"އަހަރެންގެ ދެވަނަގެ" ޕްރޮގުރާމް ދެމި އޮންނާނެ ކަމުގެ ޔަޤީން ކަމެއް ނެތް

Loading

Facebook
Twitter
WhatsApp

އަހަރެންގެ ދެވަނަ ގެ (MM2HA)“ ޕްރޮގްރާމް އަކީ އެހެން ގައުމުތަކުގެ ރައްޔިތުން މެލޭޝިޔާގައި ވަޒަންވެރިވުން ފަސޭހަ ކޮށްދިނުމަށްޓަކައި ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަހަރަކަށްވުރެ ގިނަދުވަސް ވަންދެން ހުއްޓާލާފައި އޮތުމަށް ފަހު އަލުން މި ވަނީ ފަށާފައެވެ.

މެލޭޝިޔާ ސަރުކާރުން މިފަދަ އެހެން ސްކީމްތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން އެމްއެމް2 އެޗްއޭ ސްކީމްގައި ބައިވެރި ވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ މެލޭޝިޔާގައި ކުރިޔަށް އޮތް ތާނގައި އުޅެވޭނެ ކަމާމެދު ގިނަ ޝައްކު ތަކެއް އުފެދިފައެވެ.

މި ސްކީމްގައި މީހުން ބައިވެރި ކުރާނީ މެލޭޝިޔާ ރައްޔިތުންގެ %1 އާއެއްވަރުގެ އަދަދަކަށެވެ. އަދި މިސްކީމް ނަގާ ފަރާތްތަކުން މެދުނުކެނޑި މެލޭޝިޔާގައި މަދުވެގެން 90 ދުވަހު ދިރިއުޅެން ޖެހެއެވެ. ހަމައެއާއެކު މެލޭޝިއާގެ ބޭރުން ހޯދާ އާއްމުދަނީގެ ގޮތުގައި މަދުވެގެން މަހަކު 40،000 މެލޭޝިޔަން ރިންގިޓްސް ލިބެން ޖެހޭނެއެވެ. ކުރީން މިއަދަދު އޮތީ މަހަކު 10،000 މެލޭޝިޔަން ރިންގިޓް ހޯދަން ޖެހޭ ގޮތަށެވެ. އެމްއެމް2 އެޗްއޭ ޕްރޮގުރާމްގައި ބައިވެރިވާ އިރު މަދުވެގެން އެއް މިލިއަން މެލޭޝިޔަން ރިންގިޓްސްގެ ސޭވިންގް އެއް އޮތުމުގެ އިތުރުން 1.2މިލިއަން މެލޭޝިޔަން ރިންގިޓްސްގެ ލިކުއިޑް އެސެޓްސް ހުންނަންވާނެއެވެ. ކުރިން ނަމަ 300،000 ނުވަތަ 500،000 މެލޭޝިޔަން ރިންގިޓްސްގެ ސޭވިންގް އެއް އޮތުމުން މި ޕްރޮގްރާމްގައި ބައިވެރިވެވެއެވެ. އަދި ކޮންމެ 5 އަހަރަކުން މަލްޓިޕްލް-އެންޓްރީ ވިސާ އައު ކުރަން ޖެހެއެވެ. ކުރިން ނަމަ ވިސާ އައު ކުރަންޖެހެނީ ކޮންމެ 10 އަހަރަކުންނެވެ.

އެމްއެމް2 އެޗްއޭ ޕްރޮގުރާމްގެ ބޭނުން ކުރަމުންދާ ގިނަ ފަރާތްތަކަކުން ދަނީ މިކަމާ މެދު ނުރުހުން ފާޅު ކުރަމުންނެވެ. އެއީ އެ ފަރާތްތަކުން މެލޭޝިޔާއަށް ބަދަލުވުމަށްޓަކައި ގެދޮރު ވިއްކާލާފައިވުމާއެކު އެނބުރި ދާނެ ތަނެއް ނޯންނާނެތީއެވެ.

މެލޭޝީޔާގެ ސަރުކާރުން މެލޭޝިޔާ ޕްރޮމޯޓް ކޮށްފައި ވަނީ ދެވަނަ ގެއެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު މި ބަދަލުތައް ގެނައުމަށް މަސަތްކަތް ކުރުމަކީ ބޭރު ފަރާތްތަކަށް މެލޭޝިޔާގައި އުޅުމަށް ދަތިތަކާ ކުރިމަތިލާން ދިމާވެދާނެ ކަމެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް