެލޭނެ ކެމެރާތައްވެސް ނެތް ކަމަށާ މި ކަމުގެ ޒިންމާއިން ރެކެން ސްކޫލު މެނޭޖްމަންޓުން މަސައްކަތް ކޮށްފައިވާކަމަށް ވެސް މެންބަރު ޝިޔާމް ވިދާޅުވެފައިވެއެވެ.

 

އެ ހާދިސާ ބަލަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވާ ޝިޔާމް ވިދާޅުވީ އެ ސްކޫލުގެ އިތުރުން ކަމާބެހޭ ފަރާތްތަކުން އަމަލުކުރީ ވެސް ޒިންމާދާރުކަން ކުޑަކޮށްކަމަށް

”މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީން ނިންމަން ޖެހޭ ނިންމުންތައް އެހާމެ ލަސް. މައްސަލައަށް ސަމާލުކަމެއް ލިބުނީ މީޑިއާއިން އެކަމާ ގުޅޭ ގޮތުން ރިޕޯޓުތައް ގެނެސެދޭން ފެށުމުން.“ ޝިޔާމް ވިދާޅުވި އެވެ.

 

ޝިޔާމް ވިދާޅުވީ  އެ ދަރިވަރަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެ އެކުއްޖާ އަށާއި އެކުއްޖާގެ އާއިލާއަށް ފޫނުބެއްދޭ ވަރުގެ ހިތާމައެއް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

 

އަދި ގިނަ ދަރިވަރުންތަކެއް ތައުލީމް ހާސިލުކުރާ ސްކޫލަކުން ދަރިވަރަކަށް އެފަދަ އަނިޔާއެއް ލިބިގެން ދިއުމަކީ ސްކޫލުގެ ނިޒާމަށް ސްކޫލްތަކަށް ބެލެނިވެރިންގެ ހިތުގައި އޮތް ޔަގީންކަން ކުޑަވެ، މުސްތަގުބަލްގެ ޖީލުތަކަށް އެކަމުގެ ސަބަބުން ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އަދި މި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައި އެކަމުގެ އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ޝިޔާމްވަނީ ގޮވާލައްވާފައެވެ.

 

ގަލޮޅޫ ސްކޫލުގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހު ފެންމަތިވެ ފުލުހުންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ ފާހާނާ އަށް ދިޔަ ވަގުތު ކަމަށް ވެއެވެ.

އެ މައްސަލައާއި ގުޅިގެން އެ ސްކޫލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމައްސަލައާ ގުޅިގެން އެ ސްކޫލުގައި މަސައްކަތްކުރާ އަންހެން މަސައްކަތު މީހުން ސަސްޕެންޑް ކޮށްފައިވާ ކަމަށާ  ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްކޫލްގެ އެކި ސަރަހައްދުތަކުގައި 18  ސީސީޓީވީ ކެމެރާ ހަރުކޮށް ނިމިފައިވާ ކަމަށެވެ.

 

ކުއްޖާގެ ބެލެނިވެރިޔާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން މެޑިކަލް ރިޕޯޓްތަކުން ހާމަވެއެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެކުއްޖާގެ ބެލެނިވެރިޔާ އާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް