އދ. އިން ކުރަންޖެހިފައިވާ މަސަތްކަތާއި ލިބޭ އާއްމުދަނީއާ ނުބައްދަލު

Loading

Facebook
Twitter
WhatsApp

އދ. އަށް ލިބެމުން އަންނަ އަހަރީ ބަޖެޓް އިތުރު ނުވި ކަމުގައިވިޔަސް، ކުރަންޖެހިފައިވާ މަސައްކަތްތައް އަންނަނީ އިތުރުވަމުންނެވެ.

އަންގާރަ ދުވަހު އދ. ގެ އެންމެ މަތީފެންވަރުގެ ވެރީންގެ ބައްދަލުވުމެއް ނިއު ޔޯކްގައި ފެށުމާއެކު ދުނިޔެއަށް ދިމާވެފައިވާ ޕެންޑެމިކްގެ ހާލަތާއި އިގުސާދީ ދަތިތަކާ ކުރިމަތިލުމަށް އދ. ގެ 193 މެމްބަރު ގައިމުތައް އެއްބައިވަންތަ ކުރަން މަސައްކަތް ކުރާނެއެވެ.

ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި އދ. އަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ސީރިޔާގައި ސެކުއިރިޓީ ކައުންސިލްގެ މަސައްކަތް ކުރިއަށް ނުގެންދެވުމާއި ހިޖުރަ ކުރާ މީހުންގެ އަދަދު ލަފާކޮށްފައިވާ މިންވަރަށް ވުރެ އިތުރުވުމާއި، މުޅި ދުނިޔެއަށް ޖެހިފައިވާ މިވާ ޕެންޑެމިކް ހާލަތުގެ އިތުރުން އދ. އަށް ވަނީ ފައިސާ ލިބުމުގެ ދަތިތަކާވެސް ކުރިމަތިލާން ޖެހިފައެވެ.

ފައިސާގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވަނީ އެމެރިކާގެ ކުރީގެ ރައީސް، ޓްރަމްޕް އެމެރިކާއިން އދއަށް ދެމުން އައިސްފައިވާ ފައިސާގެ އެހީތައް މަދުކުރުމާ ގުޅިންނެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިއަރާފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ގައުމުތަކަށްވަނީ ގިނަ ގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެސަބަބުން ފައިސާގެ އެހީއަށް ބޭނުންޖެހޭ މިންވަރުވެސް އަންނަނީ އިތުރު ވަމުންނެވެ. ހަމަ އެފަދައިން، ހުރިހާ ގައުމުތަކެއް އެއްބައިވަންތަކޮށް ބޭނުން ޖެހިފައިވާ ގައުމުތަކަށް އެހީ ފޯރު ކޮށްދޭނެ ފަރާތްތަކަކަށް ވެސް ވަނީ ބޭނުން ވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހު ތިން ބިލިއަންޑޮލަރުގެ ބަޖެޓް ހުށައަޅުއްވަމުން ގުޓަރެސް ވަނީ ލިބޭ ވަރަށްވުރެ ގިނައިން ޚަދަރު ކުރަން އދ. އަށް ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

”އަހަރުމެނަށް މަސައްކަތް ކުރަންޖެހިފައި ވަނީ ފައިސާ ލިބެން ހުރި ވަރަކުން، މުހިންމު ކަންތައްތަކަށް ބަލައިގެނެއް ނޫން.“ ގުޓަރެސް ވިދާޅުވެފައި ވެއެވެ.

އެއަށްފަހު ފާއިތުވެފައިވާ 11 މަސްދުވަސް ތެރޭގައި އދ. އިން ކުރަން ޖެހިފައިވާ މަސައްކަތްތައް މަދުވެފައި ނުވި ކަމުގައި ވިޔަސް، ބައިޑެން ވެރިކަމަށް ހޮވިވަޑައިގަތުމާއެކު ފައިސާގެ ދަތިކަމަށް ވަނީ ކުޑަވަރެއްގެ ލުއިކަމެއް ލިބިގެން ގޮސްފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް