އަފްޣާނިސްތާނާ އެކު ވިޔަފާރީގެ ގުޅުން ދަމަހައްޓާނެކަމަށް ތުރުކީވިލާތުން ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

އާދިއްތަ ދުވަހު ތުރުކީގެ ރައީސް، ރަޖަބު ޠައްޔިބް އުރްދުޣާން ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގެ ކާބުލްގައި ހުރި ތުރުކީވިލާތުގެ އެމްބަސީގެ މަސައްކަތްތައް ކުރިން އޮތް ގޮތަށް މިހާރު ވަނީ ރުޖޫޢަކޮށްފައެވެ.

ތުރުކީގެ ރައީސް އަފުޣާނިސްތާނާއެކު ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނޭކަމަށް ވިދާޅުވީ އެން.އޭ.ޓީ.އޯގެ ގައުމުތަކުން އަފްޣާނިސްތާނާ ގުޅުން ކަނޑާލަމުންދާ ދަނޑިވަޅެއްގައެވެ.

ތުރުކީވިލާތުން ވަނީ ކުޑަ ޓެކްނިކަލް ގްރޫޕެއް ފިޔަވައި އަފްޣާނިސްތާނުގައި ތިބި ތުރުކީއަށް ނިސްބަތްވާ ހުރިހާ ރައްޔިތުންނާއި ސިފައިން އެ ގައުމުން ނެރެފައެވެ. އުރްދުޣާން ވިދާޅުވި ގޮތުގައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު މިހާރު ދިއުމާ ގުޅިގެން އެ ގައުމާ އެކު ކުރިއަށް ގެންދެވޭ ވިޔަފާރި އާއި އެހެނިހެން ކަންކަމުގެ އެއްބަސްވުންތަކަށް ހާލަތާއި އެކަށީގެންވާނެހެން ބަދަލު ގެންނަވާނެއެވެ. މިހާތަނަށް ޠާލިބާނުން ތުރުކީއާ މެދު އަމަލުތައް ބަހައްޓާފައިވާ ގޮތް ރަނގަޅުކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ބުރާސްފަތިދުވަހު ކާބުލް އެއާރޕޯޓުގައި ހިނގި ހަމަލާ އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ. މި ހަމަލާގައި 100 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައިވެއެވެ. އަދި މިކަމާ ގުޅިގެން ޠާލިބާނުންގެ ހިމާޔަތުގެ ދަށުން ކާބުލް އެއާރޕޯޓު ތުރުކީން ބެލެހެއްޓުމަށް އެ ޖަމާއަތުން މީގެ ކުރިން އެދިފައިވާ އެދުމަށް ތުރުކީގެ ރައީސް ވަނީ އިންކާރު ކުރައްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް