މެލޭޝިޔާއިން ކަރަންޓީން މުއްދަތަށް ބަދަލުތަކެއް ގެންނަނީ

Loading

Facebook
Twitter
WhatsApp

ކްލޯސް ކޮންޓެކްޓުންނާއި ފަތުރުވެރިން ކަރަންޓީން ވާންޖެހޭ މުއްދަތު އަންނަ ހޯމަ ދުވަހުން ފެށިގެން ކުޑަކުރުމަށް ނިންމާފައިވާ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

ކްލޯސް ކޮންޓެކްޓުން ދެން ކަރަންޓީން ވާންޖެހޭނީ އެންމެ ހަތް ދުވަހަށެވެ. ވެކްސިންގެ އެއްޑޯޒް ޖަހާފައިވާ ފަރާތްތަކާއި ވެކްސިން ޖަހާފައިނުވާ ފަރާތްތައް ކަރަންޓީން ވާންޖެހޭނީ 10 ދުވަހަށެވެ. އަދި ބޭރުން އަންނަ ފަތުރުވެރިން ކަރަންޓީން ވާންޖެހޭނީ އަންނަ ދުވަހުން ފެށިގެން 7 ދުވަހަށެވެ.

މީގެ އިތުރުން ވެކްސިން ނުޖަހާ ނުވަތަ ވެކްސިންގެ އެއްޑޯޒް ޖަހާފައިވާ ފަތުރުވެރިން ވެސް 10 ދުވަސް ކަރަންޓީންވާން ޖެހެއެވެ. މި ބަދަލުތަކާ ގުޅިގެން ކަނޑައެޅިފައިވާ ކަރަންޓީން ފެސިލިޓިއެއްގައި ނުވަތަ ގޭގައިވެސް ކަރަންޓީން ވެވިދާނެއެވެ. ނަމަވެސް މިކަން ނިންމާނީ ހާލަތަށް ރިއާޔަތްކޮށްފައެވެ.

މައި ޓްރެވަލް ޕާސް ބޭނުންކުރުން ހުއްޓާލުމަށް ނިންމި ނިންމުމާ އެކު އުމުރާ ނުވަތަ ހައްޖު ވުމަށް ޓަކައި ދަތުރު ކުރުމަށް ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވި ގޮތުގައި އައު ގަވާއިދުތައް ހަދާފައިވަނީ ކޮވިޑް-19 މެނޭޖްމެންޓް ކޮމިޓީންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް