ހުވަދޫ ކަނޑުގައި ބޯޓެއް ދިޔަވަނީ

Loading

Facebook
Twitter
WhatsApp

 

 

ރާއްޖޭގެ އެންމެ ބޮޑު ކަނޑު، ހުވަދޫ ކަނޑުގައި ބޯޓެއް ދިޔަވަމުންދާ ކަމަށް އެމްއެންޑިއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްއިން ބުނީ ހުވަދޫ ކަނޑުގައި ދިޔަވަމުންދަނީ ”އަލްމާ“ ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

އޭގައި ތިބީ ކިތައް މީހުންކަން މިހާތަނަށް އަދި ސާފެއް ނުވެއެވެ.  ބޯޓުގައި ތިބި މީހުންގެ ހާލުވެސް އަދި ސާފެއް ނުވެއެވެ.

އެމްއެންޑީއެފްން ބުނީ އެ ބޯޓް ދިޔަވާތީ އެހީވުމަށް  ކޯސްޓްގާޑުގެ ދެކުނު ސްކޮޑްރަނުގެ އުޅަދެއް މިހާރު ފޮނުވާފައިވާކަމަށެވެ. ނަމަވެސް އެ އުޅަނދަށް އަލްމާ ބޯޓާ ހިސާބަށް ދިޔަކަން އަދި އެނގިފައެއް ނުވެ އެވެ.

ލ. އަތޮޅާއި ގއ އާއި ދެމެދުގައި އޮންނަ ހުވަދޫ ކަނޑުގައި އަލްމާ ބޯޓް ދިޔަވަމުންދާއިރު މި ބޯޓު  މާލެއިން ފުރީ މީގެ ދެ ދުވަހުގެ ކުރިން ކަމަށްވެއެވެ
މެޓް އޮފީހުން މިއަދު ވަނީ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

 

Loading

3 Responses

  1. މީގެތ2މަސްކުރިން އަލުމާބޯޓު ކަފުޖަހައިގެން

    ގެނައި ލޯންޗް މީމް އަތޮޅާ 8 މޭލް ކަނޑު

    ތެރެއަށް އަޑިއަށް ދިޔައިރު ކެޕްޓަން އަށް އެއްވެސް ދައުލަތުގެ މުއއްސަސާ އަކަށް އެންގިފައެއް ނުވޭ. ހުވަދޫ ކަނޑުން ބޯޓު އަޑިޔަށް ދާ މައުލޫމާތު ހަމަ އެ މުއައްސަސާއަށް އެންގުނީތީ ހައިރާންވޭ. އަދި ލޯންޗުގެ ވެރި ފަރާތަށް ބަދަލުވެެސް ދީފައެއް ނުވޭ. ސަބަބަކަށް ކެޕްޓަން އެންގީ އޭރު އެ ހިނގީ ޤުދުރަތީ ޙާދިސާއެއް ކަމުން ބަދަލު ދޭން ނުޖެހޭނެ ކަމަށް.

  2. މީގެ 2 މަސް ކުރިން މި ބޯޓުގައި ކަފު ޖަހައިގެން މާލެ ގެންނަން މަސައްކަތް ކުރި ލޯންޗެއް ވ އަތޮޅުގެ 8 މޭލު ބޭރަށް އަޑިޔަށް ދިޔަ އިރު ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އެންގިފައެއް ނުވޭ. އެކަމަކު ހަމަ މި ބޯޓު ހުވަދޫ ކަނޑަށް އަޑިޔަށް ދާ ޙަބަރު އެ މުއައްސަސާ ތަކަށް އެންގުނީތީ ހައިރާންވޭ. ލޯންޗު އަޑިޔަށް ދިޔުމުން އޭގެ ބަދަލުވެސް ވެރިފަރާތައް ދީފައެއް ނުވޭ. ސަބަބަކަށް ބޯޓުގެ ކެޕްޓަން އެންގީ އޭރު ހިނގީ ޤުދުރަތީ ޙާދިސާއެއް ކަމުން ބަދަލު ދެވެން ނެތް ކަމަށް. މި ކަމުން ލޯންޗްގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ކޮބާ?

  3. މީގެ 2 މަސް ކުރިން މި ބޯޓުގައި ކަފު ޖަހައިގެން މާލެ ގެންނަން މަސައްކަތް ކުރި ލޯންޗެއް މ އަތޮޅުގެ 8 މޭލު ބޭރަށް އަޑިޔަށް ދިޔަ އިރު ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް އެންގިފައެއް ނުވޭ. އެކަމަކު ހަމަ މި ބޯޓު ހުވަދޫ ކަނޑަށް އަޑިޔަށް ދާ ޙަބަރު އެ މުއައްސަސާ ތަކަށް އެންގުނީތީ ހައިރާންވޭ. ލޯންޗު އަޑިޔަށް ދިޔުމުން އޭގެ ބަދަލުވެސް ވެރިފަރާތައް ދީފައެއް ނުވޭ. ސަބަބަކަށް ބޯޓުގެ ކެޕްޓަން އެންގީ އޭރު ހިނގީ ޤުދުރަތީ ޙާދިސާއެއް ކަމުން ބަދަލު ދެވެން ނެތް ކަމަށް. މި ކަމުން ލޯންޗްގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ކޮބާ?

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް