ގުރަހައެއް ވަރުގެ ކޮމެޓެއް ސޯލާ ސިސްޓަމާ ދިމާއަށް އަންނަކަން ފާހަގަ ކުރެވިއްޖެ

Loading

Facebook
Twitter
WhatsApp

ކުރިން ގުރަހައެއް ކަމަށް ލަފާ ކުރި ކޮމެޓެއް ކުރިއަށް އޮތް 10 އަހަރު ތެރޭގައި އަޅުގަނޑުމެންގެ ސޯލާ ސިސްޓަމާއި ހަމައަށް ފޯރާނެ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ފަސްދޮޅަސް މޭލާއި 120 މޭލު ބޮޑު މި ކޮމެޓަށް ދެވިފައިވާ ނަމަކީ ބާރނާރޑިނެއްލީ-ބާރންސްޓައިން ކޮމެޓްއެވެ. މި ކޮމެޓަކީ އާދައިގެ ކޮމެޓްތަކަށްވުރެ 1000ގުނަ ބޮޑު ކޮމެޓެކެވެ.

ޖޫން މަހު އޭތި ފެނުމާ ގުޅީގެން ގިނަ އެސްޓްރޮނަމަރުން ބުނާ ގޮތުގައި އެ ކޮމެޓަކީ މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ކޮމެޓެވެ. މި ކޮމެޓްގެ ސަބަބުން ދުނިޔެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. މި ކޮމެޓް އިރާއި އެންމެ ކައިރިން ދަތުރުކުރާނީ 2031ވަނަ އަހަރުއެވެ. އެއީ ސެޓާރންގެ އޯބިޓާއި ކުޑަތަންކޮޅެއް ދުރުންނެވެ. މި ކޮމެޓް އުފެދިފައިވަނީ އިރާ 40،000 އެސްޓރޮނޯމިކަލް ޔުނިޓް ދުރުންނެވެ.

މި ކޮމެޓަކީ މިހާތަނަށް އޫޓް ކްލައުޑްއިން ނިކުތް އެންމެ ބޮޑު އެއްޗަށް ވުމުގެ އިތުރުން މި ކޮމެޓަކީ ސޯލާ ސިސްޓަމާ ދިމާލަށް އަންނަކަން ފާހަގަ ކުރެވުނު ފުރަތަމަ އެތިވެސް މެއެވެ.

އެސްޓްރޮނަމަރުން މި ކޮމެޓް ދިރާސާ ކުރަން ފަށާފައި ވަނީ އާދައިގެ ކޮމެޓް ތަކުން ފެންނަ ޓެއިލް މި ކޮމެޓުން ނުފެނުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު މި ކޮމެޓުގެ ޓެއިލްއެއް އިން ކަން ވަނީ ޔަގީން ކުރެވިފައެވެ.

މި ކޮމެޓް ބޮޑުވި ނަމަވެސް މި ކޮމެޓް ބެލުމަށްޓަކައި ޓެލެސްކޯޕަކީ ކޮންމެހެން ބޭނުންއެއްޗެއްކަމަށް އެސްޓްރޯނަމަރުން ބުނެފައިވެއެވެ. މީގެ އިތުރުން ކުރެވިފައިވާ ބައެއް ދިރާސާތަކުން ފެނުނު ގޮތުގައި މި ކޮމެޓް މީގެ ތިން މިލިއަން އަހަރު ކުރިން ވަނީ ސޯލާ ސިސްޓަމް ކައިރިން ދަތުރުކޮށްފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް