ޠާލިބާނުން ހިރާތުގައި އެންމެނަށް ފެންނާނޭހެން ހަތަރު މީހުންގެ ހަށިގަނޑު އެލުވައިފި

Loading

Facebook
Twitter
WhatsApp

ކުށް ކުރާ މީހުން ކުށުން ދުރުކުރުމަށް ކަމަށް ބުނެ މީހުން ރަހީނު ކުރުމަށް މަސައްކަތް ކުރި ހަތަރު މީހުން މެރުމަށްފަހު ޠާލިބާނުން އެންމެނަށް ފެންނަ ގޮތަށް އަފްޣާނިސްތާނުގެ ހިރާތުގައި އެލުވައިފިއެވެ. އެ ހަތަރު މީހުން ކުރެ އެކަކުގެ ހަށިގަނޑު ވަނީ ކުރޭނެއްގައި އެލުވާފައެވެ.

އަފުޣާނިސްތާން ރައްޔިތެއް ކަމަށްވާ މުޙައްމަދު ނަޒީރު ބުނި ގޮތުގައި އޭނާ ވިޔަފާރިކުރަން ގޮސް އުޅެނިކޮށް ލައުޑް ސްޕީކަރަކުން އެންމެންގެ ސަމާލު ކަމަށް ގޮވަން ފެއްޓިއެވެ. އެވަގުތު އޭނާއަށް ފެނުނި ޕިކަޕެއްގައި މީހެއްގެ ހަށިގަނޑު ގެނެސް ކުރޭނުން އެލުވިތަނެވެ. އެ ސަރަހައްދަށް ޠާލިބާނުން ފުރަތަމަ ގެނައީ ހަތަރު މީހުންގެ ހަށިގަނޑެވެ. އަދި ފަހުން އެ މީހުންގެ ހަށިތައް ވަނީ އެހެން ހިސާބުތަކަށް ގެންގޮސްފައެވެ.

ޠާލިބާނުން ބުނި ގޮތުގައި އެ ހަތަރު މީހުންނަކީ ބައްޕައަކާއި ދަރިއަކު ރަހީނު ކުރަން އެޅެނިކޮށް ފުލުހުން މަރާލައިފައިވާ ހަތަރު މީހުންނެވެ. މިމަންޒަރު ދައްކައިދޭ ވީޑިއޯއެއް މިހާރު ވަނީ އާއްމުވެފައެވެ. މަރާލާފައިވާ މީހުންގެ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިބި ތަން ވީޑިއޯއިން ފެނެއެވެ. އަދި ބައެއް މީހުން ހަޅޭލަވާ އަޑުވެސް އިވެއެވެ.

ޠާލިބާނުންގެ ފުލުހުންގެ ވެރިއެއްކަމުގައިވާ ޒިއާއުލްޙައްޤް ޖަލާލީ ބުނި ގޮތުގައި، ބަޑީގެ ހަމަލާ ތަކަކަށް ފަހު، ޠާލިބާނުން ވަނީ ރަހީނު ކޮށްފައިވާ ބައްޕައާއި ދަރިފުޅު ސަލާމަތް ކޮށްފައެވެ. މިހަމަލާ ބަދަލުކުރުމުގައި ޠާލިބާނުންގެ ހަނގުރާމަވެރިއަކަށާއި އާއްމު ރައްޔިތަކު ވަނީ ޒަޚަމް ވެފައެވެ. އަދި ރަހީނު ކުރަން މަސައްކަތް ކުރި މީހުން ވެސް ވަނީ މަރުވެފައެވެ.

ޠާލިބާނުން އޯގަސްޓް 15ގައި ކާބުލް ހިފުމާ ގުޅިގެން ގިނަ އަފްޣާނުން ތިބީ 1990 ވަނަ އަހަރު ޠާލިބާނުން ގެންގުޅުނު ހަރުކަށި އުސޫލުތައް އަލުން ތަންފީޒު ކުރޭތޯ ބަލާށެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް