ކޮވިޑް-19އާ އެކު އުޅެން ދަސްކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް: މެލޭޝިޔާގެ ހެލްތު މިނިސްޓަރ

Loading

Facebook
Twitter
WhatsApp

މެލޭޝިއާގެ ސަރުކާރު ބަދަލުވިތާ މާގިނަ ދުވަސްތަކެއް ނުވެ ކޮވިޑް-19 އާ މެދު އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަން ވަނީ ޔަގީން ކުރެވިފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރާއި ހެލްތު މިނިސްޓަރ ބަދަލުވުމާ ގުޅިގެން ރައްޔިތުން ކޮވިޑް-19 އާއެކު އުޅެން ”އެންޑެމިކް“ އަކަށް ރައްޔިތުން ތައްޔާރުކުރަން ވަނީ ނިންމާފައެވެ.

ވެކުސިން ޖަހާ ރޭޓް މަތިވިނަމަވެސް ކޮވިޑު ވޭރިއަންޓުތަކުގެ ސަބަބުން، ކޮވިޑް-19 ފިލައި ނުދާނެކަމަށް އޭނާ ޤަބޫލު ކުރައްވާކަން ވަރަށް ބޮޑަށް ހާމަ ކުރައްވާފައެވެ.

ފާއިތުވެދިޔަ ބުދަ ދުވަހު އަލަށް މަގާމަށް ހޮވުނު ހެލްތު މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވަނީ އެއްވެސް ވަގުތެއް އިސްރާފު ކުރުމަކާ ނުލައި ދިގު މުއްދަތަކަށް ކޮވިޑް-19 އާ ކުރިމަތިލާނެ ރޭވުމެއްގެ މުހިންމުކަން ހާމަ ކުރައްވާފައެވެ.

މެލޭޝިއާގެ ކުރީގެ ޕްރައިމް މިނިސްޓަރު ވަނީ ވެކްސިން ބޭނުންކޮށްގެން ވައިރަހާ ކުރިމަތިލާން ރޭވުމެއް ހުށައަޅުއްވާފައެވެ. ނަމަވެސް ވެކްސިން ޖެހި މީހުންގެ ތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު ގިނަވުމާއި މި ވައިރަސް ބަދަލުވަމުންދިޔުމުގެ ސަބަބުން މި ރޭވުމަކީ އިތުބާރު ކުރެވޭނެ ރޭވުމެއް ނޫންކަމަށް ގިނަ ފަންނުވެރިން ވިދާޅުއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މެލޭޝިއާގެ އިގުތިސާދު އަލުން ހުޅުވުމުގެ ރަސްމިއްޔާތެއް އޭރުގެ ބޮޑުވަޒީރު މުހްޔުއްދީން ވަނީ ބާއްވަވާފައެވެ. މި ރަސްމިއްޔާތު ބޭއްވެވީ މެލޭޝިއާގެ ދުވަސްވީ މީހުންގެ އާބާދީ އެއްކޮށް ވެކްސިން ޖަހާ ނިމުމާ ގުޅިގެންނެވެ.

މެލޭޝިޔާގައި ކޮވިޑް-19އަށް ޓެސްޓު ކުރަނީ: ވެކްސިން ދިނަސް ބަލި ކޮންޓްރޯލެއް ނުވޭ

މިހާރުގެ ހެލްތު މިނިސްޓަރަކީ މުހްޔިއްދީންގެ ކެބިނެޓްގައި ވެކްސިނޭޝަން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމާ ހަވާލުވެވަޑައިގެން ހުންނެވި ޚައިރީއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މެލޭޝިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްއަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ބެލިޔަސް އެންމެ ކާމިޔާބު އެއް ޕްރޮގްރާމެވެ.

އައު ހެލްތު މިނިސްޓަރ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބޭއްވެވި އެންމެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ”މި ޕެންޑެމިކް ކޮންޓްރޯލްގެ ދަށަށް އައި ކަމުގައި ވިޔަސް އެންޑެމިކް އެއްގެ ގޮތުގައި ކޮރޯނާ ވައިރަސް އޮންނާނެ ކަމަކީ ޤަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. މިހެން ކަން އޮތުމުން ކޮވިޑް-19އާ އެކު އުޅެން ދަސްކުރުމަކީ ކުރަން ޖެހިފައިވާ ކަމެކެވެ.“

މިނިސްޓަރ ޚައިރީ މަގާމަށް ހޮވުނު ފަހުން ވަނީ މާސްކް އެޅުން މުއްދަތެއް ނެތްގޮތަށް މަޖުބޫރު ކޮށްފައެވެ. އަދި ވައިރަސް ޖެހުމުން ގޭގައި ކަރަންޓީން ކުރުން ވަނީ އިއާދަ ކޮށްފައެވެ. މީގެ އިތުރުން މިނިސްޓަރ ޚައިރީ ވަނީ ކޮވިޑް-19 އާ ބެހޭ ގިނަ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭ ގޮތް ހެދުމަށް ވައުދު ވެވަޑައިގެންފައެވެ. މިގޮތުން އެއް ދުވަސްތެރޭގައި ކޮވިޑް-19 އައި.ސީ.ޔޫ އޮކިއުޕަންސީ ރޭޓް ވަނީ ހާމަކުރައްވާފައެވެ. އެއީ ކުރިއަށް އޮތް ތަނުގައި ބެރޮމީޓާރ އެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.

މިފަދަ ބަލިތައް ދިރާސާކުރާ ފަރާތެއް ކަމަށްވާ މެލިނާ އުޡްމާން ހާމަކުރައްވާ ގޮތުގައި ކޮވިޑް-19 ޕްލޭންއަށް ގެނައި ބަދަލުތަކަކީ ސައިންޓިފިކް ހޯދުންތަކުން ފެނިފައިވާ ވެކްސިނޭޝަން މަސަކަތް ނުކުރާކަމަށް ދައްކާ ބަދަލުތަކެކެވެ. އަދި މިބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަން ޤަބޫލުކުރަން މީހުންނަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.

ބުރާސްފަތި ދުވަހު މެލޭޝިއާއިން ވަނީ 20،988 މީހުން ކޮރޯނާއަށް ފައްސިވެފައެވެ. އަދި 249 މީހުން ވަނީ މަރުވެފައެވެ. ފައްސިވި މީހުންގެ ތެރެއިން %90 މީހުންނަށް އަންނަނީ އައި.ސީ.ޔޫގައި ފަރުވާދެމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް