ތައިވާންގެ ސަރަހައްދަށް އެމެރިކާ އަދި ކެނެޑާގެ މަނަވަރުތައް ވަނުމުން ޗައިނާއިން ނުރުހުން ފާޅުކޮށްފި

Loading

Facebook
Twitter
WhatsApp

ތައިވާނާއި ޗައިނާގެ މެދުގައި އޮންނަ ތައިވާން ސްޓްރެއިޓްގެ ތެރެއިން އެމެރިކާ އަދި ކެނެޑާގެ ހަނނގުރާމަ މަތީ އުޅަނދުތަކެއް ފާއިތުވި ހަފުތާގައި ދަތުރުކުރުމާ ގުޅިގެން ޗައިނާގެ ޢަސްކަރިއްޔާއިން އެކަން ކުށްވެރި ކޮށްފިއެވެ.

ޗައިނާއިން ބުނި ގޮތުގައި އެމެރިކާއިން ދަނީ ސަރަހައްދުގެ އަމާންކަން ނަގާލުމަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ޕީޕްލްސް ލިބަރޭޝަން އާމީގެ އީސްޓަން ތިއަޓާގެ ކޮމާންޑުން ބުނި ގޮތުގައި، ޗައިނާގެ ޢަސްކަރިއްޔާއިން ވަނީ އެ ދެ އުޅަނދު ތައިވާން ސަރަހައްދުން ކުރި ދަތުރު ނިމެންދެން މޮނިޓާ ކޮށްފައެވެ.

”އެމެރިކާ އާއި ކެނެޑާ ގުޅިގެން މި ސަރަހައްދުގައި މައްސަލަ އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ފަދަ އަމަލުތަކުގެ ސަބަބުން ތައިވާން ސަރަހައްދުގައި އޮންނަ އަމާންކަން ގެއްލިގެން ހިނގައިދާނެ އެވެ. ތައިވާނަކީ ޗައިނާގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ސަރަހައްދުގައި ހަރަކާތްތެރިވާ ތިއަޓާރ ފޯރސަސް ތަކުން ތިބޭނީ ކުރިމަތިވާ ހުރިހާ ނުރައްކާ ތަކަށާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް އަބަދުވެސް ތައްޔާރުގައެވެ.“ ޗައިނާއިން ބުނެފައިވެއެވެ.

ޗައިނާގެ ކިބައިން މިނިވަން ވުމަށް މަސައްކަތް ކުރާ ތައިވާނަކީ ޗައިނާގެ ވެރިކަމުގެ ދަށުގައިވާ ސަރަހައްދެއް ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. މިގޮތުން ޗައިނާއިން ވަނީ ތައިވާނުގެ ވައިގެ ސަރަހައްދުގެ ތެރެއަށް އެކި ފަހަރު މަތިން ތަކުރާރުކޮށް ވަދެފައެވެ. މި ކަމުގެ ސަބަބުން ތައިވާނާއި ޗައިނާގެ މަސްރަހު ވަނީ ވަރަށް ހޫނު ވެފައެވެ.

ޗައިނާ އާއި ތައިވާނާ މެދު އޮންނަ ގުޅުން ގޯސް ވަމުން އަންނަ މިދަނޑިވަޅުގައި ޗައިނާއިން ދަނީ ގިނަ އަދަދެއްގެ ވައިގެ އުދުހުންތައް ތައިވާންގެ ވައިގެ ސަރަހައްދުގެ ތެރޭގައި އުދުހެމުންނެވެ.

އޮކްޓޯބަރު އެކަކުން ފެށިގެން ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ޗައިނާގެ 150 އުޅަނދު ތައިވާންގެ ވައިގެ ސަރަހައްދަށް ވަނީ ވެދެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް