ސްކްއިޑްގޭމްގައި ވީއައިޕީ އެއްގެ ރޯލް ކުޅުނު ޖެއޮފްރޭ ހޫނުފެނަށް

Loading

Facebook
Twitter
WhatsApp

 

ސްކްއިޑްގޭމްގައި ވީއައިޕީ4ގެ ރޯލް ކުޅުނު އެމެރިކާގެ އެކްޓަރު ޖެއޮފްރޭ ގިއުލިއާނޯގެ ކުރީގެ ވީޑިއޯއެއް އާންމުވެ އޭނާ ހޫނުފެނަށް ވެއްޓިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ވީޑިއޯއަކީ 2017 ވަނަ އަހަރު ތައިލެންޑްގައި އިނގާފައިވާ ހާދިސާއެކެވެ. ވީޑިއޯ ކުރި މީހާއާއި ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ ސްޕަމާކެޓެއްގައި އެއްޗެހި ގަނެގެންގޮސް ފައިސާދައްކަން ކައުންޓަރުގެ ކިއު ގައި ތިއްބާ ކިޔު ފަޅާލާފައި ޖެއޮފްރޭ ކައުންޓަރުމަތީގައި އޭނާ ގަންނަން ބޭނުންވާ ތަކެތި ބެހެއްޓިއެވެ.

“ އަހަރެންގެ ކުރިކުރި ފަޅާލައި ކައުންޓަރަށް އޭނާ ކައިރިވިރު އެ ކައުންޓަރަކީ 10 އެއްޗަށްވުރެ މަދުން އެއްޗެހި ގަންނަންޏާ ފައިސާ ދައްކަން ހާއްސަކޮށްފައިވާ ކައުންޓަރެއް. އެކަމަކު އޭނާ ގެންދިޔަ 25 ހަކަށް އެއްޗެހި“ ކިއުގައި ހުރި މީހަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެކަމާ ފިހާރައިގައި ތިބި މީހުން ހިތްމަނުޖެހި އެތަނުން އެކަކު އެހެން މީހުންގެ ފަހަތަށް އޭނާ ދާންޖެހޭނެ ކަމަށް ބުނުމުން އޭނާ ވަނީ އެ މީހުންނާ ދިމާލަށް ވަރަށް ހަޑި ހުތުރުބަހުން އެއްޗެހި ގޮވާފައެވެ. އެގޮތުން ގިނައިން ހަޑިބަހުރުވަ ބޭނުންކުރަމުން ޖެއޮފްރޭ ބުނެފައިވަނީ ތިމަންނަ އަކީ އެމެރިކާ މީހެއްކަމަށާ ތިމަންނަ މެންނަނީ ދުނިޔޭގެ ރަސްކަލުންކަމަށެވެ. އަދި މި ދުނިޔޭގައި ތިމަންނަމެންނަށް ބޭނުންކޮށްމެ ކަމެއް ކުރެވޭނެކަމަށްބުނެ ވަރަށް ހަޑިހުތުރު ބަހުރުވައިން އޭނާވަނީ ފިހާރައިގައި ތިބި މީހުންނާ ދިމާއަށް އެއްޗެހި ގޮވާފައެވެ. އަދި ތިމަންނަ އަކީ އެމެރިކާގެ އެކްޓަރެއްކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

“ އަހަރެންނަނީ އެމެރިކާ މީހެއް އަހަރެމެން ބޭނުން ކޮންމެ ކަމެއް އަހަރެމެން ކުރާނަން“ ވީޑިއޯގައި ޖެއޮފްރޭ ބުނެއެވެ.

މި ވީޑިއޯ އާންމުވެ މަޝްހޫރުވެފައި މިވަނީ ސްކްއިޑްގޭމް ހޯދި މަޝްހޫރުކަމާއެކުއެވެ.އަދި  ޖެއޮފްރޭގެ އަދަބެއް ނެތްކަމަށް ބުނެ ސްކްއިޑްގޭމްގެ ބެލުންތެރިން އަންނަނީ އޭނަޔާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

“ އެމެރިކާ މީހަކަށްވުމުން އޭގެ މާނައަކީ ކިޔުތައް ފަޅާލުމުގެ ހުއްދަ އެމީހުންނަށް ލިބެނީތަ؟ މިއީ ބަލައި ނުގަނެވޭނެ ހަޑި އަމަލެއް. މިކަހަލަ މީހަކަށް އެކްޓަރަކަށް ވެވެނީ ކީއްވެ؟“ އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ލިޔެފައި ވެއެވެ.

ވީޑިއޯއަށް ކޮމެންޓްކުރި ގިނަ މީހުން ބުނެފައިވަނީ ސްކްއިޑްގޭމްގައި އޭނާ ކުޅެފައިވާ ރޯލަކީ ހަގީގީ ދިރިއުޅުމުގައި ވެސް އޭނާގެ އަމަލުތަށް ހުންނަގޮތްކަމަށެވެ. ސްކްއިޑްގޭމްގައި އޭނާ ކުޅެފައިވަނީ ނުބައި މީހެއްގެ ރޯލެވެ.

ނެޓްފްލިކްސް އިން ގެނެސްދީގެން ބޮޑު ހިޓަކަށް ވެފައިވާ ދެކުނު ކޮރެއާގެ ސީރީޒް ”ސްކްއިޑް ގޭމް“ އަށް ލިބުނު ތަރުހީބާއެކީ އޭގައި އެކްޓްކޮށްފައިވާ ފަރާތްތަށް ވެސް ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް