ޝާހިދު ގަހެއް އިންދަވައިފި

Loading

Facebook
Twitter
WhatsApp

 

އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ގަހެއް އިންދަވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ގަހެއް އިންދެވީ އދ.ގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގައިކަމަށެވެ.

އަދި  މިއީ ޔޫއެން ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތެއްކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދު ގަސް އިންދެވީ މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން”ކޮޕް 26″ގައި ބައިވެރިވެވަޑައިގަތުމަށް ފުރުރުއްވުމުގެ ކުރިންކަމަށެވެ.

ކޮޕް26 ބައްދަލުވުން އޮންނަނީ މިއަދުން ފެށިގެން އަންނަ މަހުގެ 12ގެ ނިޔަލަށް  އިނގިރޭސިވިލާތުގެ ގްލެސްގޯގައެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް