އެއާރ އޭޝިޔާގެ ދަތުރުތައް އަންނަ ހަފުތާގައި އަލުން ރާއްޖެއަށް ފަށަނީ

136

ގައުމުގެ އެތެރޭގެ ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ހުރަސްތައް މެލޭޝިޔާއިން ލުއިކުރުމާއި ގުޅިގެން އެއާއޭޝިއާގެ އުންމީދުތައް ވަނީ އައުވެފައެވެ. މިލުއިތަކާއެކު ބައިނަލްއަގުވާމީ ދަތުރުތައްވެސް ވީހާވެސް އަވަހަށް އަލުން ފެއްޓުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

އެއާއޭޝިއާގެ ޕްރެޒިޑެންޓް ފޯ އެއަރލައިން އޮޕަރޭޝަން، ބޮ ލިންގަމް ވިދާޅުވެފައިވާ ގޮތުގައި މެލޭޝިޔާގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްދަ ކުރުމާއި ގުޅިގެން އެ ކުންފުންޏަށް ވަނީ އިތުރު ހިތްހަމަ ޖެހުން ލިބިފައެވެ. ސަރުކާރުން މިހެން ނިންމުމާއި ގުޅިގެން އެ ކުންފުނީގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އެހެން ދާއިރާތަކަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ލިންގަމް ބުނެފައިވެއެވެ.

އެކުންފުނިން ބުނާގޮތުގައި އެއަރއޭޝިއާގެ އަމާޒަކީ ނޮވެމްބަރު މަހުގެ ފަހުކޮޅާ ހަމައަށް މެލޭޝިޔާގެ 39 ސަރަހައްދަކަށް ދުވާލަކު 169 ދަތުރު ކުރުމާއި އެކު އިންޓަރނޭޝަނަލް އުދުހުންތައްވެސް ހަމަ މިހާރުން މިހާރަށް ލަސްކުރުމެއްނެތި ފެއްޓުމެވެ. އެގޮތުގައި ތައިލޭންޑް، ސްރި ލަންކާ އަދި ދިވެހި ރާއްޖެއަށް މިއަންނަ ހަފުތާގެތެރޭގައި ދަތުރުތައް އަލުން ފެއްޓުމަށްވަނީ ނިންމާފައެވެ. އަދި ހުއްދަ ލިބުމާއި އެކު ދަތުރުތައް ފެއްޓިގެން ދާނެއެވެ.”

“ޕެންޑެމިކްގެ ކުރިން ދަތުރުކުރަމުން އައިސްފައިވާ ހުރިހާ ސަރަހައްދުތަކަކަށް ދެން އަންނަ މަސް ނިމުމުގެ ކުރިން ދަތުރުތައް އަލުން ފެއްޓިގެން ދާނެއެވެ. އަދި 45 މަތިންދާބޯޓު އުދުހުމަށް އަލުން ބޭނުންކުރަންވެސް ފެއްޓޭނެއެވެ.”

ބޯ މިހެން ބުނެފައިވަނީ ސަރުކާރުން ގައުމުގެ އެތެރޭގެ ދަތުރުތައް ކުރުން ހޯމަ ދުވަހު ހުއްދަ ކުރުމާއި ގުޅިގެންނެވެ. ކޯވިޑް- 19ގެ ސަބަބުން އެހެނިހެން އެއަރލައިން ތަކެއްހެން އެއަރއޭޝިއާއަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެން އެތައް ހާސް މަސައްކަތު މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި އެއަރ އޭޝިއާގެ ކޭއެލް އިންޓަރނޭޝަނަލް2 ގެ ހުރިހާ ވިޔާފާރިއެއްވެސް ވަނީ ހުއްޓުމަކަށް އައިސްފާއެވެ.

މިހާރު މެލޭޝިއާ ސަރުކާރުންވަނީ ދަތުރުފަތުރު ކުރުން އަލުން ފުރަތަމަ ފަހަރަށް އެއްކޮށް ހުޅުވާލާފައެވެ. މީގެ ސަބަބުން އެތައް މިލިޔަން ބަޔަކަށް ވިޔާފާރި ދަތުރުތަކަށާއި ޗުއްޓީ ދަތުރުތައް ކުރުމުގެ ފުރުސަތު މިވަނީ ހުޅުވިފައެވެ. މީގެ އިތުރުން ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ މެލޭޝީޔާ ރައްޔިތެއްނަމަ ޕޮލިހުންގެ ހުއްދައާއި ނުލާ އިޒްރޭލް ފިޔަވައި ބައިނަލް އަގުވާމީ ހުރިހާ ޤައުމުތަކަށް ދަތުރު ކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ.

“ގައުމު ތެރޭގައި ދަތުރު ކުރުން ހުއްދަ ކުރުމަކީ މި ކުންފުންޏަށާއި އެންމެހާ ރައްޔަތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމެކެވެ. އެއީ މިހާތަނަށް ނުދެއްކި ހުރި ބިލްތައް ދެއްކިގެން ދާނެތީއެވެ.” ލިންގަމް ބުނެފައިވެއެވެ.

އެއަރ އޭޝިއާއަކީ ދުނިޔޭގެ ލޯކޯސްޓް އެންމެފާހަގަ ކޮށްލެވޭ އެއަރލައިންގެ ދަރަޖަ އެތަކެއް އަހަރަކު ހޯދައިފައިވާ މެލޭޝިއާގެ ކުންފުންޏެކެވެ.

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ