ނިއުޒިލޭންޑްގައި މަރާލެވުނު "ހަރުކަށި ފިކުރުގެ" މީހާއަކީ ސްރީލަންކާގެ ރައްޔިތެއް

Loading

Facebook
Twitter
WhatsApp

ނިއުޒިލޭންޑް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ހަރުކަށި ފިކުރުގެ މީހަކު ބަޑި ޖަހައި މަރާލާފައި ވަނީ، ފިހާރައެއްގެ ތެރޭގައި ހަ މީހެއްގެ ގަޔަށް ވަޅިޖަހައި ޒަހަމްކޮށްލުމާ ގުޅިގެންނެވެ.

”މި ޓެރަރިސްޓް ހަމަލާގައި ކުށެއް ނެތް ނިއުޒީލޭންޑް ރައްޔިތުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައި.“ ނިއުޒިލޭންޑްގެ ބޮޑުވަޒީރު އާރޑެން ވިދާޅުވިއެވެ.

ހަމަލާ ދިން މީހާއަކީ އޭނާގެ ކަންކަން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ބަލަމުންދާތާ ފަސް އަހަރު ވެފައިވާ ސްރީލަންކާގެ ރައްޔިތެކެވެ.

ބޮޑުވަޒީރު އާރޑެން ވިދާޅުވި ގޮތުގައި އޭނާ މަރާލެވިފައިވަނީ ހަމަލާ ދޭން ފެއްޓިތާ 60 ސިކުންތު ތެރޭގަ އެވެ. ހަރުކަށި ފިކުރުގެ މި މީހާ މިކަންތައް ކޮށްފައި ވަނީ އައިއެސްއައިއެސްގެ އަމަލުތަކުން ހިތްވަރު ލިބިގެންނެވެ.

”އޭނާ ކުރީ ހުތުރު އަދި ނުރައްކާތެރި އަމަލެއް. އެއީ ގޯސް ކަމެއް. މި ކަންތައް ކޮށްފައި ވަނީ މީހެއް، ދީނެއް ނޫން.“ އާރޑެން ވިދާޅުވިއެވެ.

ސޯޝަލް މީޑީއާގައި އާންމު ވެފައިވާ ވީޑިއޯ އަކުން ހަމަލާ ފެއްޓުނުތާ އިރުކޮޅެއް ފަހުން މޯލް ގެ ހާލަތު ހުރިގޮތް ދައްކާދެވެ. މިވީޑިއޯއިން އެތާ ހުރި ގާޑެއް މީޙުން އެތަނުން ނެރުނުތާ ކުޑަ އިރުކޮޅެއް ފަހުން ހައެއްކަ ވަޒަނުގެ އަޑު އިވިގެން ދެއެވެ.

ޒަހަމްވެފާވާ ހަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ނުރައްކާތެރި ހާލަތެއްގައެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި ވަޅިން ޒަހަމް ކޮށްލާފައިވާ ގިނަ މީހުން ފިހާރަތެރެއިން ފެނުމުގެ އިތުރުން ފިހާރައިން ނިކުންނަން ދިޔައިރު ބަޑީގެ އަޑު އިވިގެން ދިޔައެވެ.

މާޗު 15، 2019 ގައި ނިއުޒީލޭންޑްގައި ހިންގި ޓެރަރިސޓް ހަމަލާ އާއި ގުޅިގެން ނިއުޒިލޭނޑް ވަނީ މިފަދަ ހާދިސާތަކަށް ޚާއްޞަ ތައްޔާރީތަކެއް ވެފައެވެ. މި އަހަރުގެ މާޗު ގައިވެސް ހަތަރު މީހަކަށް ފިހާރައެއްގެ ތެރޭގައި ވަނީ ވަޅިން ހަމަލާދީ ޒަހަމު ކޮށްލާފަ އެވެ.

 

Loading

One Response

  1. މޮޔަވެދާނެ ކޮންމެ ރަށެއްގެ މީހަކުވެސް. ބޭރު ޚަބަރު ތިހެން ހުންނާނީ. ކްރައިސް ޗާރޗްގެ މިސްކިތުގައި 55 އިސްލާމުން ގަތުލު ޢާންމުހިންގީވެސް ކުރިސްޓިއްން ޓެރެރިސްޓެއް ނޫންތޯ؟ އެހެނަސް ޚަބަރު ގެނެސްދިން ގޮތް ބޭރު ބޮޑެތި ޗެނެލްތަކުން ދުށީމެއްނޫންތޯއެވެ. އިސްލާމް ފޯބިއާ ވަރަށް ގަދަވާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް