އެފްރިކާގެ ބެނިންގައި ނުރައްކާތެރި ވައިރަހެއް ފެތުރެނީ

އެފްރިކާގެ ބެނިންގައި ނުރައްކާތެރި އެޗް.5.އެން.1 ވައިރަސް ފެތުރެމުން ދާކަމަށް އެ ގައުމުގެ އެގްރިކަލްޗާ މިނިސްޓްރީން ބުދަ ދުވަހު ހާމަކޮށްފިއެވެ. ވައިރަސް އެ ގައުމުގައި ފެތުރެމުންދާކަން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ކޮމާޝަލް ވެރިރަށް ކަމުގައިވާ އަބިޑްޖާންގައެވެ. އެއީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މީގެ އިތުރުން ގާނާ، ޓޯގޯ، ނައިޖާ، ބުރްކިނާ ފާސޯ، ނައިޖީރިއާ، މޮރިޓޭނިއާ އަދި ސެނެގާލުން މި ވައިރަހުގެ ކޭސްތައް ފެނިފައިވެއެވެ. މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށް ގެންދިޔަ ލެބޯޓްރީ ޓެސްޓުތަކުން އެނގިފައިވާ ގޮތުގައި މި […]

ޔަހޫދީން މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމަށް އިޒްރޭލު ސިފައިން އެހީވަނީ

ނިއުޔޯކް ޓައިމްސްގައި އަންގާރަދުވަހު ޝާއިރުކޮށްފަވާ ލިޔުމެއްގައިވާ ގޮތުގައި އިޒްރޭލުން މިހާރު ވަނީ މަސްޖިދުލް އަގްސާއަށް ޔަހޫދީން ވަދެ މިސްކިތުގެ ތެރޭގައި އެމީހުންގެ އަޅުކަމާބެހޭ ކަންކަން ކުރުމުގެ ހުއްދަ ދީފައެވެ. ޔަހޫދީން ދެކޭ ގޮތުގައި މަސްޖިދުލް އަގްސާ ހުންނަ ތަނަކީ އެމީހުންގެ މުގައްދަސް ފައްޅިއެއް ކަމުގައިވާ ޓެމްޕްލް މައުންޓް ހުންނަ ސަރަހައްދެވެ. މަސްޖިދުލް އަގްސާގައި ޔަހޫދީން އަޅުކަން ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައިވަނީ އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ދައުރުގައެވެ. އެއީ މީގެ ގާތްގަނޑަކަށް ފަސް […]

މެލޭޝިޔާއަށް އައު ބޮޑު ވަޒީރެއް: ތިން އަހަރުގެ ތެރޭގައި ތިން ބޮޑުވަޒީރުން

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުޙީއްދީން ޔާސިން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހޮނިހިރު ދުވަހު ވަނީ އެ މަގާމާ އައު ބޭފުޅަކު ހަވާލުވެވަޑައިގެން ހުވާކުރައްވާފައެވެ. ހޮނިހިރު ދުވަހު ބޮޑު ވަޒީރުކަމާ ހަވަލުވެވަޑައިގެން ހުވާކުރެއްވީ ކުރީގެ ބޮޑު ވަޒީރު މުޙީއްދީންގެ ނައިބަކަށް ހުންނެވި އިސްމާޢީލް ސަބްރީ ޔައުޤުބް (ފޮޓޯ) އެވެ. އުމުރުން 61 އަހަރުގެ އިސްމާޢީލް ސަބްރީ މަގާމަށް އައްޔަންކުރެއްވީ މެލޭޝިޔާގެ ރަސްގެފާނު، އައްސުލްޠާން ޢަބްދުއެވެ. އޭނާ ބޮޑު ވަޒީރުކަމަށް އައްޔަންކުރައްވަން ރަސްގެފާނު ނިންމެވީ ގައުމުގެ އިސްވެރިންނާ އެކު […]

ލުބުނާން ތެލަށް ޖެހިއްޖެ: އިރާނުގެ ތެޔޮ ބޯޓެއް ލުބްނާނަށް ދަތުރު ފަށައިފި

ލުބްނާންއަށް ދިމާވެފައިވާ ތެލުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލުބުނާންގެ ޖަމާއަތަކުން އިންތިޒާމްކޮށްގެން އިރާނުން ތެޔޮބޯޓެއް އެ ގައުމަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމާ ގުޅިގެން ހިޒްބުﷲގެ ލީޑަރު، ޙަސަން ނަސްރުﷲ (ފޮޓޯ) މިދިޔަ ބުދަ ދުވަހު ދެއްވި ޚިޠާބެއްގައި ވިދާޅުވީ އެ ތެޔޮބޯޓު އިރާނުން ފުރުމާ އެކު އެ ބޯޓު ލުބްނާނުގެ ޒިންމާގެ ދަށަށް ވަންނާނެކަމަށެވެ. އެހެންކަމުން އެމެރިކާ އާއި އިޒްރޭލު ފަދަ ގައުމުތަކުން މި ކަމުގެ ތެރެޔަށް ނުވަނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. […]

އެމެރިކާއިން ގާއިމުކުރި އެންމެ ޒަމާނީ މިލިޓްރީ ބޭސްތަކާއި ހަތިޔާރުގެ މިލްކުވެރިކަން ޠާލިބާނުންނަށް

ޠާލިބާނުން އަފްޣާނިސްތާނު ހިފުމާ އެކު އެމީހުންގެ ބާރުގެ ދަށަށް ވަނީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ ބްލެކްހޯކް ހެލިކޮޕްޓަރުތަކަކާއި ޢަސްކަރީ ހަތިޔާރުތައް ގެނެސްފައެވެ. މިއީ ދުނިޔޭގެ ތަހުޒީބީ އެތައް ގައުމުތަކުގައިވެސް ނެތް ވަސީލަތެކެވެ. އެމެރިކާގެ ސަބަބުން ތާލިބާނުގެ އަތްދަށަށް މިހާރުވަނީ 11 މިލިޓްރީ ބޭސް ގެނެވިފައެވެ. މީގެ ތެރޭގައި ފުރިހަމަ ޢަސްކަރީ ތަމްރީނު ލިބިފައިވާ އެތައް ސަތޭކަ ހަނގުރާމަވެރިންގެ ލަޝްކަރެއްވެސް ހިމެނެއެވެ. މި ހުރިހައި ވަސީލަތެއްގެ އިތުރުން އަދި އެއާރ ފޯސްއެއް ލިބުމަކީ ޠާލިބާން ޖަމާއަތަށް ލިބުނު […]

އަލްޖީރިޔާގައި ދިމާވި އަލިފާނުގެ ހާދިސާގައި އެ ގައުމުން ކުށްވެރިކުރީ މޮރޮކޯ އާއި އިޒްރޭލު

އަލްޖީރިޔާގައި ދާދި ފަހުން ދިމާވި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އަލްޖީރިޔާގެ ރައީސް އޮފީހުން މިދިޔަ ބުދަ ދުވަހު މައުލޫމާތުދެއްވި ގޮތުގައި ސަރުކާރުން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ކަމުގައި ބައިވެރިވި ކަމަށް ލަފާކުރެވޭ 22 މީހުން ހައްޔަރުކޮށްފައެވެ. މި މީހުން ނިސްބަތް ވަނީ އެ ގައުމުން ޓެރަރިސްޓު ގްރޫޕްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދެ ޖަމާއަތަކަށެވެ. އިސްލާމިކް ރަޝާދް ގްރޫޕްއާއި އެމް.އޭ.ކޭ އަށް ނިސްބަތްވާ މީހުންނަށް އެންމެބޮޑަށް އެހީތެރިވެދޭ […]

އަންވަރުއަށް ތާއީދު ކުރާނީ މެމްބަރުންގެ ތާއިދުއޮތް ނިސްބަތަށް ބެލުމަށް ފަހު: މެލޭޝިޔާގެ ޔޫތު ޗީފް

މިދިޔަ ހޯމަދުވަހު މެލޭޝިޔާގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމާ އަލަށް ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު އައްޔަނު ކުރުމުގެ މަސައްކަތުގައި އެ ގައުމުގެ އިސްވެރިން ދަނީ އަވަދިނެތި މަސައްކަތް ކުރައްވަމުންނެވެ. ޑަޓުކް އަޒީޒް ޖަމާން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މެލޭޝިޔާގެ ޔޫތު ޗީފް، ޕަރްތީ ވަރިސާން ވަނީ ޑަޓުކް ސެރީ އަންވަރް އިބްރާހީމް ބޮޑުވަޒީރުކަމުގެ މަގާމަށް ހޮވުމަށް އެހީތެރިވެ ވަޑައިގަންނަވާނީ ވަކި ޝަރުޠެއް ފުރިހަމަވެގެން ކަމުގައި ވިދާޅުވެފައެވެ. އެ ޝަރުތަކީ ޕަކަޓާން ހަރުޕާން (ޕީ.އެޗް)ގެ ތާއީދާ […]

މެލޭޝިޔާގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާދެއްވުން: ގައުމު ހަމަޔަކަށް އެޅުމަށް ލިބުނު ފުރުސަތެއް

މެލޭޝިޔާގެ ސިޔާސީ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ބޮޑުވަޒީރު މުޙީއްދީން ޔާސީން ހޯމަދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެން މެލޭޝިޔާއަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެއެވެ. މަގާމުން އިސްތިއުފާދެއްވުމަށް އެދިވަޑައިގެން ބޮޑުވަޒީރު ރަސްގެފާނަށް ހުށަހެޅުއްވިޔަސް އެހެން ބޭފުޅަކާ ސަރުކާރެއް އެކުލަވާލައްވަން ރަސްގެފާނު ހަވާލުކުރައްވަންދެން ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާނީ މުޙިއްދީނެވެ. މުޙިއްދީނަށް ޕާލަމެންޓުގައި އޮތް އިތުބާރު ގެއްލުނީ ގައުމަށް ދިމާވެފައިވާ ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި […]

މެލޭޝިޔާގެ ބޮޑުވަޒީރު މާދަމާ (ހޯމަ ދުވަހު) މަގާމުން އިސްތިއުފާ ދެއްވާނެ

މެލޭޝިޔާގެ ބޮޑުވަޒީރު، މުޙިއްދީން ޔާސިން އޭނާގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ގޮތުން މާދަމާގެ ވަގުތެއްގައި އިސްތިއުފާގެ ސިޓީ ރަސްގެފާނަށް އަރުވަން ވަނީ ނިންމަވާފައެވެ. މުޙިއްދީން މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތީ މީގެ 17 މަސްދުވަސް ކުރީންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން ގެއްލި ސަރުކާރުގެ އެކިއެކި އިސް ބޭފުޅުން އޭނާ މަގާމުން ވަކި ވެވަޑައިގަތުމަށް ގޮވާލައްވައި މުޒާހަރާ ކުރެއްވުމާ ގުޅިގެންނެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ގައުމަށް ދިމާވެފައިވާ […]

ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމެއްގައި އެތައް ބަޔަކު މަރުވެއްޖެ

ޔުނައޓެޑް ސްޓޭސް ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދީފައިވާ ގޮތުގައި ހެއިޓީއަށް އައި ބިންހެލުމުގެ ބާރުމިނަކީ 7.2 މެގްނިޓިއުޑްއެވެ. މި ބިންހެލުން އައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ބިންހެލުން އައީ ވެރިރަށް ޕޯޓް އައު ޕްރިންސްއާއި 150 ކިލޯމީޓަރު ދުރުގައިވާ ޕެޓިޓް ޓްރޯޑިނިޕްލްސްއާއި ގާތްގަނޑަކަށް އަށް ކިލޯމީޓަރުގެ ސަރަހައްދަކަށެވެ. ހައިޓީގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ، ޖެރީ ޗާންދްލާރ އޭ.އެފް.ޕީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބިން ހެލުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ހާމަކުރާކަށް […]