ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އިޒުރޭލުގެ ބޮޑު ވަޒީރަކު މިސްރަށް ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ދިހަ އަހަރަށް ފަހުން ފުރަތަމަ ފަހަރަށް އިޒުރޭލުގެ ބޮޑު ވަޒީރަކު މިސްރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިސްރާއީލްގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް މިސްރަށް ވަޑައިގެންފިއެވެ.

މިދަތުރު ފުޅުގައި މިސްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއާ އެކު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ނަފްތާލީ ބެނެޓް ވިދާޅުވީ އެއީ ވަރަށް މުހިންމު އަދި ވަރަށް ކާމިޔާބު ވާހަކަ ތަކެއް ކަމުގައެވެ.

މިސުރުން ހާމަކުރިގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސަރަހައްދުގައި ކުރިމަތިވާ ތަފާތު ކަންތައްތަކާއި އިސްރާއީލް-ފަލަސްތީން މައްސަލަތަކަށް ހައްލެއް ގެންނާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.

ބެނެޓްގެ ދަތުރުފުޅާ ގުޅޭ ގިނަ ވާހަކަތަކެއް ވަނީ ރައްކާތެރިކަމަށްޓަކައި ސިއްރު ކޮށްފައެވެ. އަދި ބެނެޓާއި ސީސީއާ ބައްދަލު ކުރައްވާ ވާހަކަ ހާމަ ކޮށްފައި ވަނީ ބައްދަލުވުން ފެށުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ. އެ ބައްދަލުވުމުގެ ރަސްމީ ފޮޓޯތަކުން ބެނެޓާއި ސީސީ އާ ދެބޭފުޅުން އެ ދެޤައުމުގެ ގައުމީ ދިދަ ކައިރީގައި ތިބޭތަން ފެނެއެވެ.

ބޮޑުވަޒީރު ބެނެޓްގެ އޮފީހުން ނެރެފައިވާ ސްޓޭޓްމެންޓްއެއްގައި ބެނެޓް ވިދާޅުވެފައި ވަނީ “ ކުރިޔަށް އޮތް ތާނގައި ރަނގަޅު ގުޅުމެއް އުފައްދަން“ އެ ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވާކަމަށެވެ.

އިޒުރޭލުގެ ބޮޑުވަޒީރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ބެންޖަމިން ނަތަންޔާހޫއާ ވާދަކޮށް މިހާރުގެ ބޮޑު ވަޒީރު ބެނެޓް ބޮޑުވަޒީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތީ މިދިޔަ ޖޫން މަހުއެވެ. އެންމެ ފަހުން މިސްރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާ އިޒުރޭލުގެ ބޮޑު ވަޒީރަކީ ނަތަންޔާހޫއެވެ. އޭނާ މިސްރަށް ދަތުރުކުރައްވައި އޭރުގެ މިސްރުގެ ރައީސް ޙުސްނީ މުބާރަކާ ބައްދަލުކުރައްވާފައި ވަނީ 2011 ވަނަ އަހަރުއެވެ. ނަތަންޔާހޫ އާއި މުބާރަކް ބައްދަލު ކުރެއްވިތާ މަހެއްހާ ދުވަސް ފަހުން ރައީސް ހުސްނީ މުބާރަކުވަނީ ރައްޔިތުން މުޒާހަރާކޮށް މަގާމުން ވަކިކޮށްފައެވެ.

ބައެއް ރިޕޯރޓްތައް ބުނާ ގޮތުގައި ނަތަންޔާހޫ ވަނީ މުބާރަކަށް ފަހު ރައީސް ކަމަށް ވަޑައިގެންނެވި ސީސީއާއި 2018 ވަނަ އަހަރު ސިއްރުގޮތެއްގައި ބައްދަލު ކުރައްވާފައެވެ. އަދި މީގެ އިތުރުން އ.ދ ގެ ޖެނެރަލް އެސެމްބްލީގައި ވެސް ސީސީ އާއި ނަތަންޔާހޫ ވަނީ ބައްދަލު ކުރައްވާފައެވެ.

މިސްރަކީ އިޒުރޭލާ ސުލްހައިގެ އެއްބަސް ވުމެއްގައި ސޮއި ކުރި އެންމު ފުރަތަމަ އަރަބި ގައުމެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް